Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނ.ކެނދިކުޅުދޫ

ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!

ނ. ކެނދިކުޅުދޫގައި ސަރުކާރުން ކުރިއަށްގެންދާ ކުޑަކުދިންގެ ޕާކުގެ މަޝްރޫއުގެ އަގާއި ނިންމަންޖެހޭ ތާރީޚު ފަދަ މުހިންމު މަޢުލޫމާތުތައް، ސިޓީސް މިނިސްޓްރީން އެރަށު ކައުންސިލާ ހިއްސާނުކުރާ ކަމުގެ ޝަކުވާ އެ ކައުންސިލުން ފާޅުކޮށްފައިވޭ. މި މަޝްރޫޢު ހުއްޓިފައި އޮތްއިރު، ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ކުދި މަޝްރޫޢުތައް ކައުންސިލާ ހަވާލުނުކޮށް ސަރުކާރުން ބޮޑު އަގުގައި ކުރިއަށްގެންދާ ކަމަށް ކައުންސިލުން ތުހުމަތުކުރޭ.

މަޚްތޫމް
މަޚްތޫމް | 15 ފެބުރުއަރީ 2026 | އާދީއްތަ 14:48
ނިންމާ ތާރީހާއި ހިނގާ ހަރަދު ހާމަނުކޮށް ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ކުރިއަށްގެންދާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ހުއްޓިފައި.

ނިންމާ ތާރީހާއި ހިނގާ ހަރަދު ހާމަނުކޮށް ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ކުރިއަށްގެންދާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ހުއްޓިފައި. | ރާއްޖެ އެމްވީ

ސިޓީސް މިނިސްޓްރީ އިން ނ. ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މަސައްކަތް ހުއްޓިފައި އޮތް އިރު އެ މަޝްރޫއާއި ގުޅޭ މައުލޫމާތު ކައުންސިލުން އެދިގެން ވެސް މިނިސްޓްރީ އިން ފޯރުކޮށް ނުދިން ކަމަށް އެރަށު ކައުންސިލްގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ. 

މި މަޝްރޫއަކީ މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެން ފެއްޓެވި މަޝްރޫއެކެވެ. މިކަމާއި ގުޅިގެން ކެނދިކުޅުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ އެރަށުގައި ސިޓީސް މިނިސްޓްރީ އިން ކުރިއަށްގެންދާ ކުޑަކުދިންގެ ޕާކުގެ މަޝްރޫއުގެ ވެލިއުއެއް، ނިންމަންޖެހޭ ތާރީހެއްގެ މައުލޫމާތެއް މިނިސްޓްރީއަށް ލިޔެގެން ވެސް ނުލިބުނު ކަމަށެވެ.

ޝާހިދު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން، 5 މިލިއަނަށްވުރެ ކުދި ޕްރޮޖެކްޓް ހިންގާނީ ކައުންސިލަށް ދީގެން ކަމަށެވެ. ނަމަވެސް ނުދީގެން އުޅެނީ ދެ ޕްރޮޖެކްޓް ނުވަތަ 3 ޕްރޮޖެކްޓް އެއްކޮށްލައިގެން އަގު ބޮޑުކޮށްފައި ދޭތީ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

5 މިލިއަނަށްވުރެ މިތަނުގެ އަގު ބޮޑީބާވައޭ ހިތަށް އަރަނީ، ކައުންސިލަށް މިކަހަލަ ޕްރޮޖެކްޓް ހިންގަން ނުދެނީ. އަޅުގަނޑަކަށް ދެން ބުއްދި ގަބޫލެއް ނުކުރެވޭ އެވަރުގެ ހަރަދެއް ހިނގާފާނެ ކަމަށް މިވަރުގެ ޕާކެއް އަޅަން. ކައުންސިލުން ވޮލީކޯޓެއް އަޅާފައި ހުންނާނެ 8 ލައްކަ އަށް. ސަރުކާރުން މި އަޅާ ވޮލީކޯޓުތަކާ ވަރަށް ތަފާތުވާނެ. ރޮސްޓްރަމް ލާފައި ކުޅިބަލާ މީހުންނަށް ތިބެވޭނެ ގޮތަށް ހަދާފައި ހުންނާނީ. ނަރުދަލުގެ ބަދަލުގައި އެހެންކަހަލަ ޕެނަލްތަކެއް ފެންސަކަށް ވެސް ޖަހާފައި ހުންނާނީ. މިހާރު ވެސް ސަރުކާރުން އެންމެ ކުޑަކޮށް ވެސް ވޮލީކޯޓެއް އަޅަން އެދެނީ 1.4 މިލިއަން ރުފިޔާ އަށް. 
ކެނދިކުޅުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝާހިދު

ޝާހިދު ވިދާޅުވީ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ފެށީ 2025 ވަނަ އަހަރުގެ ޖުލައި މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކެނދިކުޅުދޫ އަށް ކުރެއްވި ޒިޔާރަތެއްގައި ކަމަށެވެ. ނަމަވެސް މަސައްކަތް ނުނިމި މިހާ ދުވަސްވެގެން ދަނީ ކީއްވެގެން ކަމެއް ކައުންސިލަށް ނޭނގޭ ކަމަށާއި، ނިންމަންޖެހޭ ތާރީހެއް ވެސް އެންމެ ކުޑަމިނުން ކައުންސިލަށް ނޭނގޭ ކަމަށެވެ. 

ކެނދިކުޅުދޫޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް ލޯކަލް ގަވަރމަންޓް

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

15 ފެބުރުއަރީ 2026
ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ
14 ފެބުރުއަރީ 2026

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

14 ފެބުރުއަރީ 2026
ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ
13 ފެބުރުއަރީ 2026

މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

13 ފެބުރުއަރީ 2026
މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު
13 ފެބުރުއަރީ 2026

ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި

13 ފެބުރުއަރީ 2026
ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި
13 ފެބުރުއަރީ 2026

ކެނދިކުޅުދޫ 30 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފައިސާ ހަމަނުޖެހޭތީ މަޑުޖެހިއްޖެ: ކައުންސިލްގެ ރައީސް ރައޫފް

13 ފެބުރުއަރީ 2026
ކެނދިކުޅުދޫ 30 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފައިސާ ހަމަނުޖެހޭތީ މަޑުޖެހިއްޖެ: ކައުންސިލްގެ ރައީސް ރައޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު