Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަަތަމަ ބައްދަލުވުމުގައި އިޒްރޭލްގެ ފޮރިން މިނިސްޓަރު ބައިވެރި ވާނެ

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުވަރީ މަހުގެ 19 ވާ ބުރާސްފަތި ދުވަހު. ދަ އިޒްރޭލީ އޮފިޝަލް އިން ހާމަ ކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ސާރް ބައިވެރި ވާނެ ކަމަށް. މިދިޔަ ހަފުތާާގެ ތެރޭގައި އިޒްރޭލް އިން ވަނީ ރަަސްމީކޮށް އެ ބޯޑުގައި ބައިވެރިވާން ނިންމާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 08:29
އިޒްރޭލްގެ ފޮރިން މިނިސްޓަރު ގިޑިއޮން ސާރް

އިޒްރޭލްގެ ފޮރިން މިނިސްޓަރު ގިޑިއޮން ސާރް | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ ބޯޑް އޮޕް ޕީސްގެ ފުރަތަމަ ބައްދަލުވުމުގައި އިޒްރޭލްގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ބައިވެރި ވާނެ ކަމަށް ހާމަ ކޮށްފި އެވެ. 

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުވަރީ މަހުގެ 19 ވާ ބުރާސްފަތި ދުވަހު އެވެ. ދަ އިޒްރޭލީ އޮފިޝަލް އިން ހާމަ ކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ސާރް ބައިވެރި ވާނެ ކަމަށެވެ. މިދިޔަ ހަފުތާާގެ ތެރޭގައި އިޒްރޭލް އިން ވަނީ ރަަސްމީކޮށް އެ ބޯޑުގައި ބައިވެރިވާން ނިންމައިފަ އެވެ. 

ރޮއިޓާސް އަށް މައުލޫމާތު ދެމުން އެމެރިކާގެ އޮފިޝަލުން މި ހަފުތާގެ ތެރޭގައި ބުނެފައި ވަނީ، ބޯޑު އޮފް ޕީސްގެ އެ ބައްދަލުވުމުގައި ޣައްޒާ އަލުން އާރާސްތު ކުރުމާއި ބިނާ ކުރުމަށް، ޓްރަމްޕް ގެންގުޅުއްވާ ބިލިއަން ޑޮލަރުގެ ޕްލޭން އިއުލާން ކުރައްވާނެ ކަމަށެވެ. އަދި އދ އިން ހުއްދަ ދީގެން ފަލަސްޠީނުގެ ސަރަހައްދަށް ފޮނުވާ ސްޓެބިލައިޒޭޝަން ފޯސް ތަމްސީލު ކުރާނެ ފަރާތްތައް ވެސް ހާމަ ކުރާނެ ކަމަށް ބުނެފައިވެ އެވެ. އެ ބައްދަލުވުން އޮންނާނީ އެމެރިކާގެ ވެރި ރަށް ވޮޝިންޓަންގަ އެވެ. 

އެ ބައްދަލުވުމުގައި އެކި އެކި ޤައުމު ތަކުގެ އިސްވެރިން ބައިވެރިވާނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ޖުމުލަ 20 ޤައުމެއްގެ ވަފުދުން އެ ބައްދަލުމުގައި ބައިވެރިވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. މި ބޯޑު އުފައްދަން ތާއީދު ކޮށްފައި ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރަކުން ކަމަށާއި، މިއީ ޣައްޒާ ހަނގުރާމަ ނިންމުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭންގެ ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

މި ބޯޑުގައި މެދު އިރުމަތީގެ ސަރަހައްދީ ބާރު ގަދަ ބައިވެރިންނާއި، ދުނިޔޭގެ ބާރު ގަދަ ޤައުމު ތަކުން ބައިވެރިވެފައިވާއިރު، ބައިނަލްއަޤުވާމީ ބާރު ތަކާއި، ހުޅަނގުގެ އެމެރިކާގެ ދާއިމީ އެކުވެރިން މިކަމުގައި ވަރަށް ސަމާލުކަމާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. ބައްދަލުވުމާ ގުޅޭ ގޮތުން އެމެރިކާ އިން ބުނެފައި ވަނީ، އެ ބައްދަލުވުމުގެ ސަމާލުކަން އޮންނާނީ ޣައްޒާ އަށް ކަމަށާއި، ދެ އަހަރުގެ ހަނގުރާމައިގައި ސުންނާފަތިވެފައިވާ އެ ސަރަހައްދު އާރާސްތު ކުރުމަަށް އިސްކަން ދޭނެ ކަމަށެވެ. 

ޓްރަމްޕްގެ ފަރާތުން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހަމާސް އާއި އިޒްރޭލް އިން ވެސް އެއްބަސްވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވަނީ ޤާއިމު ކޮށްފަ އެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ވެސް އިޒްރޭލް އިން ގެންދަނީ ޣައްޒާ ގައި ޤަތުލު އާންމު ހިންގަމުންނެވެ. 

ހަމާސް އާއި އިޒްރޭލް އިން ގެންދަނީ، ދެ ފަރާތުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގެ ތުހުމަތު ކުރަމުންނެވެ. ނަމަވެސް، ޓްރަމްޕްގެ ޕްލޭންގައި ހިމެނޭ ހަނގުރާމަ ހުއްޓާލުމުގެ ދެ ވަނަ މަރުޙަލާ އަށް ބާރު އަޅަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ފިޔަވަހީގައި ހިމެނެނީ އިޒްރޭލްގެ ސިފައިން ޣައްޒާ އިން އެއްކޮށް ފޭބުމާއި، ހަމާސް އިން އެ ޖަމާއަތުގެ ހަތިޔާރުތައް ބެހެއްޓުމެވެ. 

މަސްދަރު: ރޮއިޓާސް

ގިޑިއަން ސާރުއިޒްރޭލް-ފަލަސްޠީންޣައްޒާހަމާސްޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމަބޯޑް އޮފް ޕީސް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން ޗައިނާ އަށް ކުރާ ތެލުގެ އެކްސްޕޯޓު ހުއްޓުވުމަށް ޓްރަމްޕް އާއި ނަތަންޔާާހޫ އެއްބަސްވުމަކަށް

އީރާން އިން ޗައިނާ އަށް ކުރާ ތެލުގެ އެކްސްޕޯޓު ހުއްޓުވުމަށް ޓްރަމްޕް އާއި ނަތަންޔާާހޫ އެއްބަސްވުމަކަށް

15 ފެބުރުއަރީ 2026
47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

14 ފެބުރުއަރީ 2026
ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް

ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް

12 ފެބުރުއަރީ 2026
އިޒްރޭލް އިން، ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ ގުޅިއްޖެ

އިޒްރޭލް އިން، ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ ގުޅިއްޖެ

12 ފެބުރުއަރީ 2026
ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުނެފި

ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުނެފި

11 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު