Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލް އިންތިޚާބު 2026

މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި، ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކޮށްފި. ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ވަޒީފާގެ ކުރިއެރުން ހުއްޓުވުމާއި، މަގާމުން ވަކިކުރުން ފަދަ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކޮށް، މިއީ ވޯޓަށް ނުފޫޒު ފޯރުވުމަށް ހިންގާ ނާތަހުޒީބު އަމަލުތަކެއް ކަމަށް އެމްޑީޕީ އިން ތުހުމަތުކުރޭ. އެހެންކަމުން، މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުން ހުއްޓާލުމަށް ފައްޔާޒް ވަނީ ސަރުކާރަށް ގޮވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 18:51
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް | އިބްރާހިމް ޝާބިލް

ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ޖެއްސުން ކޮށް އެމީހުންގެ ވޯޓު ކަށަވަރު ކުރުމަށް އެމީހުން ތިބި ރަށް ނޫން އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުމުގެ މަސައްކަތް ސަރުކާރު ހިންގާ ޕީއެންސީ އިން ކުރަމުންދާ ކަމަށާ އެކަން ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ކައުންސިލް އިންތިޚާބާ ދިމާކޮށް ޕީއެންސީ އަށް ނިސްބަތްވާ ފަރާތްތަކުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ޖެއްސުން ކުރަމުންދާ ކަމަށެވެ. އަދި އެމީހުންގެ ވޯޓު ކަށަވަރު ކުރުމަށް އެމީހުން ތިބި ރަށް ނޫން އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުމުގެ މަސައްކަތް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިއީ މި އިންތިޚާބު ރައީސް މުއިއްޒަށް ގެއްލިދާނެ ކަމުގެ ސިހުން އޮތް މިންވަރު ކަމަށާ މުވައްޒަފުންގެ ވޯޓު ލުމުގެ ހައްގު ގެއްލުވާލަން ސަރުކާރުން ހިންގަމުންދާ ނާތަހުޒީބު އަމަލު ހުއްޓާލުމަށް ގޮވާލާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. 

މިފަހުން ވެސް ފައްޔާޒް ވަނީ މިފަދަ މައްސަލަތަކަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ސިޔާސީ ފިކުރު ދިމާ ނުވާ މީހުން ވަޒީފާ އިން ވަކި ކުރުމާއި ވަޒީފާތައް ސިޔާސީ މަންފާ އަށް ބެހުމުގެ މައްސަލަ މި ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށާ ގއ.ކޮލަމާފުށި އިންޖީނުގެއާއި ފެނަކަ އޮފީސް ހިންގުމާއި ހަވާލުވެ ހުރި އަބްދުﷲ ނާސިރު މަޤާމުން ވަކިކުރީ ވަޒީފާގެ މަގާމު ދަށްކުރުމުން ވެސް މިނިވަން ސިޔާސީ ފިކުރު ފާޅުކުރުން ހުއްޓާނުލުމުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. 

މި ނޫނަސް، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެ ކަމަށް ބުނުމުން ނުވަތަ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރުމުން ވަޒީފާ އިން ވަކިކުރުމާއި މަގާމު ދަށް ކުރުން އަދި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމުގެ މައްސަލަތައް ދަނީ ފެންމަތި ވަމުންނެވެ. އާއްމުން ދަނީ މިފަދަ ފިއްތުންތަކަކީ ސިޔާސީ ގޮތުން ނާޖާއިޒް ނުފޫޒު ފޯރުވަން ކުރާ ކަންކަން ކަމަށް ބުނެ އެކަމަށް ފާޑުކިޔަމުންނެވެ.

ޕީއެންސީފައްޔާޒް އިސްމާއިލްޑރ. މުހައްމަދު މުއިއްޒުއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި

ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި

13 ފެބުރުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

13 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި

ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި

13 ފެބުރުއަރީ 2026
ލާމަރުކަޒީ މި ނިޒާމް އެމްޑީޕީ ނޫން ބަޔަކަށް ދީލާލުމަކީ ރައްޔިތުން އަޅާނެ އެންމެ ފަހު، އެންމެ ނުބައި، އެންމެ ނުރައްކާތެރި ފިޔަވަޅު: އައްޑޫ މޭޔަރ ނިޒާރު

ލާމަރުކަޒީ މި ނިޒާމް އެމްޑީޕީ ނޫން ބަޔަކަށް ދީލާލުމަކީ ރައްޔިތުން އަޅާނެ އެންމެ ފަހު، އެންމެ ނުބައި، އެންމެ ނުރައްކާތެރި ފިޔަވަޅު: އައްޑޫ މޭޔަރ ނިޒާރު

13 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި

ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު