Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-ބަންގްލަދޭޝް

ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ

ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ޚާރިޖީ ވަޒީރު ޑރ. ޚަލީލު އެ ގައުމަށް ވަޑައިގަންނަވާނެ.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 13:59
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު. | ގެޓީ އިމޭޖަސް

ބަންގްލަދޭޝްގެ އަލަށް އިންތިޚާބުވި ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޑާކާ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

މުއިއްޒުގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ބަންގްލަދޭޝް ގެ ބީ.އެސް.އެސް ނިއުސް އަށް މައުލޫމާތު ދެއްވާފައިވެ އެވެ.

ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި ބަންގްލަދޭޝްގެ 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން، އެ ޕާޓީގެ ޗެއާމަން ތާރިގް ރަހްމާނަށް ރައީސް ޑރ. މުޢިއްޒު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ބަންގްލަދޭޝްގެ އާ ލީޑަޝިޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވައި، އިޚްލާޞްތެރި ހެޔޮއެދުންތައް ވަނީ ފޮނުއްވާފަ އެވެ.

މުއިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހު އެވެ.

ޑރ. މުހައްމަދު މުއިއްޒުބަންގްލަދޭޝްޑރ. އަބްދުﷲ ޚަލީލްތޯރިޤް ރަހްމާންދިވެހިރާއްޖެ-ބަންގްލަދޭޝް

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2026

ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް 13 ގައުމެއްގެ ވެރިންނަށް ދައުވަތު އަރުވައިފި

16 ފެބުރުއަރީ 2026
ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް 13 ގައުމެއްގެ ވެރިންނަށް ދައުވަތު އަރުވައިފި
16 ފެބުރުއަރީ 2026

ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކްގެ ފޮރިން މިނިސްޓަރުންނަށް ދައުވަތު އަރުވައިފި

16 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކްގެ ފޮރިން މިނިސްޓަރުންނަށް ދައުވަތު އަރުވައިފި
15 ފެބުރުއަރީ 2026

ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟

15 ފެބުރުއަރީ 2026
ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟
15 ފެބުރުއަރީ 2026

ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!

15 ފެބުރުއަރީ 2026
ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!
14 ފެބުރުއަރީ 2026

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

14 ފެބުރުއަރީ 2026
ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު