Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބުކޮށްފި ކަމަށް އެ ޕާޓީން ބުނެފި

ބަންގްލަދޭޝްގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ބީއެންޕީ ކުރިހޯދާފައިވާއިރު، ޖަމާއަތޭ އިސްލާމީން ވަނީ ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދާފައި. މި ކާމިޔާބީއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ އިސްވެރިން ތާރިގު ރަހުމާނަށް މަރުހަބާ ވިދާޅުވެފައިވާއިރު، އިންތިޚާބާ އެކު ސިޔާސީ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއްވެސް ވަނީ ނަގާފައި. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބީއެންޕީން 200 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވީ ނަމަވެސް، އިލެކްޝަން ކޮމިޝަނުން އަދި ރަސްމީ ނަތީޖާ އިއުލާނެއް ނުކުރޭ.

ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 09:05
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ނެރޭ ނޫސްތަކުގެ ފަލަސުރުޚީގައި، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޗެއާމަން އަދި އިންތިޚާބީ ކެންޑިޑޭޓް ތާރިގް ރަހްމާންގެ ފޮޓޯ ޖަހާފައިވާ މަންޒަރު.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ނެރޭ ނޫސްތަކުގެ ފަލަސުރުޚީގައި، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޗެއާމަން އަދި އިންތިޚާބީ ކެންޑިޑޭޓް ތާރިގް ރަހްމާންގެ ފޮޓޯ ޖަހާފައިވާ މަންޒަރު. | އޭއެފްޕީ

ތާރިގު ރަހުމާންގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބުރާސްފަތި ދުވަހު ބޭއްވި ތާރީޚީ އިންތިޚާބުގެ އަޣުލަބިއްޔަތު ކާމިޔާބުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ސަރުކާރު އެކުލަވާލާނީ އެ ޕާޓީން ކަމަށް ބުނެފި އެވެ.

އިންތިޚާބުން ބަލިވިކަން އަދި ގަބޫލުކޮށްފައިނުވާ ޖަމާއަތޭ އިސްލާމީން ބުނީ، ވޯޓު ގުނުމުގެ ކަންކަން ދިޔަ ގޮތާމެދު "ހިތްހަމަނުޖެހޭ" ކަމަށާއި، ނަތީޖާ އިއުލާންކުރުމުގެ މަރުހަލާގެ ސައްހަކަމާ މެދު "ސީރިއަސް ސުވާލުތަކެއް" އުފެދޭ ކަމަށެވެ.

ބީއެންޕީން ހޯދި ކާމިޔާބީއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ އިތުރުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ތާރިގު ރަހުމާނަށް މަރުހަބާ ވިދާޅުވެފަ އެވެ. މި ބޭފުޅުން ވަނީ ބީއެންޕީގެ ކާމިޔާބީ އަކީ "ބޮޑު" އަދި "ވަރުގަދަ" ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނުން އަދި ރަސްމީ ނަތީޖާ އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ނުރަސްމީ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ގާނޫނު ހަދާ މަޖިލީހުގެ 299 ދާއިރާގެ ތެރެއިން 200 އަށްވުރެ ގިނަ ގޮނޑި ބީއެންޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. ވާދަވެރި ޖަމާއަތޭ އިސްލާމީ އިއްތިހާދަށް ލިބިފައިވަނީ 70 ގޮނޑި އެވެ.

މި އިންތިޚާބާ އެކު، ސިޔާސީ އިސްލާހުތަކާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި ބޮޑުވަޒީރުގެ މަގާމު އަދާކުރެވޭނެ ދައުރުގެ އަދަދު ކަނޑައެޅުމާއި، ސަރުކާރުގެ ބާރުތައް ހިފެހެއްޓުމަށް މިހާރަށްވުރެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމާއި، މަޖިލީހުގެ ތެރެއިން ބާރުތައް އެއްކުރުން ހުއްޓުވުމަށް ބޭނުންވާ ހަރުދަނާ ފިޔަވަޅުތައް ހިމެނެ އެވެ.

ރަސްމީކޮށް ނަތީޖާ އިޢުލާންކުރާނީ ހޮނިހިރު ދުވަހެއްގެ ވަގުތެއްގައި ކަމަށް ބެލެވެ އެވެ.

ނުރަސްމީ ގޮތުން ބަލާއިރު، މިހާތަނަށް ނަތީޖާ އިޢުލާންކުރި 284 ގޮނޑީގެ ތެރެއިން 208 ގޮނޑި ކާމިޔާބުކޮށްފައިވަނީ ބީ.އެން.ޕީ (BNP) އިން ކަމަށް ވުމާއެކު، އެ ޕާޓީއަށް ސަރުކާރު އެކުލަވާލުމަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ ބޮޑު އަޣުލަބިއްޔަތެއް ލިބިގެންދާނެ އެވެ.

ދިހަ އަހަރު ދުވަހުގެ މަނާކުރުންތަކާއި ހުރަސްތަކަށްފަހު، ޖަމާއަޭ އިސްލާމީ އިން ވަނީ މި އިންތިޚާބުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދާފަ އެވެ. އެ ޕާޓީން 70 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، މިއީ މަޖިލީހުގައި ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފެނިގެންދާނެ ބާރެކެވެ. 

މަސްދަރު: އަލް ޖަޒީރާ

ތާރިޤް ރަހްމާންބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީޖަމާއަތޭ އިސްލާމީބަންގްލަދޭޝް

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2026

ބަންގްލަދޭޝްގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

12 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ
09 ފެބުރުއަރީ 2026

ބަންގްލަދޭޝްގައި ބާއްވާ ފުރަތަމަ ވާދަވެރި އިންތިޚާބުގައި ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް!

09 ފެބުރުއަރީ 2026
ބަންގްލަދޭޝްގައި ބާއްވާ ފުރަތަމަ ވާދަވެރި އިންތިޚާބުގައި ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް!
01 ފެބުރުއަރީ 2026

އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި

01 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި
29 ޖެނުއަރީ 2026

ތިލަފުށިން މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ

29 ޖެނުއަރީ 2026
ތިލަފުށިން މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ
26 ޖެނުއަރީ 2026

ޓީ20 ވާރލްޑް ކަޕް އިން ބަންގްލަދޭޝް ބޭރު ކުރަން އައިސީސީ އިން ނިންމައިފި

26 ޖެނުއަރީ 2026
ޓީ20 ވާރލްޑް ކަޕް އިން ބަންގްލަދޭޝް ބޭރު ކުރަން އައިސީސީ އިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު