Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިޒްރޭލުން ޣައްޒާ ގައި ބޭނުންކުރި އިންތިހާ އަށް ނުރައްކާތެރި ހަތިޔާރުގެ ސަބަބުން ފަލަސްތީނުގެ 2،842 މީހުންގެ ހަށިގަނޑު އާތްވަށް ބަދަލުވެ ވީ ނުވީ އެއް ނޭނގުނު!

ޣައްޒާގައި ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ "ތާމޯބެރިކް" ހަތިޔާރު އިޒްރޭލުން ބޭނުންކުރުމުގެ ސަބަބުން، 2،800 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު އެއްކޮށް އަޅިއަށްވެ ވައިގެ ތެރެއަށް އާތްވަށް ވެގެން ގޮސްފައިވާކަން އަލްޖަޒީރާގެ ތަހުގީގަކުން ހާމަވެއްޖެ. އިންތިހާއަށް މަތީ ހޫނުމިން އުފައްދާ މި ބޮންތަކުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި ހުންނަ ދިޔާ މާއްދާތައް ކެކި، ސިކުންތުކޮޅެއްގެ ތެރޭގައި ޓިޝޫތައް އާތްވަށް ބަދަލުވާކަމަށް މާހިރުން ބުނެޭ. ސިވިލް ޑިފެންސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިފަދަ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ނުފެންނާތީ، އެމީހުން ދެނެގަންނަނީ އާއިލާގެ މެންބަރުންގެ އަދަދާއި ފެންނަން ހުރި ބައޮލޮޖިކަލް ނިޝާންތަކަށް ބަލައިގެން.

ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 18:06
އިޒްރޭލާއި ޣައްޒާ ގުޅޭ ބޯޑަރުގެ އިޒްރޭލު ފަޅިން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، 2023 ނޮވެމްބަރު 22 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ޣައްއްޒާ އަށް ދިން ވަރުގަދަ ހަމަލާއެއްގައި، ބާރުގަދަ އެއްޗެއް ގޮވައި އަލިފާން އަރަމުންދާ މަންޒަރު.

އިޒްރޭލާއި ޣައްޒާ ގުޅޭ ބޯޑަރުގެ އިޒްރޭލު ފަޅިން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، 2023 ނޮވެމްބަރު 22 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ޣައްއްޒާ އަށް ދިން ވަރުގަދަ ހަމަލާއެއްގައި، ބާރުގަދަ އެއްޗެއް ގޮވައި އަލިފާން އަރަމުންދާ މަންޒަރު. | ގެޓީ އިމޭޖަސް

ޣައްޒާގައި އިޒްރޭލުން ބޭނުންކުރި އިންތިހާ އަށް ނުރައްކާ ހަތިޔާރުތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ބަޔެއްގެ ހަށިގަނޑު އާތްވަށްވެ، ވައިގެ ތެރެއަށް އަރައިގެން ގޮސްފައިވާކަން އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އަލްޖަޒީރާ އެރަބިކްގެ ތަހުގީގީ ޕްރޮގްރާމެއް ކަމަށްވާ "ދަ ރެސްޓް އޮފް ދަ ސްޓޯރީ" އިން ހާމަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ފެށުނު ފަހުން، ޣައްޒާގެ ސިވިލް ޑިފެންސް ޓީމުތަކުން ވަނީ އެއްވެސް ނިޝާނެއް ނެތް ގޮތަށް "އާތްވަށް ވެގެން ގޮސްފައިވާ" 2،842 މީހުން ރެކޯޑުކޮށްފަ އެވެ. މި މީހުންގެ ހަށިގަނޑުން ބުރައިގެން ގޮސްފައިވާ ލޭގެ ތިކިތަކާއި މަސްކޮޅުކޮޅު ފިޔަވައި އެހެން އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

މާހިރުންނާއި މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މިކަން މިގޮތަށް ދިމާވަނީ، ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ "ތާމަލް" އަދި "ތާމޯބެރިކް" ހަތިޔާރު އިޒްރޭލުން ނިޒާމީ ގޮތެއްގައި ބޭނުންކުރުމުގެ ސަބަބުންނެވެ. "ވެކިއުމް" ނުވަތަ "އެއިރޯސޯލް" ބޮންތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ހަތިޔާރުތަކަކީ 3،500 ޑިގްރީ ސެލްސިއަސް (6،332 ޑިގްރީ ފެރަންހައިޓް) އަށް ވުރެ މަތީ ހޫނުމިނެއް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރުތަކެކެވެ.

ބިރުވެރި ހިސާބުތަކެއް

އާތްވަށް ވެގެން ގޮސްފައިވާ ކަމަށް ބެލެވޭ 2،842 މީހުންގެ އަދަދަކީ ހަމައެކަނި އަންދާޒާ ކުރެވޭ އަދަދެއް ނޫނެވެ. މިއީ ޣައްޒާގެ ސިވިލް ޑިފެންސްގެ ޓީމުތަކުން ވަރަށް ބޮޑަށް ބަލައި ކަށަވަރުކޮށްފައިވާ ހިސާބުތަކެކެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް އަލްޖަޒީރާ އަށް ކިޔައިދިން ގޮތުގައި، ހަމަލާދޭ ތަންތަނުގައި އެ ޓީމުތަކުން ބޭނުންކުރަނީ "މެތަޑް އޮފް އެލިމިނޭޝަން" ނުވަތަ ނައްތާލުން ކަށަވަރުކުރުމުގެ އުސޫލެވެ. ބަސަލް ވިދާޅުވީ، ހަމަލާ އަމާޒުވި ގެއަކަށް ވަދެ، އެ ގޭގައި އުޅޭ މީހުންގެ އަދަދާއި ފެނުނު ހަށިގަނޑުތަކުގެ އަދަދު އަޅާކިޔާ ކަމަށެވެ.

"އާއިލާއަކުން ބުނަނީ އެ ގޭގައި ފަސް މީހުން ތިބި ކަމަށް، ނަމަވެސް އަހަރެމެންނަށް ފެންނަނީ ތިން ހަށިގަނޑު ކަމަށްވާނަމަ، ބާކީ ތިބި ދެ މީހުންނަކީ 'އާތްވަށް ވެގެން ގޮސްފައިވާ' ބައެއްގެ ގޮތުގައި ބަލަނީ، ފާރުތަކަށް ބުރައިގެން ގޮސްފައިވާ ލެޔާއި ބޮލުގެ ނާށިގަނޑުގެ އެތިކޮޅުކޮޅު ފަދަ ބައޮލޮޖިކަލް ނިޝާންތައް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުފެނިއްޖެ ނަމަ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ފޮހެ ނައްތާލުމުގެ ކެމިސްޓްރީ

އިޒްރޭލުގެ ހަތިޔާރުތަކުގައި ހުންނަ ވަކި ހާއްސަ ކެމިކަލް މާއްދާތަކެއްގެ ސަބަބުން، އިންސާނާގެ ހަށިގަނޑު ސިކުންތުކޮޅެއްގެ ތެރޭގައި އަޅިއަށް ބަދަލުވެގެންދާ ގޮތް މި ތަހުގީގުގައި ތަފްސީލުކޮށްދީފައިވެ އެވެ.

ރަޝިޔާގެ އަސްކަރީ މާހިރެއް ކަމަށްވާ ވެސިލީ ފެޓިގަރޯވް ކިޔައިދިން ގޮތުގައި، ތާމޯބެރިކް ހަތިޔާރުތަކަކީ ހަމައެކަނި މީހުން މަރާލާ އެއްޗެއް ނޫނެވެ؛ އެއީ މާއްދާތައް މުޅިން ފޮހެލާ އެއްޗެކެވެ. އާދައިގެ ގޮވާތަކެއްޗާ ހިލާފަށް، މި ހަތިޔާރުތަކުން ފުރަތަމަ ފަތުރާލަނީ ތެލުގެ ވިލާގަނޑެކެވެ. އެއަށްފަހު އެ ވިލާގަނޑުގައި އަލިފާން ރޯވެ، ބޮޑު އަލިފާން ބޯޅައެއް އުފެދި، ވަށައިގެންވާ ވައި ދަމައިގަނެ "ވެކިއުމް" އެއް އުފައްދަ އެވެ.

ފެޓިގަރޯވް ވިދާޅުވީ، އަލިފާންގަނޑު އަނދާ ވަގުތު އިތުރުކުރުމަށްޓަކައި އެލުމިނިއަމް، މެގްނީޒިއަމް އަދި ޓައިޓޭނިއަމް ފުށް މި ކެމިކަލް މިކްސްޗަރަށް އިތުރުކުރާ ކަމަށެވެ. މީގެ ސަބަބުން ގޮވުމުގެ ހޫނުމިން 2،500 އާއި 3،000 ޑިގްރީ ސެލްސިއަސް (4،532 އާއި 5،432 ފެރަންހައިޓް) އާ ދެމެދުގެ މިންވަރަކަށް މަތިވެގެންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ތަހުގީގުން ހާމަވި ގޮތުގައި، މި ވަރުގަދަ ހޫނު އުފައްދަނީ އެމެރިކާގައި އުފައްދާ އެމް.ކޭ-84  ފަދަ ބޮންތަކުގައި ބޭނުންކުރާ "ޓްރައިޓޯނަލް" ކިޔާ މާއްދާއަކުންނެވެ. މިއީ ޓީ.އެން.ޓީ އާއި އެލުމިނިއަމް ފުށް އެއްކޮށްގެން އުފައްދާ އެއްޗެކެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުނީރު އަލް ބުރުޝް ވިދާޅުވީ، ގާތްގަނޑަކަށް 80 އިންސައްތަ ފެން އެކުލެވޭ އިންސާނާގެ ހަށިގަނޑަށް މިފަދަ ގަދަ ހޫނެއްގެ ސަބަބުން ކުރާ އަސަރު ވަރަށް ބޮޑު ކަމަށެވެ.

"ފެން ކެކެނީ 100 ޑިގްރީ ސެލްސިއަސްގައި. ނަމަވެސް 3،000 ޑިގްރީއަށް ވުރެ މަތީ ހަކަތައާއި، އިންތިހާ ޕްރެޝަރ އާއި އޮކްސިޑޭޝަން ހަށިގަނޑަށް އަމާޒުވުމުން، ހަށިގަނޑުގައި ހުންނަ ދިޔާ މާއްދާތައް ވަގުތުން ކެކިގަނޭ. ހަށިގަނޑުގެ ޓިޝޫތައް އާތްވަށް ބަދަލުވެ، އަޅިއަށް ބަދަލުވެގެންދޭ. މިއީ ކެމިކަލް ގޮތުން ބަލާއިރު ހިނގާނެ ކަމެއްކަން ކަށަވަރު،" ޑރ. މުނީރު ވިދާޅުވި އެވެ.

ބޮންތަކުގެ ތަފްސީލީ އޮނިގަނޑު

ޣައްޒާގައި މީހުންގެ ހަށިގަނޑު އަނދައި އަޅިއަށް ހަދާލި، އެއްވެސް ނިޝާނެއް ނެތި ގެއްލިގެން ދިއުމާ ގުޅުންހުރި، އެމެރިކާގައި އުފައްދާފައިވާ ބައެއް ބާވަތްތަކުގެ ނުރައްކާތެރި ހަތިޔާރުތައް މި ތަހުގީގުން ވަނީ ދެނެގަނެވިފަ އެވެ.

  • އެމް.ކޭ-84 ހެމަރ: މިއީ ގާތްގަނޑަކަށް 900 ކިލޯގްރާމް (2,000 ޕައުންޑް) ބަރުދަން ހުންނަ، އަމާޒަށް އަމިއްލައަށް ދިއުމުގެ ގާބިލުކަން ހުންނަ ބޮމެކެވެ. 'ޓްރައިޓޯނަލް' ގޮވާތަކެތިން ފުރާފައިވާ މި ބޮން ގޮވުމުން 3,500 ޑިގްރީ ސެލްސިއަސްއާ ހަމައަށް ހޫނުމިން އުފައްދަ އެވެ.
  • ބީ.އެލް.ޔޫ-109 ބަންކާ ބަސްޓަރ: މި ބޮން ބޭނުންކޮށްފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އިޒްރޭލުން "ރައްކާތެރި ސަރަހައްދެއް" ކަމަށް ކަނޑައަޅައި، މަޖުބޫރުން ފޮނުވާލާފައިވާ ފަލަސްތީނުގެ ރައްޔިތުން ވަދެތިބި އަލް-މަވާސީއަށް ދިން ހަމަލާގަ އެވެ. މި ހަމަލާގައި 22 މީހަކު ވަނީ އަނދައި އަޅިއަށްވެ، އެއްކޮށް ނެތިގޮސްފަ އެވެ. ވަރުގަދަ ދަގަނޑު ކަވަރެއް ލާފައިވާ މި ބޮން، ގޮވުމުގެ ކުރިން ބިމުގެ އަޑިއަށް ވަދެ ވަޅުލެވިގެންދެއެވެ. މީގެ ސަބަބުން ބަންދުވެފައިވާ ތަންތަނުގެ ތެރޭގައި ބޮޑު އަލިފާންގަނޑެއް އުފެދި، އޭގެ ރޭޑިއަސްގައި ހުންނަ ހުރިހާ އެއްޗެއް އަނދައި ހުލިވެގެންދެ އެވެ.
  • ޖީ.ބީ.ޔޫ-39: މިއީ ވަކި އަމާޒަކަށް ފޮނުވާލެވޭ 'ޕްރެސިޝަން ގްލައިޑް' ބޮމެކެވެ. އަލް-ތާބިއީން ސްކޫލަށް ދިން ހަމަލާގައި ބޭނުންކުރީ މި ބޮމެވެ. މިއީ އިމާރާތުގެ އޮނިގަނޑަށް ބޮޑު ގެއްލުމެއް ނުދީ، އޭގެ އެތެރޭގައިވާ ހުރިހާ އެއްޗެއް ނައްތާލުމަށް ފަރުމާކޮށްފައިވާ ހަތިޔާރެކެވެ. މި ބޮން ގޮވުމުން އުފެދޭ ބާރުގަދަ ޕްރެޝަރުގެ ސަބަބުން އިންސާނާގެ ފުއްޕާމޭ ފަޅައިގެން ގޮސް، އުފެދޭ ގަދަ ހޫނުގެ ސަބަބުން ހަށިގަނޑުގެ މަސްތައް އަނދައިގެންދެ އެވެ. ސިވިލް ޑިފެންސްގެ ބާސިލް ވަނީ މީހުން ގެއްލިފައިވާ ސަރަހައްދުތަކުން މި ބޮމުގެ ފިޔަގަނޑުގެ ބައިތައް ފެނިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

މިއީ ހަމައެކަނި އިޒްރޭލުން ހިންގާ ގަތުލުއާންމެއް ނޫން، މުޅި ދުނިޔެ ބައިވެރިވާ ޖަރީމާއެއް

ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، އާންމުންނާއި ހަނގުރާމަވެރިން ވަކިކުރުމެއްނެތް މިފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމުގެ ޒިންމާ ހަމައެކަނި އުފުލަން ޖެހޭނީ އިޒްރޭލުން އެކަންޏެއް ނޫނެވެ. މީގައި އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދޭ ހުޅަނގުގެ ގައުމުތައް ވެސް ބައިވެރިވެ އެވެ.

ކިއުޓާގެ ޖޯޖްޓައުން ޔުނިވަރސިޓީގެ ލެކްޗަރަރ އަދި ގާނޫނީ ވަކީލު ޑައާނާ ބުއްޓޫ ވިދާޅުވީ، "މިއީ ހަމައެކަނި އިޒްރޭލުން ހިންގާ ގަތުލުއާންމެއް ނޫން، މިއީ މުޅި ދުނިޔޭގެ ބައިވެރިވުން އޮތް ގަތުލުއާންމެއް" ކަމަށެވެ.

ދޯހާގައި ބޭއްވި އަލްޖަޒީރާ ފޯރަމްގައި ވާހަކަ ދައްކަވަމުން ބުއްޓޫ ވިދާޅުވީ، އެމެރިކާ އާއި ޔޫރަޕުން މެދުނުކެނޑި ހަތިޔާރު ފޯރުކޮށްދިނުމަކީ މި ޖަރީމާގައި ބައިވެރިވާކަމުގެ ސާފު ހެއްކެއް ކަމަށެވެ. "މި ހަތިޔާރުތަކަކީ ހަނގުރާމަވެރިއަކާއި ކުޑަކުއްޖަކު ވަކިކުރަން ނޭނގޭ ހަތިޔާރުތަކެއްކަން އެނގި ތިބެ، އެ ގައުމުތަކުން މެދުނުކެނޑި އެތަކެތި ފޯރުކޮށްދެމުންދޭ،" އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، އާންމުންނާއި ހަނގުރާމަވެރިން ވަކިކުރަން ނޭނގޭ ފަދަ ހަތިޔާރު ބޭނުންކުރުމަކީ ހަނގުރާމައިގެ ކުށެކެވެ. ބުއްޓޫ އިތުރަށް ވިދާޅުވީ، އިޒްރޭލުން މިފަދަ މަނާ ހަތިޔާރުތައް ގެންގުޅެ، ބޭނުންކުރަމުންދާކަން މުޅި ދުނިޔެއަށް އެނގޭއިރު، އެ ގައުމު ޖަވާބުދާރީ ކުރުވުމުގެ ނިޒާމުން ބޭރުގައި އޮންނަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

ބައިނަލްއަގުވާމީ އަދުލުއިންސާފުގެ ނިޒާމު އިނދަޖެހުން

ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓުން (އައިސީޖޭ) 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އިޒްރޭލުގެ މައްޗަށް ވަގުތީ އަމުރެއް ނެރުނެވެ. އަދި 2024 ނޮވެމްބަރު މަހު ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރުނު ނަމަވެސް، ފަލަސްތީނުގެ ރައްޔިތުން މެރުމުގެ އަމަލުތައް ދިޔައީ އިތުރަށް ވަރުގަދަވަމުންނެވެ.

ބައިނަލްއަގުވާމީ ގާނޫނީ މާހިރު، ޕްރޮފެސަރު ތާރިގު ޝަންދަބް ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ އަދުލުއިންސާފުގެ ނިޒާމު ވަނީ "ޣައްޒާގެ އިމްތިހާނުން ފޭލްވެފަ އެވެ."

"އޮކްޓޯބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް، 600 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައި،" ޝަންދަބް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހިސޯރުކުރުމާއި، ބަނޑަށް ޖެއްސުމާއި، އަދި ވައިގެ ހަމަލާތައް މެދުވެރިކޮށް ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. "ބޭހާއި ކާބޯތަކެތި ހުއްޓުވައި ހިސޯރުކުރުމަކީ، އޭގެ އަމިއްލަ ޒާތުގައި އިންސާނިއްޔަތާ ހިލާފު ބޮޑު ޖަރީމާއެއް."

އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ބޭނުންކުރާ "ވީޓޯ" ކުރުމުގެ ބާރުގެ ސަބަބުން، އިޒްރޭލަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވުމުގެ ފުރުސަތު ލިބިފައިވާކަން ޝަންދަބް ފާހަގަކުރެއްވި އެވެ. ނަމަވެސް، ސިޔާސީ މަގްސަދެއް އޮތް ނަމަ، ޖަރުމަނާއި ފަރަންސޭސިވިލާތް ފަދަ ގައުމުތަކުގެ ކޯޓުތައް މެދުވެރިކޮށް އިންސާފު ހޯދުމުގެ މަގެއް ފެނިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުރައިޖް ރެފިއުޖީ ކޭމްޕުގައި ދިން ހަމަލާތަކުގައި ހަތަރު ދަރިން ގެއްލުނު ރަފީގް ބަދްރާނަށް، މި ދެންނެވި ގާނޫނީ ލަފުޒުތަކުން ކުރާނެ އެއްވެސް އަސަރެއް ނެތެވެ. އޭނާ އަށް ވަޅުލުމަށްޓަކައި ހޯދުނީ އޭނާގެ ދަރިންގެ ހަށިގަނޑުން ފެނުނު ކުޑަ މިންވަރެކެވެ.

"އަހަރެންގެ ހަތަރު ދަރިން ދިޔައީ އާތްވަށް ވެގެން ކަހަލަ ގޮތަކަށް،" ކަރުނުން ފުރިގެންވާ ހާލުގައި ބަދްރާން ބުންޏެވެ. "އަހަރެން އެކުދިން މިލިއަން ފަހަރު ހޯދައިފިން. އެއްވެސް އެތިކޮޅެއް ބާކީއެއް ނުވޭ. އެކުދިން ދިޔައީ ކޮންތާކަށް؟"

މަސްދަރު: އަލް ޖަޒީރާ

ޣައްޒާއިޒްރޭލް-ފަލަސްޠީންއަލް ޖަޒީރާތާމޯބެރިކް ހަތިޔާރުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ އަދި ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ އަދި ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި

10 ފެބުރުއަރީ 2026
ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން

ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން

10 ފެބުރުއަރީ 2026
ހުޅަނގު އައްސޭރީގައި ބާރު ގަދަ ކުރަން އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތައް އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި

ހުޅަނގު އައްސޭރީގައި ބާރު ގަދަ ކުރަން އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތައް އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި

09 ފެބުރުއަރީ 2026
އިޒްރޭލުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އިންތިޒާމު ފައިނަލްކޮށްފި

އިޒްރޭލުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އިންތިޒާމު ފައިނަލްކޮށްފި

09 ފެބުރުއަރީ 2026
ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ

ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ

09 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު