Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޕަފޯސް އަތުން މޮޅުވެ، ޗެލްސީ ހަމަޔަކަށް

ޗެލްސީގެ ކޯޗުކަމުން އެންޒޯ މަރެސްކާ ވަކި ކުރުމަށް ފަހު، ދާއިމީ ކޯޗަކަށް ލިއަމް ރޮސެނިއާ ހަމަޖެއްސި ފަހުން ޗެލްސީ އިން ހަތަރު މެޗު ކުޅެފައިވާ ތިން މެޗުން މި ވަނީ މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 04:28
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕަފޯސް އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ ހަމަޖެހުމެއް ހޯދައިފި އެވެ. 

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ޗެލްސީ އިން ހަމައެކަނި ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، ޕާފޮސްގެ ޑިފެންސް ކައިރިން ޗެލްސީ އަށް ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ. ޕަފޯސް އިން ވެސް ވަނީ ލިބުނު ފުރުސަތުގައި ޗެލްސީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ.

މެޗުގައި ލަނޑު ޖަހަން ޗެލްސީ އިން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ، މެޗުގެ 78 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޗެލްސީ އަށް ޖަހައިދިނީ މޮއިސަސް ކަސައިޑޯ އެވެ. އޭގެ ފަހުން ވެސް މެޗުގައި ޗެލްސީ އިން ވަނީ ލީޑު ފުޅާ ކުރަން މަސައްކަތް ކޮށްފަ އެވެ.

މެޗުން މޮޅުވެ، ޗެލްސީ އިން މި ވަނީ ހަމަޖެހުމެއް ހޯދައިފަ އެވެ. އެގޮތުން ޗެލްސީގެ ކޯޗުކަމުން އެންޒޯ މަރެސްކާ ވަކި ކުރުމަށް ފަހު، ދާއިމީ ކޯޗަކަށް ލިއަމް ރޮސެނިއާ ހަމަޖެއްސި ފަހުން ޗެލްސީ އިން ހަތަރު މެޗު ކުޅެފައިވާ ތިން މެޗުން މި ވަނީ މޮޅުވެފަ އެވެ. އެއް މެޗުން ބަލިވެފައިވާއިރު، މިއީ ރޮސެނިއާގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި ޗެލްސީ އިން ކުޅުނު ފުރަތަމަ މެޗެވެ.

މެޗުން މޮޅުވެ ޗެލްސީ އޮތީ ޗެމްޕިއަންސް ލީގު ތާވަލްގެ އަށް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ މޮޅު ކުޅުމާ އެކު މޮޅުވެ، ބަޔާން އިން ދެ ވަނަ އަށް ޖެހިލައިފި

ކޭންގެ މޮޅު ކުޅުމާ އެކު މޮޅުވެ، ބަޔާން އިން ދެ ވަނަ އަށް ޖެހިލައިފި

22 ޖެނުއަރީ 2026
ފާމިން ލޮޕޭޒްގެ ދެ ލަނޑާ އެކު ބާސެލޯނާ މޮޅުވެއްޖެ

ފާމިން ލޮޕޭޒްގެ ދެ ލަނޑާ އެކު ބާސެލޯނާ މޮޅުވެއްޖެ

22 ޖެނުއަރީ 2026
ސްޕޯޓިން އަތުން ޗެމްޕިއަންސް ޕީއެސްޖީ ބަލިވެއްޖެ

ސްޕޯޓިން އަތުން ޗެމްޕިއަންސް ޕީއެސްޖީ ބަލިވެއްޖެ

21 ޖެނުއަރީ 2026
 ބޯޑޯ/ގިލްމް އަތުން ބަލިވެ، ސިޓީގެ ޙާލަތު ޕްރެޝަރަށް

ބޯޑޯ/ގިލްމް އަތުން ބަލިވެ، ސިޓީގެ ޙާލަތު ޕްރެޝަރަށް

21 ޖެނުއަރީ 2026
އެމްބާޕޭގެ ދެ ލަނޑާ އެކު، މޮނާކޯ ބަލިކޮށް ރެއާލް ދެ ވަނައިގައި

އެމްބާޕޭގެ ދެ ލަނޑާ އެކު، މޮނާކޯ ބަލިކޮށް ރެއާލް ދެ ވަނައިގައި

21 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު