Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިތުރު ޒަކާތް

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ދެއްކުމުގެ ފުރުސަތު ރަމަޟާން މަހުގެ 27 އާ ހަމައަށް ހުޅުވާލާފައިވާއިރު، ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް މަސް ނިމެންދެން ޒަކާތް ދެއްކޭނެ. އޮންލައިންކޮށް ޒަކާތް ދައްކަން ދަތި ފަރާތްތަކަށް އިސްލާމީ މަރުކަޒުގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާއިރު، ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 09:37
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފިތުރު ޒަކާތް ބަލައިގަންނަނީ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފިތުރު ޒަކާތް ބަލައިގަންނަނީ. | ރާއްޖެއެމްވީ

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

ބުދަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ.

ޒަކާތު ހައުސްއިން ބުނީ 1447 ވަނަ އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 1447 ރަމަޟާން 01 ވަނަ ދުވަހުން ފެށިގެން 1447 ރަމަޟާން 27 ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ކަމަށެވެ. އަދި ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ބީއެމްއެލް، ފަހިޕޭ، އަވަސް އެޕް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. 

މީގެ އިތުރުން ޒަކާތު ހައުސްއިން ބުނީ، ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެއިދާރާއިން ބުންޏެވެ. 

އެގޮތުން 22 ފެބްރުވަރީ 2026ން 9 މާރިޗް 2026ށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރު ފަހު 1:00ށް އަދި 10 މާރިޗް 2026ން 19 މާރިޗް 2026ށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 11:00ން މެންދުރު ފަހު 2:00ށް ފިތުރު ޒަކާތް އިސްލާމީ މަރުކަޒުން ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ. 

ޒަކާތު ހައުސްއިން ބުނީ، މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު/ސިޓީ ކައުންސިލަކުން ކަމަށެވެ. 

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު 

  1. އާދައިގެ ހަނޑޫ 12 ރުފިޔާ
  2. ތައިލެންޑް ހަދު ހަނޑޫ 53 ރުފިޔާ
  3. ރަތް ހަނޑޫ 96 ރުފިޔާ
  4. ބާސްމަތީ ހަނޑޫ (އާދައިގެ) 77 ރުފިޔާ
  5. ބާސްމަތީ ހަނޑޫ (މޮޅު) 109 ރުފިޔާ
  6. ބާސްމަތީ ހަނޑޫ (އެންމެ މޮޅު) 136 ރުފިޔާ
  7. އާދައިގެ ފުށް 10 ރުފިޔާ އަދި،
  8. އާޓާ ފުށް 75 ރުފިޔާ 

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ އެއްޗެކެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.

ރަަމަޟާންފިޠުރު ޒަކާތްޒަކާތު ހައުސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!

މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!

18 ފެބުރުއަރީ 2026
ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

18 ފެބުރުއަރީ 2026
ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ

18 ފެބުރުއަރީ 2026
ޤައުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭ: ރައީސް

ޤައުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭ: ރައީސް

17 ފެބުރުއަރީ 2026
ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

17 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު