Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝް

ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ބަދަލުވެއްޖެ، ރައްޔިތުން އެދޭ ބަދަލު އައު ލީޑަރ ތޯރިގް ރަހްމާނަށް ގެނެވިދާނެތަ؟

ބަންގްލަދޭޝްގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ބީއެންޕީގެ އާ ލީޑަރު ތޯރިގް ރަހްމާންގެ އިރުޝާދުގެ ދަށުން ގައުމުގައި ޑިމޮކްރަސީ އިއާދަކުރުމުގެ މަސައްކަތް ވަނީ ފަށާފައި. މިފަހަރުގެ އިންތިޚާބުގައި ޒުވާނުންނާއި އާ ޕާޓީތަކުން މުހިންމު ދައުރެއް އަދާކުރި ނަމަވެސް، އިގްތިސާދު ކޮޅަށް ޖެހުމާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ފަދަ ބޮޑެތި ގޮންޖެހުންތަކެއް އާ ސަރުކާރަށް އެބަހުރި. ހަސީނާގެ އަވާމީ ލީގަށް ފުރުސަތު ނުލިބޭތީ އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވޭ.

ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 08:28
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި 2026 ފެބްރުއަރީ 9 ގައި ބޭއްވި އިންތިޚާބީ ކެމްޕޭނުގެ ފަހު ދުވަހުގެ ރެލީގައި، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޗެއަރޕާސަން ތާރިގް ރަހްމާން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަށް އަތްޕުޅުން އިޝާރާތް ކުރައްވަނީ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި 2026 ފެބްރުއަރީ 9 ގައި ބޭއްވި އިންތިޚާބީ ކެމްޕޭނުގެ ފަހު ދުވަހުގެ ރެލީގައި، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޗެއަރޕާސަން ތާރިގް ރަހްމާން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަށް އަތްޕުޅުން އިޝާރާތް ކުރައްވަނީ. | ގެޓީ އިމޭޖަސް

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، އޮޅުވާލުންތަކުން ފުރިފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރި އިންތިޚާބެއް ކާމިޔާބު ކުރައްވައިގެން ޝައިޚް ހަސީނާ ވެރިކަމަށް ވަޑައިގެންނެވި އިރު، 15 އަހަރުވީ އެކަމަނާގެ ބާރުވެރިކަން ވަރަށް ކުއްލި ގޮތަކަށް ނިމުމަކަށް އަތުވެދާނެ ކަމަކަށް އެކަކުވެސް ހިއެއް ނުކުރެ އެވެ. އަދި ސިޔާސީ މައިދާނުން މުޅިން ފޮހެވިފައިވާ ކަމަށް ބެލެވުނު އިދިކޮޅު ޕާޓީން މިފަދަ ވަރުގަދަ އެނބުރި އައުމެއް ފެނިގެންދާނެ ކަމަކަށް ވެސް އޭރު އުއްމީދެއް ނެތެވެ.

ނަމަވެސް ބަންގްލަދޭޝްގެ ސިޔާސީ ތާރީޚަށް ބަލާއިރު، މިއީ ހަސީނާގެ އަވާމީ ލީގާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާ ދެމެދު އެތައް އަހަރެއް ވަންދެން ބަދަލުވަމުން އައި ވެރިކަމުގެ ސިލްސިލާގެ އިތުރު ބޮޅެކެވެ.

މިފަހަރުގެ ތަފާތަކީ، ބީއެންޕީގެ އާ ލީޑަރު ތޯރިގް ރަހްމާން ރަސްމީކޮށް ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން އިންތިޚާބަކާ ކުރިމަތިލެއްވި ފުރަތަމަ ފަހަރަށް ވުމެވެ.

ވޭތުވެދިޔަ 40 އަހަރު އެ ޕާޓީގެ އިސްވެރިއަކަށް ހުންނެވީ ތޯރިގްގެ މަންމާފުޅު ޚާލިދާ ޒިޔާއެވެ. އެކަމަނާ މިދިޔަ އަހަރުގެ ފަހުކޮޅު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވީ އެވެ. ޚާލިދާ ޒިޔާ ޕާޓީގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތީ، ބީއެންޕީގެ ބާނީ އަދި ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގެ މުހިންމު ލީޑަރެއް ކަމަށްވާ ތާރިގްގެ ބައްޕަ، ޒިޔާއުއްރަހްމާން އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

މަންމާފުޅުގެ ވެރިކަމުގައި އާއިލީ ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގެ އިތުރުން، ތޯރިގް ރަހްމާނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ. އަމިއްލައަށް އަރުވާލެވިގެން ލަންޑަނުގައި 17 އަހަރު އުޅުއްވުމަށްފަހު، ތޯރިގް ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަތީ މަންމަ އަވަހާރަވުމުގެ ފަސް ދުވަސް ކުރިންނެވެ.

އުމުރުފުޅުން 60 އަހަރުގެ ތޯރިގް ރަހްމާނަކީ، މަންމަ ޖަލަށްލުމުންނާއި އާލާސްކަންފުޅާ އުޅުއްވި ދުވަސްވަރު ބީއެންޕީ ހިންގެވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ނަމަވެސް، އޭނާއަކީ ވެރިކަން ހިންގުމުގެ ތަޖުރިބާ ނެތް ލީޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.

ސިޔާސީ ދިރާސާވެރިޔާ ނަވީން މުރުޝިދު ވިދާޅުވި ގޮތުގައި، ތޯރިގްގެ ތަޖުރިބާ ނެތުމަކީ އޭނާއަށް ލިބޭ ފުރުސަތަކަށް ވެދާނެ އެވެ. ސަބަބަކީ ރައްޔިތުން ބޭނުންވަނީ އާ ބަދަލަކަށް ފުރުސަތު ދިނުމަށެވެ. އާ އަދި ރަނގަޅު ކަންތައްތަކެއް ވެދާނެ ކަމަށް ރައްޔިތުން ގަބޫލުކުރަން ބޭނުންވާތީ، މިކަމުގައި ބޮޑު އުއްމީދެއް އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޕާޓީން ބުނާ ގޮތުގައި އެންމެ އިސް އަމާޒަކީ ބަންގްލަދޭޝް އަށް އަލުން ޑިމޮކްރަސީ އިއާދަކުރުމެވެ.

އިންތިޚާބު އިއުލާންކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބީއެންޕީގެ އިސް ލީޑަރު އާމިރު ޚަސްރޫ މަހްމޫދު ޗައުދަރީ ބީބީސީ އަށް ވިދާޅުވީ، ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ހަލާކުކޮށްލާފައިވާ ޑިމޮކްރެޓިކް އަދި މާލީ މުއައްސަސާތައް އަލުން ތަރުތީބުކޮށް ކޮޅަށް ޖަހަންޖެހޭ ކަމަށެވެ.

ބަންގްލަދޭޝްގެ ތާރީޚަށް ބަލާއިރު، މިފަދަ ވައުދުތައް ވުމަށްފަހު އޭގެއާ ޚިލާފުވުމަކީ އާންމު ކަމެކެވެ. ގިނަ ފަހަރަށް ވެރިކަމަށް އައުމަށްފަހު ޕާޓީތަކުން އަމަލުކުރަނީ ހުދުމުޚުތާރު ގޮތަކަށެވެ.

ނަމަވެސް، 2024 ވަނަ އަހަރުގެ ޖުލައި މަހު ހަސީނާގެ ވެރިކަން ވައްޓާލުމަށް ނުކުތް ޒުވާނުން މިފަހަރު ތިބީ ކުރީގެ އުސޫލުތައް ބަލައިގަންނަ ގޮތަކަށް ނޫނެވެ.

އެ މުޒާހަރާތަކުގައި ބައިވެރިވި އުމުރުން 19 އަހަރުގެ ތަޒިން އަހުމަދު ބުނީ، އަލުން ހަމަނުޖެހުމެއް ހިންގަން ބޭނުންނުވާ ކަމަށެވެ.

"ކުރީގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަކީ އަދި ކާމިޔާބީއެއް ނޫން. އަސްލު ކާމިޔާބީއަކީ އެއްވެސް ކޮރަޕްޝަނެއް ނެތި ގައުމު އަމާންކަމާއެކު ހިނގައި، އިގްތިސާދު ރަނގަޅުވުން،" ތަޒިން ބުންޏެވެ.

އޭނާގެ ދެބެންގެ ދެދަރި، އުމުރުން 21 އަހަރުގެ ތަހްމީނާ ތަސްނީމް ބުނީ، އެންމެ ފުރަތަމަ ބޭނުންވަނީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އޮތުން ކަމަށެވެ. ހަމަޖެހޭ ގައުމަކާއި ވަރުގަދަ އިގްތިސާދެއްގެ ހައްގު ރައްޔިތުންނަށް އޮތްކަން ފާހަގަކުރަމުން އޭނާ ބުނީ، ހައްގު ހޯދަން ހަނގުރާމަކުރަން އެނގޭ ކަމަށާއި، ކުރީގެ ކަންތައްތައް ތަކުރާރުވާނަމަ އަލުން ނުކުންނާނެ ކަމަށެވެ.

ހަސީނާގެ ވެރިކަން ވެއްޓުނު ފަހުން، ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސްގެ ދައުރުގައި ވެސް ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފަ އެވެ.

އާ ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ގާނޫނާއި ގަވާއިދު ތަންފީޒުކޮށް އަމާންކަން ގާއިމުކުރުމަށެވެ. މީގެ އިތުރުން އިގްތިސާދު ކޮޅަށް ޖެހުމާއި، ކާބޯތަކެތީގެ އަގު ހެޔޮކުރުމާއި، ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ ކުރިމަތިވާނެ ބޮޑެތި ގޮންޖެހުންތަކެވެ.

ބަންގްލަދޭޝްގެ ތާރީޚުގައި ދެ ފަހަރެއްގެ މަތިން މަނާކުރި ދީނީ ޕާޓީ، ޖަމާއަތޭ އިސްލާމީ އަށް މިފަހަރު ވަނީ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބުވެފަ އެވެ.

އެ ޕާޓީއާ ގުޅިފައިވާ، މުޒާހަރާތަކުގައި އިސްކޮށް އުޅުނު ދަރިވަރުން އުފެއްދި ނޭޝަނަލް ސިޓިޒަންސް ޕާޓީ (އެންސީޕީ) އިން ވަނީ ފުރަތަމަ ފަހަރަށް އިންތިޚާބުގައި ވާދަކޮށް ހަ ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އޭގެ މާނަ އަކީ މީގެ ކުރިން ދުވަހަކުވެސް މަޖިލީހަށް ވަޑައިނުގަންނަވާ ބޭފުޅުން މިފަހަރު މަޖިލީހުން ފެންނާނެ ކަމަށެވެ.

މި ފަހަރުގެ އިންތިޚާބުގައި ޖަމާއަތޭ އިސްލާމީގެ މެނިފެސްޓޯގައި އިސްލާމީ ޝަރީއަތުގެ ވާހަކަ ނުހިމަނައި، ބޮޑަށް އިސްކަންދީފައިވަނީ ތަރައްގީއަށެވެ.

ނަމަވެސް އެ ޕާޓީގެ ވެބްސައިޓުގައި ބުނެފައިވަނީ، ސިޔާސީ ބާރުވެރިކަމެއް ނެތި އިސްލާމީ ޝަރީއަތް ގާއިމުނުކުރެވޭނެތީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ކަމަށެވެ. މިއީ އެ ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ އަމަލުކުރާނެ ގޮތަކާ މެދު އަބަދުވެސް ސުވާލު އުފެދޭ ކަމެކެވެ.

ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި ޖަމާއަތޭ އިސްލާމީ އަށް ލިބުނު ކާމިޔާބީއަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

އެއީ އެ ޖަމާއަތަކީ ވަރަށް ބޮޑަށް އިންތިޒާމުވެފައިވާ ޕާޓީއެއް ކަމަށް ވުމާއި ވޭތުވެދިޔަ އެތައް އަހަރެއްގައި އެމީހުން އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވުން ކަން އެ ގައުމުގެ ސިޔާސީ ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.

ބަންގްލަދޭޝްގެ މަޖިލީހުގެ 350 ގޮނޑީގެ ތެރެއިން 300 ގޮނޑިއަކީ އިންތިޚާބުކުރާ ގޮނޑިތަކެވެ. ބާކީ 50 ގޮނޑި ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. އެ ގޮނޑިތަކަށް މެންބަރުން އައްޔަންކުރަނީ ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތުންނެވެ.

ހަސީނާގެ ދައުރުގައި ބޭއްވި އިންތިޚާބުތަކާ ޚިލާފަށް، މިފަހަރުގެ އިންތިޚާބަކީ ވާދަވެރި އިންތިޚާބެއް ނަމަވެސް، ހަސީނާގެ ޕާޓީއަށް ބައިވެރިނުވެވޭ ގޮތް ހެދުމުން އިންތިޚާބުގެ ސައްހަކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޑިމޮކްރަސީ އިއާދަކުރާނެ ކަމަށް ބުނާއިރު، އަވާމީ ލީގަށް އަލުން ސިޔާސީ މައިދާނަށް އައުމުގެ ފުރުސަތު ދޭނެތޯ ސުވާލުކުރުމުން، ބީއެންޕީގެ ލީޑަރު ޗައުދަރީ ވިދާޅުވީ އެއީ އެ ޕާޓީން ނިންމާނެ ކަމެއް ނޫން ކަމަށެވެ.

"އަވާމީ ލީގަށް އަލުން އިންތިޚާބީ މައިދާނަށް އަންނަން ދުވަސް ނަގާނެ. ސަބަބަކީ އެމީހުންގެ އިތުބާރު ވަނީ ގެއްލިފައި. އަމިއްލަ ރައްޔިތުން މެރުމާއި، އަނިޔާވެރިވުމުގެ ތުހުމަތު އޮތް އިރު، އެމީހުންގެ މުސްތަގުބަލު ނިންމާނީ ރައްޔިތުން،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގައި ހުންނަވައިގެން ހަސީނާ ވަނީ ބުރާސްފަތި ދުވަހުގެ އިންތިޚާބަކީ "އޮޅުވާލުމެއް" ކަމަށް ސިފަކުރައްވައި، އަވާމީ ލީގަށް ބައިވެރިވެވޭ ގޮތަށް އާ އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވާފަ އެވެ.

މިވަގުތު އެކަމަނާގެ ޕާޓީއާ މެދު ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް އޮތް ނަމަވެސް، ބަންގްލަދޭޝްގެ ސިޔާސީ ތާރީޚަށް ބަލާއިރު، އަވާމީ ލީގު މުޅިން ނިމުނީ ކަމަށް ބުނުމަކީ އަދި މާ އަވަސް ކަމެކެވެ.

މަސްދަރު: ބީބީސީ

ޝެއިހް ހަސީނާބަންގްލަދޭޝްތޯރިޤް ރަހްމާންބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީއަވާމީ ލީގުޖަމާއަތޭ އިސްލާމީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ތޯރިގް ރަހުމާނަކީ ކޮން ބޭފުޅެއް؟

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ތޯރިގް ރަހުމާނަކީ ކޮން ބޭފުޅެއް؟

13 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބުކޮށްފި ކަމަށް އެ ޕާޓީން ބުނެފި

ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބުކޮށްފި ކަމަށް އެ ޕާޓީން ބުނެފި

13 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

ބަންގްލަދޭޝްގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

12 ފެބުރުއަރީ 2026
ބަންގްލަދޭޝްގައި ބާއްވާ ފުރަތަމަ ވާދަވެރި އިންތިޚާބުގައި ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް!

ބަންގްލަދޭޝްގައި ބާއްވާ ފުރަތަމަ ވާދަވެރި އިންތިޚާބުގައި ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް!

09 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި

އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު