Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފާމިން ލޮޕޭޒްގެ ދެ ލަނޑާ އެކު ބާސެލޯނާ މޮޅުވެއްޖެ

22 ޖެނުއަރީ 2026 | ބުރާސްފަތި 04:26

މޮޅާއެކު ބާސެލޯނާ އިން ވަނީ ލީގު ތާވަލްގެ ނުވަ ވަނަ މަގާމަށް ޖެހިލާފައި. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަތް މެޗުން 13 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖެނުއަރީ 2026 | ބުރާސްފަތި 04:26
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްލާވިއާ ޕްރާގްއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ސްލާވިއާ ޕްރާގްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި ސްލާވިއާ ޕްރާގް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި މޮޅުވެފަ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ސްލާވިއާ ޕްރާގް އަށް ލީޑު ނަގައިދިނީ ވާސިލް ކުސެޖް އެވެ. އެއީ ތޯމަސް ހޯލްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފާމިން ލޮޕޭޒް އެވެ. އެ ލަނޑު ޖަހަން ލޮޕޭޒް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފްރެންކީ ޑި ޔޯން އެވެ.

އޭގެ އަށް މިނެޓު ފަހުން ލޮޕޭޒް ވަނީ ދެ ވަނަ ލަނޑެެއް ޖަހައި ބާސެލޯނާ އަށް ކުރި ހޯދައިދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީ އަތުން ބައި ކޮޅަށް ވަތް ލަނޑާ އެކު، ސްލަވިއާ ޕްރާގް އަށް ނަތީޖާ ހަމަހަމަވި އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 63 ވަނަ މިނެޓުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ޑެނީ އޮލްމޯ އެވެ. އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ލަނޑު ޖަހައި ބާސެލޯނާގެ ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ލެވަންޑޯސްކީ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މާކަސް ރަޝްފޯޑު އެވެ.

މޮޅާއެކު ބާސެލޯނާ އިން ވަނީ ލީގު ތާވަލްގެ ނުވަ ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ވަނީ ހަތަރު މެޗުން މޮޅުވެ، ދެ މެޗުން ބަލިވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2026

ސްޕޯޓިން އަތުން ޗެމްޕިއަންސް ޕީއެސްޖީ ބަލިވެއްޖެ

21 ޖެނުއަރީ 2026
ސްޕޯޓިން އަތުން ޗެމްޕިއަންސް ޕީއެސްޖީ ބަލިވެއްޖެ
21 ޖެނުއަރީ 2026

ބޯޑޯ/ގިލްމް އަތުން ބަލިވެ، ސިޓީގެ ޙާލަތު ޕްރެޝަރަށް

21 ޖެނުއަރީ 2026
 ބޯޑޯ/ގިލްމް އަތުން ބަލިވެ، ސިޓީގެ ޙާލަތު ޕްރެޝަރަށް
21 ޖެނުއަރީ 2026

އެމްބާޕޭގެ ދެ ލަނޑާ އެކު، މޮނާކޯ ބަލިކޮށް ރެއާލް ދެ ވަނައިގައި

21 ޖެނުއަރީ 2026
އެމްބާޕޭގެ ދެ ލަނޑާ އެކު، މޮނާކޯ ބަލިކޮށް ރެއާލް ދެ ވަނައިގައި
21 ޖެނުއަރީ 2026

އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި

21 ޖެނުއަރީ 2026
އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި
21 ޖެނުއަރީ 2026

ސްޕެއިންގެ ބާސެލޯނާގައި ރޭލެއް ފާރެއްގައި ޖެހި، ޑްރައިވަރު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ

21 ޖެނުއަރީ 2026
ސްޕެއިންގެ ބާސެލޯނާގައި ރޭލެއް ފާރެއްގައި ޖެހި، ޑްރައިވަރު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2026

އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ

20 ޖެނުއަރީ 2026
އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ
20 ޖެނުއަރީ 2026

މޮޅުވުން ހައްގު، ރެފްރީ އަކީ ކާކުކަން އިނގޭ: ފްލިކް

20 ޖެނުއަރީ 2026
މޮޅުވުން ހައްގު، ރެފްރީ އަކީ ކާކުކަން އިނގޭ: ފްލިކް
19 ޖެނުއަރީ 2026

ސޮސިއެޑާޑް އަތުން ބަލިވެ، ބާސެލޯނާ އަށް ފައިދާ ނުނެގުނު

19 ޖެނުއަރީ 2026
ސޮސިއެޑާޑް އަތުން ބަލިވެ، ބާސެލޯނާ އަށް ފައިދާ ނުނެގުނު
15 ޖެނުއަރީ 2026

ކަންސޭލޯ އަލުން ބާސެލޯނާ އަށް ބަދަލުވެއްޖެ

15 ޖެނުއަރީ 2026
ކަންސޭލޯ އަލުން ބާސެލޯނާ އަށް ބަދަލުވެއްޖެ
13 ޖެނުއަރީ 2026

ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބޮޑު ކާމިޔާބެއް: ފްލިކް

13 ޖެނުއަރީ 2026
ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބޮޑު ކާމިޔާބެއް: ފްލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް