Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝް

ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކްގެ ފޮރިން މިނިސްޓަރުންނަށް ދައުވަތު އަރުވައިފި

ބަންގްލަދޭޝްގެ އާ ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި. މި ރަސްމިއްޔާތަށް ރާއްޖެ ހިމެނޭހެން ސާކް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް މިހާރު ވަނީ ދައުވަތު އަރުވާފައި. އިންތިގާލީ ސަރުކާރުގެ އެޑްވައިޒަރުންގެ ވަދާއީ ބައްދަލުވުމަށްފަހު މައުލޫމާތު ދެއްވަމުން ލޯ އެޑްވައިޒަރު އާސިފް ނަޒްރޫލް ވިދާޅުވީ، އާ ސަރުކާރުގެ ވަޒީރުންނަށް ހުވާލައިދެއްވާނީ އެ ގައުމުގެ ރައީސް ކަމަށް.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 07:49
ބަންގްލަދޭޝްގައި 2026 ފެބްރުއަރީ 9 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކެމްޕޭންގެ ފަހު ދުވަހު، ވެރިރަށް ޑާކާގައި ބޭއްވި އެއްވުމެއްގެ ތެރެއިން، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޗެއާމަން އަދި އިންތިޚާބީ ކެންޑިޑޭޓް ތާރިގް ރަހްމާންގެ ފޮޓޯ ޖަހާފައިވާ ވަޒަން ނާރާ ބަހެއްގެ ކައިރީގައި ބޯޑަރ ގާޑް ބަންގްލަދޭޝް (ބީޖީބީ) ގެ ސިފައިން ފޯރިމަރަމުން ގެންދާއިރު އެ ބަހުގައި ތާރިގް ރަހްމާންގެ އިތުރުން، އޭނާގެ މަންމަ އާއި ބައްޕަ ކަމަށްވާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އާއި ކުރީގެ ރައީސް ޒިއާއުއްރަހްމާންގެ ފޮޓޯވެސް ހިމަނާފައި.

ބަންގްލަދޭޝްގައި 2026 ފެބްރުއަރީ 9 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކެމްޕޭންގެ ފަހު ދުވަހު، ވެރިރަށް ޑާކާގައި ބޭއްވި އެއްވުމެއްގެ ތެރެއިން، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޗެއާމަން އަދި އިންތިޚާބީ ކެންޑިޑޭޓް ތާރިގް ރަހްމާންގެ ފޮޓޯ ޖަހާފައިވާ ވަޒަން ނާރާ ބަހެއްގެ ކައިރީގައި ބޯޑަރ ގާޑް ބަންގްލަދޭޝް (ބީޖީބީ) ގެ ސިފައިން ފޯރިމަރަމުން ގެންދާއިރު އެ ބަހުގައި ތާރިގް ރަހްމާންގެ އިތުރުން، އޭނާގެ މަންމަ އާއި ބައްޕަ ކަމަށްވާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އާއި ކުރީގެ ރައީސް ޒިއާއުއްރަހްމާންގެ ފޮޓޯވެސް ހިމަނާފައި. | ގެޓީ އިމޭޖަސް

ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކްގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް ދައުވަތު އަރުވައިފިއެވެ. މިކަން ހާމަކުރެއްވީ އާދީއްތަ ދުވަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ ގައުމުގެ އިންތިގާލީ ސަރުކާރުގެ ލޯ އެޑްވައިޒަރުގެ މަގާމުން ވަކިވެވަޑައިގަންނަވާ އާސިފް ނަޒްރޫލް އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު، އިންތިގާލީ ސަރުކާރުގެ އެޑްވައިޒަރުންގެ ފަހު ބައްދަލުވުން ވަނީ ޗީފް އެޑްވައިޒަރުގެ އޮފީހުގައި ބާއްވާފަ އެވެ. މިއީ އެ ބޭފުޅުންގެ ވަދާއީ ބައްދަލުވުންކަން ފާހަގަކުރައްވައި، ލޯ އެޑްވައިޒަރު ވިދާޅުވީ މި ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް، މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން، އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅޭ މައުލޫމާތު ހުރިހާ ބޭފުޅުންނަށް މި ބައްދަލުވުމުގައި ވަނީ ހިއްސާ ކޮށްފަ އެވެ.

އާސިފް ނަޒްރޫލް އިތުރަށް ވިދާޅުވީ، އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އާ މަޖިލިސް މެންބަރުން ހުވާކުރެއްވުން އޮންނާނެ ކަމަށާއި، ބޮޑަށް ބެލެވޭ ގޮތުގައި މެންބަރުންނަށް ހުވާލައިދެއްވާނީ ޗީފް އިލެކްޝަން ކޮމިޝަނަރު ކަމަށެވެ. 

ކެބިނެޓްގެ ވަޒީރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު 4:00 ގައި ޕާލިމަންޓްގެ ސައުތު ޕްލާޒާގައި ކަމަށް ލޯ އެޑްވައިޒަރު ވިދާޅުވި އެވެ. އަދި އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީރުންނަށް ހުވާލައިދެއްވާނީ އެ ގައުމުގެ ރައީސްއެވެ. 

މި ރަސްމިއްޔާތަށް ދައުވަތު އެރުވުމުގެ ކަންކަން ކެބިނެޓް ޑިވިޜަނުން ކުރިއަށްގެންދަނީ އާންމުކޮށް އަމަލުކުރާ ޕްރޮޓޮކޯލްގެ ދަށުން ކަމަށް ލޯ އެޑްވައިޒަރު ވިދާޅުވިއެވެ. އިންޑިއާގެ ބޮޑުވަޒީރަށް ދައުވަތު އެރުވިތޯ ނޫސްވެރިން ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް، ފޮރިން މިނިސްޓްރީން މިހާތަނަށް ދިވެހިރާއްޖެ ހިމެނޭހެން ސާކްގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް ދައުވަތު އަރުވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެއްވެސް ގައުމެއްގެ އިސްވެރިއަކަށް (ހެޑް އޮފް ގަވަރމަންޓް) ދައުވަތު އެރުވިކަން އެނގިވަޑައިގެންފައި ނުވާ ކަމަށް އާސިފް ނަޒްރޫލް ވިދާޅުވިއެވެ.

ބަންގްލަދޭޝްސާކްއާސިފް ނަޒްރޫލްބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ބަދަލުވެއްޖެ، ރައްޔިތުން އެދޭ ބަދަލު އައު ލީޑަރ ތޯރިގް ރަހްމާނަށް ގެނެވިދާނެތަ؟

ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ބަދަލުވެއްޖެ، ރައްޔިތުން އެދޭ ބަދަލު އައު ލީޑަރ ތޯރިގް ރަހްމާނަށް ގެނެވިދާނެތަ؟

14 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ތޯރިގް ރަހުމާނަކީ ކޮން ބޭފުޅެއް؟

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ތޯރިގް ރަހުމާނަކީ ކޮން ބޭފުޅެއް؟

13 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބުކޮށްފި ކަމަށް އެ ޕާޓީން ބުނެފި

ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބުކޮށްފި ކަމަށް އެ ޕާޓީން ބުނެފި

13 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

ބަންގްލަދޭޝްގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

12 ފެބުރުއަރީ 2026
ބަންގްލަދޭޝްގައި ބާއްވާ ފުރަތަމަ ވާދަވެރި އިންތިޚާބުގައި ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް!

ބަންގްލަދޭޝްގައި ބާއްވާ ފުރަތަމަ ވާދަވެރި އިންތިޚާބުގައި ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް!

09 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު