Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ އަދި ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި

10 ފެބުރުއަރީ 2026 | އަންގާރަ 16:54

ހަނގުރާމަ ހުއްޓާލަން އެއްބަސްވި ފަހުން ޣައްޒާ އަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 580 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައި.

ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 16:54
2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވީ ހޯމަ ދުވަހު އިޒްރޭލުން ގާޒާ ސިޓީއަށް ދިން ހަމަލާތަކެއްގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖަނާޒާގެ ތެރެއިން.

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވީ ހޯމަ ދުވަހު އިޒްރޭލުން ގާޒާ ސިޓީއަށް ދިން ހަމަލާތަކެއްގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖަނާޒާގެ ތެރެއިން. | ރޮއިޓާސް

އިޒްރޭލުން ދިން ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި އަންގާރަ ދުވަހު ޣައްޒާގެ ފަސް ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފިއެވެ. މިއީ އެމެރިކާ މެދުވެރިވެގެން ގައްޒާގައި ގާއިމުކޮށްފައިވާ ހަތަރު މަސްވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބުރޫއަރާ ފަދަ ގޮތަކަށް ހިންގި އެންމެ ފަހުގެ ހަމަނުޖެހުންތަކެވެ.

މެޑިކަލް އޮފިޝަލުން ބުނި ގޮތުގައި ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލާހްގައި ދިން ވައިގެ ހަމަލާއެއްގައި، އިލެކްޓްރިކް ބައިސްކަލެއްގައި ދަތުރުކުރި ދެ މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެ ފަހުން، އިޒްރޭލުގެ ޑްރޯން ހަމަލާއެއްގައި ދީރުލް ބަލާހްއިން އަންހެނަކު ޝަހީދުކޮށްލާފައިވާއިރު، ދެކުނުގެ ޚާން ޔޫނިސްގައި އިޒްރޭލުގެ ސިފައިން ވަނީ ބަޑިޖަހައި ފިރިހެނަކު މަރާލާފަ އެވެ.

މީގެ އިތުރުން، ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާގައި އިޒްރޭލު ސިފައިން ބަޑިޖަހައި އިތުރު ފިރިހެނަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ މެޑިކަލް އޮފިޝަލުން ބުނެ އެވެ.

މި ހަމަނުޖެހުންތައް ހިނގާފައި މިވަނީ، ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހްގައި ބިންގަރާހަކުން ނުކުމެ އިޒްރޭލު ސިފައިންނަށް ބަޑީގެ ހަމަލާދިން ހަތަރު މުޖާހިދުން، އިޒްރޭލު ސިފައިން އިއްޔެ ޝަހީދުކޮށްލާފައި ވަނިކޮށެވެ.

އަންގާރަ ދުވަހު ޝަހީދުވި ފަސް މީހުންނާ ގުޅޭގޮތުން ސީދާ އެއްޗެއް ބުނުމެއް ނެތި، އިޒްރޭލުގެ  އަސްކަރިއްޔާއިން ބުނީ، ހޯމަ ދުވަހު ރަފަހްގައި ހިނގި ހާދިސާއާ ގުޅިގެން ހަމާސްގެ މުޖާހިދުންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ.

ޣައްޒާ ސިޓީގައި، ހޯމަ ދުވަހުގެ ރޭ އެ ސަރަހައްދުގެ އެޕާޓްމަންޓް އިމާރާތަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ތިން މީހެއްގެ ޖަނާޒާގައި އެތައް ބަޔަކު ބައިވެރިވެ، އިޒްރޭލާ ދެކޮޅަށް އަޑުއުފުލާފައިވެ އެވެ.

އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގާއިމުކުރި ފަހުން، އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 580 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ޣައްޒާގެ މުޖާހިދުން ދިން ހަމަލާތަކުގައި އެ ގައުމުގެ ހަތަރު ސިފައިން ވަނީ މަރުވެފަ އެވެ.

ޣައްޒާ ހަނގުރާމަ ފެށުނީ 2023 ވަނ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ދެކުނަށް ދިން ކުއްލި ހަމަލާއާ ގުޅިގެންނެވެ. އިޒްރޭލުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ ހަމަލާގައި 1,200 އަށްވުރެ ގިނަ މީހުން މަރުވި އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭގެ ފަހުން އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ވައިގެ އަދި އެއްގަމު ހަމަލާތަކުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

އިޒްރޭލް-ފަލަސްޠީންޣައްޒާހަމާސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2026

ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން

10 ފެބުރުއަރީ 2026
ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން
09 ފެބުރުއަރީ 2026

ހުޅަނގު އައްސޭރީގައި ބާރު ގަދަ ކުރަން އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތައް އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި

09 ފެބުރުއަރީ 2026
ހުޅަނގު އައްސޭރީގައި ބާރު ގަދަ ކުރަން އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތައް އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2026

އިޒްރޭލުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އިންތިޒާމު ފައިނަލްކޮށްފި

09 ފެބުރުއަރީ 2026
އިޒްރޭލުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އިންތިޒާމު ފައިނަލްކޮށްފި
09 ފެބުރުއަރީ 2026

ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ

09 ފެބުރުއަރީ 2026
ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ
07 ފެބުރުއަރީ 2026

ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި

07 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި
04 ފެބުރުއަރީ 2026

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ ގައި 20 މީހުން ޝަހީދު ވެއްޖެ

04 ފެބުރުއަރީ 2026
އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ ގައި 20 މީހުން ޝަހީދު ވެއްޖެ
03 ފެބުރުއަރީ 2026

ފަލަސްތީނުގެ ޤައުމީ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ ތާރީޚީ އިންތިޚާބު ނޮވެމްބަރު އެއް ވަނަ ދުވަހު ބާއްވަނީ

03 ފެބުރުއަރީ 2026
ފަލަސްތީނުގެ ޤައުމީ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ ތާރީޚީ އިންތިޚާބު ނޮވެމްބަރު އެއް ވަނަ ދުވަހު ބާއްވަނީ
02 ފެބުރުއަރީ 2026

ހުޅަނގު އައްސޭރީގައި އިޒްރޭލުން ގެންދަނީ "ހިމޭން ހަނގުރާމަ އެއް" ކުރަމުން: އަންރުވާ

02 ފެބުރުއަރީ 2026
ހުޅަނގު އައްސޭރީގައި އިޒްރޭލުން ގެންދަނީ "ހިމޭން ހަނގުރާމަ އެއް" ކުރަމުން: އަންރުވާ
31 ޖެނުއަރީ 2026

އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީ ކުޑަކުދިން ހިމެނޭ ހެން 31 މީހުން ޝަހީދު ކޮށްލައިފި

31 ޖެނުއަރީ 2026
އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީ ކުޑަކުދިން ހިމެނޭ ހެން 31 މީހުން ޝަހީދު ކޮށްލައިފި
31 ޖެނުއަރީ 2026

ދެކުނު އެފްރިކާ އިން އިޒްރޭލުގެ ސަފީރު ބޭރުކޮށްލައިފި

31 ޖެނުއަރީ 2026
ދެކުނު އެފްރިކާ އިން އިޒްރޭލުގެ ސަފީރު ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް