Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަމާސް

ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ

އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅަށް ކުރާ މަސައްކަތުގައި ހަތިޔާރު ނުބަހައްޓާނެ ކަމަށާއި، ފަލަސްތީނުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމަށް ފުރުސަތު ނުދޭނެ ކަމަށް ހަމާސްގެ އިސް ލީޑަރު ޚާލިދު މަޝާލް ވިދާޅުވި. ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކާގެ އިސްނެގުމަށް އުފައްދާފައިވާ "ބޯޑް އޮފް ޕީސް" އިން ހަމަހަމަ އުސޫލެއް ގެންގުޅުމަށް ގޮވާލައްވަމުން، މަޝާލް ވިދާޅުވީ ފަލަސްތީނުގެ މީހުންގެ މައްޗަށް ވެރިކަން ކުރަންވާނީ އެ ގައުމުގެ ރައްޔިތުން ކަމަށް.

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 07:05
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ، ހަމާސްގެ އަރުވާލެވިފައިވާ ލީޑަރު ޚާލިދު މަޝާލް، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލުކުރެއްވުމަށްފަހު، 15 ޑިސެމްބަރު 2009 ގައި ތެހެރާންގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަނީ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ، ހަމާސްގެ އަރުވާލެވިފައިވާ ލީޑަރު ޚާލިދު މަޝާލް، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލުކުރެއްވުމަށްފަހު، 15 ޑިސެމްބަރު 2009 ގައި ތެހެރާންގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަނީ. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލުން ބާރުއަޅަމުންދާ ގޮތަށް، ހަމާސްގެ ހަތިޔާރުތައް ނުބަހައްޓާނެ ކަމަށާއި އަދި ޣައްޒާގެ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަދެ ނުފޫޒު ފޯރުވުމަށް ފުރުސަތު ނުދޭނެ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ އިސް ލީޑަރަކު އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

ގަތަރުގެ ދޯހާގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ހަމާސްގެ ކުރީގެ ލީޑަރު ޚާލިދު މަޝާލް ވިދާޅުވީ، އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅަށް ކުރާ މަސައްކަތާއި، އެކަމަށް ބޭނުންކުރާ ހަތިޔާރާއި، އަދި އެ މަސައްކަތުގައި ބައިވެރިވާ މީހުންނަކީ ކުށްވެރިން ކަމުގައި ކަނޑައެޅުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މަޝާލް އިތުރަށް ވިދާޅުވީ، އިޒްރޭލުގެ އިސްތިއުމާރު ދެމިއޮތްހާ ހިނދަކު އެކަމާ ދެކޮޅަށް ތެދުވުމާއި ހަނގުރާމަކުރުން ދެމިއޮންނާނެ ކަމަށެވެ. އަދި އިސްތިއުމާރުގެ ދަށުގައިވާ ރައްޔިތުންނަށް އެމީހުންގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރުމަކީ ލިބިގެންވާ ހައްގެއް ކަމަށާއި، އެއީ ގައުމުތަކުން ފަހުރުވެރިވާންޖެހޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަނެގެން އުޅޭ އުޅުމާ ދެކޮޅަށް ހަމާސްއިން ދަނީ ހަނގުރާމަ ކުރަމުންނެވެ. މިގޮތުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން ޣައްޒާގެ ބޯޑަރު ހުރަސްކޮށް އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއާ ގުޅިގެން، މިހާރު ކުރިއަށްދާ ނުރައްކާތެރި ހަނގުރާމަ ވަނީ ފެށިފައެވެ.

އެމެރިކާ މެދުވެރިވެގެން ޣައްޒާގައި ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު އޮތީ ދެވަނަ މަރުހަލާގަ އެވެ. މި މަރުހަލާގައި ރޭވިފައިވަނީ ޣައްޒާގައި ހުރި ހަތިޔާރުތައް ނައްތާލުމަށާއި، ހަމާސްގެ ހަތިޔާރުތައް އަތުލުމުގެ އިތުރުން، އިޒްރޭލުގެ ސިފައިން  ޣައްޒާ އިން ފޭބުމަށެވެ.

ހަމާސް އިން ތަކުރާރުކޮށް ބުނަމުންދަނީ ހަތިޔާރު ބެހެއްޓުމަކީ އެއްވެސް ހާލެއްގައި ކުރާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ފަލަސްތީނުގައި އުފެދޭ ރަސްމީ ސަރުކާރަކާ ހަތިޔާރު ހަވާލުކުރުމާ މެދު ވިސްނާފާނެ ކަމުގެ އިޝާރާތެއް އެ ޖަމާއަތުން ކުރިން ދީފައިވެ އެވެ.

އިޒްރޭލުގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ގައްޒާގައި ހަމާސްގެ 20،000 އެއްހާ ހަނގުރާމަވެރިން އަދިވެސް އެބަތިއްބެވެ. އަދި އެމީހުންގެ އަތުގައި 60,000 އެއްހާ ކަލަޝްނިކޯވް ބަޑި ހުރި ކަމަށް އިޒްރޭލުން ބުނެ އެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި ފަލަސްތީނުގެ ފަންނީ މާހިރުންގެ ކޮމިޓީއެއް (ޓެކްނޮކްރެޓިކް ކޮމިޓީ) މިހާރު ވަނީ އެކުލަވާލާފަ އެވެ. ނަމަވެސް، ޣައްޒާގައި ހުރި ހަތިޔާރުތައް ނައްތާލުމުގެ މައްސަލައިގައި އެ ކޮމިޓީން އަމަލުކުރާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.

މި ކޮމިޓީ މަސައްކަތް ކުރަމުންދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އުފައްދާފައިވާ "ބޯޑް އޮފް ޕީސް" ނުވަތަ ސުލްހައިގެ ބޯޑުގެ ދަށުންނެވެ.

ޣައްޒާގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ ކަންކަން ބެލެހެއްޓުމަށާއި ހަނގުރާމަ އަށް ފަހު ޣައްޒާ އަލުން އާރާސްތުކުރުމަށް އުފެއްދި މި ބޯޑުގެ ދައުރު މިހާރު ވަނީ ފުޅާކޮށްފަ އެވެ. މިއާއެކު، މި ބޯޑަކީ އދ. އާ ވާދަކުރާނެ އިދާރާއަކަށް ވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ރައީސް ޓްރަމްޕް މި ބޯޑު އިފްތިތާހުކޮށްދެއްވީ މިދިޔަ މަހު ސްވިޒަލޭންޑުގެ ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގަ އެވެ. އެ ރަސްމިއްޔާތުގައި ދުނިޔޭގެ ވިއްސަކަށް ގައުމުގެ ލީޑަރުންނާއި އިސް އޮފިޝަލުން ވަނީ ބޯޑުގެ އަސާސީ ގަވާއިދުގައި ސޮއިކުރައްވާފަ އެވެ.

"ބޯޑް އޮފް ޕީސް" ގެ އިތުރުން، ޓްރަމްޕް ވަނީ "ޣައްޒާ އެގްޒެކެޓިވް ބޯޑު" ގެ ނަމުގައި އިތުރު ބޯޑެއްވެސް އުފައްދަވާފަ އެވެ. މިއީ ފަލަސްތީނުގެ ފަންނީ ކޮމިޓީއަށް ލަފާދޭ ބޯޑެކެވެ. މި ބޯޑުގައި އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނަރްގެ އިތުރުން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ފަދަ ބައިނަލްއަގުވާމީ ފަރާތްތައް ހިމެނެ އެވެ.

އާދީއްތަ ދުވަހު ވާހަކަދައްކަވަމުން މަޝާލް ވަނީ، ޣައްޒާ އަލުން އާރާސްތުކުރުމަށާއި އެތަނުގައި ދިރިއުޅޭ 2.2 މިލިއަން ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅުމަށް "ބޯޑް އޮފް ޕީސް" އަށް ގޮވާލައްވާފަ އެވެ. ހަމައެއާއެކު، ފަލަސްތީނުގެ ބިންތަކުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ވެރިކަމެއް ހިންގުމަށް ހަމާސް އިން ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

މަޝާލް ވިދާޅުވީ، ހަމާސް އިން ދެމިއޮންނާނީ ގައުމީ އަސާސްތަކުގެ މަތީގައި ކަމަށާއި، ބޭރުގެ ނުފޫޒާއި، ބޭރުގެ ފަރާތްތަކުން ކަންކަން ނިންމުމާއި، ނުވަތަ އެއްވެސް ސިފައެއްގައި ބޭރުގެ ބާރެއްގެ ދަށަށް ފަލަސްތީނު ދިއުމަށް ދެކޮޅު ހަދާ ކަމަށެވެ.

"ފަލަސްތީނުގެ މީހުންގެ މައްޗަށް ވެރިކަން ކުރަންވާނީ ފަލަސްތީނުގެ މީހުން. ޣައްޒާ އަކީ ޣައްޒާގެ ރައްޔިތުންނާއި ފަލަސްތީނުގެ ބިމެއް. ބޭރުގެ އެއްވެސް ފަރާތެއްގެ ވެރިކަމެއް އަހަރެމެން ބަލައެއް ނުގަންނާނަން،" މަޝާލް ވިދާޅުވި އެވެ.

ހަމާސްޚާލިދު މަޝްއަލްޣައްޒާއިޒްރޭލް-ފަލަސްޠީންރައީސް ޑޮނަލްޑް ޓްރަމްޕްބޯޑް އޮފް ޕީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް މައާފަށް ނޭދުނު، ވިދާޅުވީ އޮބާމާގެ މަންޒަރު ވީޑިއޯގައި ހިމަނާފައި ހުރި ކަމެއް ނޭނގޭ ކަމަށް

ޓްރަމްޕް މައާފަށް ނޭދުނު، ވިދާޅުވީ އޮބާމާގެ މަންޒަރު ވީޑިއޯގައި ހިމަނާފައި ހުރި ކަމެއް ނޭނގޭ ކަމަށް

09 ފެބުރުއަރީ 2026
އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ

އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ

08 ފެބުރުއަރީ 2026
އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

08 ފެބުރުއަރީ 2026
އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި

އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި

08 ފެބުރުއަރީ 2026
އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

07 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު