Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓެލްކޯ

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑުނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، އެ މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވާ ކަމަށް ބުނޭ. ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ރައީސްގެ ނަންފުޅުގައި މިފަދަ އިނާޔަތްތައް ދެމުންދާއިރު، މިއީ ދަރަނީގައި ހިނގާ ކުންފުނިތަކަށް އިތުރު ބުރައެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރޭ.

ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 11:38
ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޑރ. ޢަލީ އަޒްވަރު (ވ) އާއި ކުންފުނީގެ ބައެއް އިސްވެރިން ކ. ގުޅީފަޅަށް ޒިޔާރަތްކުރައްވައި، އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ ގޮތް ބައްލަވާލައްވަނީ.

ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޑރ. ޢަލީ އަޒްވަރު (ވ) އާއި ކުންފުނީގެ ބައެއް އިސްވެރިން ކ. ގުޅީފަޅަށް ޒިޔާރަތްކުރައްވައި، އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ ގޮތް ބައްލަވާލައްވަނީ. | ސްޓެލްކޯ

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދައިދޭ ގޮތަށް ހަމަ ޖައްސައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު އަށް ކްރެޑިޓް ލިބޭ ގޮތަށް އެ ކުންފުނިން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް 2026 ފެބުރުވަރީ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ," ކަމަށެވެ.

Advertisement - newsAdvertisement

މިކަމުގައި ހުރިހާ ކަސްޓަމަރުން ވެސް ސްޓެލްކޯ އަށް އެއްބާރުލުން ދިނުން އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރެކޯޑްތައް ދައްކާ ގޮތުގައި 2024 ވަނަ އަހަރު ސްޓެލްކޯ އަށް 115،793،426ރ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދީފައިވެ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުން ކޮށްގެން ރައްޔިތުނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާޔަތުގެ ގޮތުގައި ކަންކަން ސިފަ ކުރަމުން މި ސަރުކާރުން ކުރިއަށް ގެންދާއިރު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޯދަ ހަދިޔާ ގެ ނަމުގައި ރޯދަ މަހާ ދިމާކޮށް މަސް ދަޅު ކޭސް ވެސް ގެންދަނީ ބަހަމުންނެވެ. މިއީ ވެސް ދަރަނީގައި ހިންގަމުންދާ ކުންފުންޏަކުން ރައީސް މުއިއްޒު އަށް ކްރެޑިޓް ލިބޭ ގޮތަށް ހިންގަމުންދާ ޕްރޮގްރާމެއް ކަން ފާހަގަ ކުރެވެ އެވެ.

ހިލޭ މަސްކޭސް ބެހި މިފްކޯ އަށް 2024 ވަނަ އަހަރު 355،496،140ރ. ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދީފައިވާ އިރު 2024 ވަނަ އަހަރު މިފްކޯ އަށް 166 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަން ޕީސީބީގެ ރެކޯޑްތަކުން ދައްކަ އެވެ.

ކުންފުނިތަކުން މި ގޮތަށް ބަހާ ތަކެއްޗާއި ދޭ ޑިސްކައުންޓް ހަގީގަތުގައި ވެގެން ދަނީ ކުންފުނީގެ އިތުރު ދަރަންޏަށް ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ. އަދި ކުންފުނިތައް އިތުރަށް ދަރަނިވެރިވުމަކީ އޭގެ ޒިންމާ އާޚިރުގައި ރައްޔިތުންގެ ބޮލުގައި އެޅޭ އެއްޗެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތާ ބެހޭ ގޮތުން ޕީސީބީ އިން އެންމެ ފަހުން ނެރެފައިވާ "އެސްއޯއީ ސެކްޓަރ ރިޕޯޓް 2024" ގައި  ފާހަގަކުރެވުނު ގޮތުގައި، ދައުލަތުގެ ބައެއް ކުންފުނިތަކުގެ މުދަލުގެ ޖުމްލަ އަގާ އަޅާބަލާއިރު ދަރަނީގެ ނިސްބަތް 50 އިންސައްތައަށްވުރެ މަތީގައި ހުރިކަން ފާހަގަކުރެވެ އެވެ. މިއީ އެ ކުންފުނިތަކުގެ ރައުސްމާލުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ ދަރަނިކަން އަންގައިދޭ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. މި ނިސްބަތް މަތިވުމަކީ، ވިޔަފާރީގެ ހާލަތާ ނުބައްދަލު މިންވަރަކަށް ދަރަނި އިތުރުވެފައިވާކަމުގެ ނިޝާނެއް ކަމަށް ވެސް ބުނެފައިވެ އެވެ. ޖުމްލަގޮތެއްގައި ފާހަގަކުރެވެނީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އާއި (އައްޑޫ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑެޓް (އޭ.އައި.އޭ) ފިޔަވައި، އެހެން ހުރިހާ ކުންފުނިތަކެއްގެ ދަރަނި ހުރީ 50 އިންސައްތައާ ގާތްކުރާ މިންވަރެއްގައި ކަން ވެސް ޕީސީބީ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

2024 ވަނަ އަހަރަށް ބަލާއިރު ޖުމްލަ އެސެޓާއި ކުންފުނީގެ ދަރަނީގެ ނިސްބަތް ސްޓެލްކޯ ގައި ހުރީ 117 އިންސައްތައިގަ އެވެ. އަދި މިފްކޯ ގައި މި މިންގަނޑު ހުރީ 22- އިންސައްތައިގަ އެވެ.

ސްޓެލްކޯޑރ. މުހައްމަދު މުއިއްޒުރަަމަޟާންމިފްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

13 ފެބުރުއަރީ 2026
ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި

ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި

ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި

13 ފެބުރުއަރީ 2026
ރައީސް މުއިއްޒު މިހާރު ވެސް ވަނީ ވެރިކަމުގެ ދެ އަހަރު އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ ރިކޯޑު ހައްދަވާފައި: މެންބަރު ޒިޔާދު

ރައީސް މުއިއްޒު މިހާރު ވެސް ވަނީ ވެރިކަމުގެ ދެ އަހަރު އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ ރިކޯޑު ހައްދަވާފައި: މެންބަރު ޒިޔާދު

13 ފެބުރުއަރީ 2026
ރައީސް މުއިއްޒަކީ ހިސާބު ޖައްސަވާފައި ވައުދުވެވަޑައިގަންނަވާ ބޭފުޅެއް ނޫން، 2025 ގެ ވައުދުތައް ފުއްދުމަށް އެކަނި ވެސް 200 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ: މެންބަރު ޝަމްހީދު

ރައީސް މުއިއްޒަކީ ހިސާބު ޖައްސަވާފައި ވައުދުވެވަޑައިގަންނަވާ ބޭފުޅެއް ނޫން، 2025 ގެ ވައުދުތައް ފުއްދުމަށް އެކަނި ވެސް 200 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ: މެންބަރު ޝަމްހީދު

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު