Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝް

ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް 13 ގައުމެއްގެ ވެރިންނަށް ދައުވަތު އަރުވައިފި

ބަންގްލަދޭޝްގެ 13 ވަނަ އާންމު އިންތިޚާބު ކާމިޔާބުކުރި ބީއެންޕީގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު ބޭއްވުމަށް ނިންމައި، ރާއްޖެ ހިމެނޭހެން 13 ގައުމެއްގެ އިސްވެރިންނަށް ވަނީ ދައުވަތު އަރުވާފައި. ޝައިޚް ހަސީނާގެ ވެރިކަން ނިމުމަކަށް އައި ފަހުން ބޭއްވި ފުރަތަމަ އިންތިޚާބުގައި ބީއެންޕީން ވަނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި ގޮނޑި ކާމިޔާބުކޮށްފައި. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ސައުތު ޕްލާޒާގައި.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 08:02
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި 12 ފެބްރުއަރީ 2026 ވީ ބުދަ ދުވަހު ބޭއްވި އެ ގައުމުގެ 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ނިމި، ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި 12 ފެބްރުއަރީ 2026 ވީ ބުދަ ދުވަހު ބޭއްވި އެ ގައުމުގެ 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ނިމި، ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. | ގެޓީ އިމޭޖަސް

ތޯރިގު ރަހުމާން އިސްވެ ހުންނަވައި އެކުލަވާލާ ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިންތިގާލީ ސަރުކާރުގެ އިސް މުޝީރު މުހައްމަދު ޔޫނުސް ވަނީ ދިވެހިރާއްޖެ، ޗައިނާ، އިންޑިއާ އަދި ޕާކިސްތާނު ހިމެނޭހެން 13 ގައުމެއްގެ އިސްވެރިންނަށް ދައުވަތު އަރުވާފަ އެވެ. މިކަން ކަށަވަރުކޮށްދެމުން އިންތިގާލީ ސަރުކާރުގެ އިތުބާރު ހުރި އޮފިޝަލަކު ހޮނިހިރު ދުވަހުގެ ރޭ "ޕްރޮތޮމް އާލޯ" ނޫހަށް މައުލޫމާތު ދީފައިވެ އެވެ.

މި 13 ގައުމުގެ އިސްވެރިންނަށް ދައުވަތު ދިނުމަށް އިންތިގާލީ ސަރުކާރުން ނިންމާފައިވަނީ، ބަންގްލަދޭޝްގެ 13 ވަނަ އާންމު އިންތިޚާބު ކާމިޔާބުކުރި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސިޔާސަތު ކަނޑައަޅާ އިސްވެރިންނާއެކު މަޝްވަރާކުރުމަށް ފަހުގައެވެ. ޚާރިޖީ ދާއިރާގެ މަސްދަރުތަކުން ބުނާ ގޮތުގައި މިހާތަނަށް ދައުވަތު އެރުވި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، މެލޭޝިއާ، ބުރުނާއީ، އިންޑިއާ، ޕާކިސްތާނު، ޗައިނާ، ސްރީލަންކާ، ނޭޕާލް، ދިވެހިރާއްޖެ އަދި ބޫޓާން ހިމެނެ އެވެ.

އާ ކެބިނެޓް ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް "ޖާތިޔާ ސަންގްސަދު ބަވަން" ގެ ސައުތު ޕްލާޒާގަ އެވެ. ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި 13 ވަނަ އާންމު އިންތިޚާބުގައި ބީއެންޕީ އިސްވެ އޮތް އިއްތިހާދުން ވަނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ 2024 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަގާމުން ދުރުކުރި ފަހުން ބަންގްލަދޭޝްގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ.

އާ ކެބިނެޓް ހުވާކުރުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު ޑާކާގައި ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.

ތޯރިޤް ރަހްމާންބަންގްލަދޭޝްމުޙައްމަދު ޔޫނުސްބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީޝެއިހް ހަސީނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކްގެ ފޮރިން މިނިސްޓަރުންނަށް ދައުވަތު އަރުވައިފި

ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކްގެ ފޮރިން މިނިސްޓަރުންނަށް ދައުވަތު އަރުވައިފި

16 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ބަދަލުވެއްޖެ، ރައްޔިތުން އެދޭ ބަދަލު އައު ލީޑަރ ތޯރިގް ރަހްމާނަށް ގެނެވިދާނެތަ؟

ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ބަދަލުވެއްޖެ، ރައްޔިތުން އެދޭ ބަދަލު އައު ލީޑަރ ތޯރިގް ރަހްމާނަށް ގެނެވިދާނެތަ؟

14 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ތޯރިގް ރަހުމާނަކީ ކޮން ބޭފުޅެއް؟

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ތޯރިގް ރަހުމާނަކީ ކޮން ބޭފުޅެއް؟

13 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބުކޮށްފި ކަމަށް އެ ޕާޓީން ބުނެފި

ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބުކޮށްފި ކަމަށް އެ ޕާޓީން ބުނެފި

13 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

ބަންގްލަދޭޝްގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

12 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު