Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްްޕިއަންސް ލީގު

އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު

28 ޖެނުއަރީ 2026 | ބުދަ 04:59

ޔުނައިޓެޑު އަތުން ވީ ބައްޔަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ، އާސެނަލްގެ "ރިއެކްޝަން" ރަނގަޅު ކަމަށް. އޭނާ ބުނީ ޓީމުގައި އޮތް ޕްރެޝަރު ކުޑަ ކުރަން ހުރިހާ ކުޅުންތެރިން ވެސް މަސައްްކަތް ކުރި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖެނުއަރީ 2026 | ބުދަ 04:59
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ | ރޮއިޓާސް

އާސެނަލް އިން ބޭނުންވާ ލަނޑު ދަނޑި އަށް ވާސިލުވެ، އެ ޓީމުން ބޭނުންވާ ކަންކަން ކާމިޔާބު ވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށް، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގައި ކައިރަޓް އަލްމަޓީއާ ދެކޮޅަށް އާސެނަލް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު، އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ވަނީ ބަލިވެފަ އެވެ.

ޔުނައިޓެޑު އަތުން ވީ ބައްޔަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ، އާސެނަލްގެ "ރިއެކްޝަން" ރަނގަޅު ކަމަށެވެ. އޭނާ ބުނީ ޓީމުގައި އޮތް ޕްރެޝަރު ކުޑަ ކުރަން ހުރިހާ ކުޅުންތެރިން ވެސް މަސައްްކަތް ކުރި ކަމަށެވެ. އާސެނަލް އަށް އިހުސާސް ކުރެވެނީ ކޮން ކަމެއްކަން ބަލަން ބޭނުންވި ކަމަށާއި، ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ކުރާނެ ކަންކަމަށް ވިސްނި ކަމަށް އޭނާ ބުންޏެވެ.

އާޓެޓާ ބުނީ އޭގެއިން ވިސްނުނީ އެންމެ ކަމެއް ކަމަށެވެ. އެއީ ހަތަރު މުބާރާތުގައި ވެސް އާސެނަލް އޮތީ ރަނގަޅު މަގާމެއްގައި ކަމަށާއި، އެއީ އާސެނަލް އަށް ހައްގު މަގާމެއް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ވެސް އެކަން ދަމަހައްޓައި، އާސެނަލްގެ ގޮތުގައި ކުރިއަށް ދާން ކުޅުންތެރިންގެ ޢަޒުމު އޮތް ކަމަށް އާޓެޓާ ބުންޏެވެ. 

އެކަން ފާހަގަކޮށް އާޓެޓާ ބުނީ އާސެނަލްގެ ކުޅުންތެރިންގެ ވިސްނުން ވެސް އެގޮތުގައި ހުންނަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ އާސެނަލް އިން ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި، ޓީމުގެ އަމާޒަކީ ކުރިއަށް ގޮސް ކާމިޔާބާ ހަމައަށް ވާސިލުވުން ކަމަށެވެ. އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތް ކަމަށާއި، ޓީމުގެ ސަޕޯޓަރުން ޓީމާ އެކު ތިބުމަށް އެދޭ ކަމަށް އާޓެޓާ ބުންޏެވެ.

މި މެޗަށް ނިކުންނައިރު، މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، އާސެނަލް އެއް ވަނައިގައި އޮތީ 21 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާތަނަަށް ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް އާސެނަލް އެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްމިކޭލް އާޓެޓާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

28 ޖެނުއަރީ 2026
ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް
26 ޖެނުއަރީ 2026

އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ

26 ޖެނުއަރީ 2026
އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ
22 ޖެނުއަރީ 2026

ޕަފޯސް އަތުން މޮޅުވެ، ޗެލްސީ ހަމަޔަކަށް

22 ޖެނުއަރީ 2026
ޕަފޯސް އަތުން މޮޅުވެ، ޗެލްސީ ހަމަޔަކަށް
22 ޖެނުއަރީ 2026

ކޭންގެ މޮޅު ކުޅުމާ އެކު މޮޅުވެ، ބަޔާން އިން ދެ ވަނަ އަށް ޖެހިލައިފި

22 ޖެނުއަރީ 2026
ކޭންގެ މޮޅު ކުޅުމާ އެކު މޮޅުވެ، ބަޔާން އިން ދެ ވަނަ އަށް ޖެހިލައިފި
22 ޖެނުއަރީ 2026

ފާމިން ލޮޕޭޒްގެ ދެ ލަނޑާ އެކު ބާސެލޯނާ މޮޅުވެއްޖެ

22 ޖެނުއަރީ 2026
ފާމިން ލޮޕޭޒްގެ ދެ ލަނޑާ އެކު ބާސެލޯނާ މޮޅުވެއްޖެ
21 ޖެނުއަރީ 2026

ސްޕޯޓިން އަތުން ޗެމްޕިއަންސް ޕީއެސްޖީ ބަލިވެއްޖެ

21 ޖެނުއަރީ 2026
ސްޕޯޓިން އަތުން ޗެމްޕިއަންސް ޕީއެސްޖީ ބަލިވެއްޖެ
21 ޖެނުއަރީ 2026

ބޯޑޯ/ގިލްމް އަތުން ބަލިވެ، ސިޓީގެ ޙާލަތު ޕްރެޝަރަށް

21 ޖެނުއަރީ 2026
 ބޯޑޯ/ގިލްމް އަތުން ބަލިވެ، ސިޓީގެ ޙާލަތު ޕްރެޝަރަށް
21 ޖެނުއަރީ 2026

އެމްބާޕޭގެ ދެ ލަނޑާ އެކު، މޮނާކޯ ބަލިކޮށް ރެއާލް ދެ ވަނައިގައި

21 ޖެނުއަރީ 2026
އެމްބާޕޭގެ ދެ ލަނޑާ އެކު، މޮނާކޯ ބަލިކޮށް ރެއާލް ދެ ވަނައިގައި
21 ޖެނުއަރީ 2026

އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި

21 ޖެނުއަރީ 2026
އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި
20 ޖެނުއަރީ 2026

އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ

20 ޖެނުއަރީ 2026
އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް