Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ޣައްޒާ

ޣައްޒާގެ މުސްލިމުން ރަމަޟާން މަހާ ކުރިމަތިލި އިރު ނަމާދު ކޮށްލާނެ މިސްކިތެއް ނެތް!

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ 800 އަށްވުރެ ގިނަ މިސްކިތް ސުންނާފަތިކޮށްލާފައިވާއިރު، ގިނަ ބަޔަކު މިހާރު ނަމާދުކުރަމުން ދަނީ ހަލާކުވެފައިވާ މިސްކިތްތަކުގެ ބައިތަކުގެ ތެރޭގައާއި ވަގުތީގޮތުން ހަދާފައިވާ ފޭލިގެތަކުގައި. މިސްކިތްތަކުގެ ބިނާތައް ހަލާކުވެފައިވީ ނަމަވެސް، އާންމުން ދަނީ ލަކުޑި އާއި ޕްލާސްޓިކް ބޭނުންކޮށްގެން 400 އަށްވުރެ ގިނަ ވަގުތީ ނަމާދުކުރާ ތަންތަން ބިނާކޮށް އަޅުކަން ފުރިހަމަކުރަމުން. މި ހިތްދަތި ހާލަތުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް މި އަހަރުގެ ރަމަޟާން މަހާ ކުރިމަތިލާން ޖެހިފައިވަނީ ދީނީ އަދި އިޖުތިމާއީ ގޮތުން ފޫނުބެއްދޭ ފަދަ ބޮޑު ހިތާމައެއްގެ ތެރޭގައި.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 17:17
އިޒްރޭލުން ދެ އަހަރު ދުވަހަށް ދެމުން ދިޔަ އުދުވާންތަކުގައި ސުންނާފަތިކޮށްލާފައިވާ މިސްކިތެއްގެ ވަށައިގެން، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ފޭލިގެތައް ޖަހާފައިވަނިކޮށް ފެންނަ މަންޒަރެއް. މިއީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ޣައްޒާ ސިޓީން ނަގާފައިވާ ފޮޓޯއެއް.

އިޒްރޭލުން ދެ އަހަރު ދުވަހަށް ދެމުން ދިޔަ އުދުވާންތަކުގައި ސުންނާފަތިކޮށްލާފައިވާ މިސްކިތެއްގެ ވަށައިގެން، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ފޭލިގެތައް ޖަހާފައިވަނިކޮށް ފެންނަ މަންޒަރެއް. މިއީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ޣައްޒާ ސިޓީން ނަގާފައިވާ ފޮޓޯއެއް. | ރޮއިޓާސް

ޣައްޒާގައި ބުދަ ދުވަހު ރަމަޟާން މަސް ފެށުނުއިރު، ފަލަސްތީނުގެ ރައްޔިތުން ނަމާދުކުރުމަށް ދާން ޖެހުނީ އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ މިސްކިތްތަކުގެ ތެރެއަށާއި، ފްލާސްޓިކާއި ލަކުޑި ބޭނުންކޮށްގެން ވަގުތީގޮތުން ހަދާފައިވާ ތަންތަނަށެވެ. އެ މީހުން ރޯދަމަހާ ކުރިމަތިލީ ޝަހީދުވި އާއިލާގެ މެންބަރުންނާއި، ހަލާކުވެފައިވާ މިސްކިތްތަކުގެ ސަބަބުން ލިބިފައިވާ ހިތްދަތިކަމާ އެކީގަ އެވެ.

ޣައްޒާ ސިޓީގައި ހުންނަ އަލް-ޙަސައިނާ މިސްކިތް މިހާރު ވަނީ މުޅިން ސުންނާފަތިވެފަ އެވެ. އެ މިސްކިތުގެ ގުއްބު އޮތީ ކުނި ފުންޏެއްގެ މަތީގައެވެ. ކުރިން އަޅުކަންކުރުމަށް އެތައް ބަޔަކު ޖަމާވި މިސްކިތުގެ ގޯތިތެރޭގައި މިއަދު އާއިލާތަކުން ނިދައި ކައްކައި ހަދާއިރު، އެތަނުގެ އެކި ދިމާލުގައި ވަނީ އަންނައުނު ހިއްކަން ރޯނު ދަމާފަ އެވެ.

ކުރިން ނަމާދުކުރަން ސަފު ހަދައިގެން ތިބި ތަނުގައި މިހާރު ހުރި ކުނިތަކުގެ މަތީގައި ހުރެ، ޣައްޒާ ސިޓީގެ އެ މިސްކިތުގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 61 އަހަރުގެ ސާމީ އަލް-ޙިއްސީ ބުނީ، އެ މަންޒަރު ބަލަން ކެތްނުވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ، ކުރިން އެތަނުގައި ވަރަށް ހިތްހަމަޖެހިގެން ނަމާދުކުރި ކަމަށާއި، ރަހުމަތްތެރިންނާއި ލޯބިވާ މީހުންނާ ބައްދަލުވި ކަމަށެވެ. ނަމަވެސް މިއަދު އެ ލޯބިވާ މީހުންނެއް، ރަހުމަތްތެރިންނެއް އަދި މިސްކިތެއް ވެސް ނެތް ކަމަށް އޭނާ ކިޔައިދިނެވެ.

މިސްކިތުގެ ފުނޑުފުނޑުވެފައިވާ ގުއްބުތަކުގެ މަތީގައި ކުޑަކުދިން ކުޅެން އުޅޭއިރު، އަންހެނުން ދަނީ އެ ބިނާގެ ހަލާކުވެފައިވާ ތަނބުތަކުގެ މެދުގައި ދަމާފައިވާ ރޯނުތަކުން ހިއްކަން އެޅި އެއްޗެހި ނަގަމުންނެވެ.

އޭނާ ބުނީ ކުރިން އެތަނަށް އެތައް ހާސް ބަޔަކު ޖަމާވާ ކަމަށެވެ. ނަމަވެސް މިހާރު އެ މީހުން ނަމާދު ކުރާނީ ކޮންތާކުތޯ އޭނާ ސުވާލު ކުރި އެވެ. މުޅި ސަރަހައްދު އޮތީ ސުންނާފަތިވެފައި ކަމަށާއި، މިހާރު އެތަނުގައި ސަތޭކައެއްހާ މީހުންނަށް ވެސް ނަމާދުކުރެވޭނެ ޖާގައެއް ނެތް ކަމަށް އޭނާ ބުންޏެވެ.

އިޒްރޭލުން ޣައްޒާ އަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 72،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި އިޒްރޭލު ސިފައިން ވަނީ 835 މިސްކިތެއް އެއްކޮށް ސުންނާފަތިކޮށްލާފަ އެވެ. އަދި 180 މިސްކިތަކަށް އެކި ވަރުގެ ގެއްލުންތައް ދީފައިވެ އެވެ. މީގެ އިތުރުން އިޒްރޭލުން އެކި ފަހަރު މަތިން ޣައްޒާގައި ހުރި 60 ގަބުރުސްތާނުގެ ތެރެއިން 40 ތަނެއް ހަލާކުކޮށްލާފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

ޣައްޒާގެ ގިނަ ރައްޔިތުންނަށް މި ލިބުނު ގެއްލުމަކީ ހަމައެކަނި ދީނީ ކަމެއް ނޫނެވެ. އެއީ މުޅި މުޖުތަމައަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައެކެވެ.

ގެދޮރު ގެއްލި މިހާރު މިސްކިތުގެ ކުނިތަކުގެ ތެރޭގައި ދިރިއުޅެމުންދާ ޚިތާމް ޖަބްރު ބުނީ، ރަމަޟާން މަހާ ކުރިމަތިލާން ބޭނުންވީ މިއަށްވުރެ އުފާވެރި މާހައުލެއްގައި ކަމަށެވެ.

އޭނާ އިތުރަށް ބުނީ، ނަމާދުކުރާނެ މިސްކިތެއް މިހާރު ނެތް ކަމަށާއި، ހުރިހާ މިސްކިތްތަކެއް ވަނީ ބިމާހަމަކޮށްލާފައި ކަމަށެވެ. މިހާރު ނަމާދުކުރަނީ ފޭލިގެތަކުގައި ކަމަށާއި، މިސްކިތްތައް ބަދަލުވެފައި ވަނީ ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ މަރުކަޒުތަކަށް ކަމަށް އޭނާ ބުންޏެވެ.

ޣައްޒާ ސިޓީގެ ދީނީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރު އާމިރު އަބޫ އަލް-އަމްރައިން ވިދާޅުވީ، ބޮޑެތި ގެއްލުންތަކާއި ތަކެތީގެ ދަތިކަން ހުރި ނަމަވެސް، މީހުން ދަނީ މިސްކިތްތަކުގެ ބައިތައް މަރާމާތުކޮށް، ބޭނުންކޮށްފައި ހުރި ޕްލާސްޓިކް ކަވަރާއި ލަކުޑި ބޭނުންކޮށްގެން ވަގުތީ ނަމާދުކުރާ ތަންތަން ހަދަމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް 430 ނަމާދުކުރާ ތަނެއް ވަނީ އަލުން ހަދާފަ އެވެ. މީގެ ތެރެއިން ބައެއް ތަންތަން ހަދާފައިވަނީ ދަނޑުވެރިކަމަށް ބޭނުންކުރާ ގްރީންހައުސްތަކުގެ ޕްލާސްޓިކް ކަވަރުތަކާއި، ލަކުޑި އަދި ފޭލިގެތަކުން ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެންނެވެ.

ޣައްޒާފަލަސްތީނުރަަމަޟާންއިޒްރޭލް-ފަލަސްޠީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަމަޟާން މަހު އަލްއަޤްޞާ އަށް ހުކުރަށް ވަދެވޭނީ 10،000 ފަލަސްޠީނު މީހުންނަށް ކަމަށް އިޒްރޭލުން ބުނެފި

ރަމަޟާން މަހު އަލްއަޤްޞާ އަށް ހުކުރަށް ވަދެވޭނީ 10،000 ފަލަސްޠީނު މީހުންނަށް ކަމަށް އިޒްރޭލުން ބުނެފި

18 ފެބުރުއަރީ 2026
ރޯދަ މަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު %32 އަށް އެމްއެމްއޭއިން އިތުރުކޮށްފި

ރޯދަ މަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު %32 އަށް އެމްއެމްއޭއިން އިތުރުކޮށްފި

18 ފެބުރުއަރީ 2026
މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

18 ފެބުރުއަރީ 2026
މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!

މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!

18 ފެބުރުއަރީ 2026
ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު