Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބޯޑް އޮފް ޕީސް

ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ގައި ބައިވެރިނުވާން ޕޮލެންޑާއި އިޓަލީން ނިންމީ އެ މަޖިލީހުގެ އުސޫލުތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން.

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 15:14
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް.

ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް. | އޭޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ނުވަތަ ސުލްހައިގެ މަޖިލީހުގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުދަ ދުވަހު ހާމަކޮށްފި އެވެ. މިއާއެކު، ވޮޝިންޓަނުގެ ގާތް އެކުވެރި ގައުމުތަކުގެ ތެރޭގައި ބެލެވުނު މި މަޖިލީހާ ދުރުގައި ތިބި ގައުމުތަކުގެ ލިސްޓަށް މި ދެ ގައުމު މިވަނީ އިތުރުވެފަ އެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ފެށި މި މަސައްކަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާނެ މަޖިލީހެއް ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް ބައެއް ގައުމުތަކުން ކަންބޮޑުވަނީ، މި މަޖިލީހަކީ އދ. އާ ވާދަކުރާނެ އިދާރާއަކަށް ވެދާނެތީ އެވެ.

މީގެ އިތުރުން، ރަޝިޔާ އާއި ބެލަރޫސް މި މަޖިލީހުގައި ބައިވެރިވުމަށް ދައުވަތު ދީފައިވުމަކީ ވެސް ހުޅަނގުގެ ގިނަ ގައުމުތަކުން މިކަމުގައި ތަފާތު ގޮތަކަށް ދެކެމުންދާ ސަބަބެކެވެ.

ސަރުކާރުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ވިދާޅުވީ، މި މަޖިލިސް އެކުލަވާލާފައިވާ ގޮތާމެދު ގައުމީ ފެންވަރުގައި ބައެއް ޝައްކުތައް ހުރުމާއެކު، މި ހާލަތުގައި ޕޮލެންޑުން "ބޯޑް އޮފް ޕީސް" ގައި ބައިވެރިނުވާނެ ކަމަށެވެ. ނަމަވެސް އެ މަޖިލީހުގެ މަސައްކަތްތައް ދިރާސާކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓުސްކް އިތުރަށް ވިދާޅުވީ، އެމެރިކާއާއެކު އޮންނަ ގުޅުމަކީ އަބަދުވެސް ޕޮލެންޑުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، އެހެންކަމުން މި މަޖިލީހުގައި ބައިވެރިވެވޭނެ ފަދަ ގޮތަކަށް ހާލަތު ބަދަލުވެއްޖެނަމަ، އެ ފުރުސަތު ބަންދުނުކުރައްވާނެ ކަމަށެވެ.

ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމުގައި، ޓުސްކް އޭނާގެ ސިޔާސީ ވާދަވެރިޔާ، ރައީސް ކަރޯލް ނަވްރޮކީއާ ބައްދަލުކުރެއްވުމަށް އޮތީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގެ އެޖެންޑާގައި "ބޯޑް އޮފް ޕީސް" އާ ގުޅޭ މަޝްވަރާތައް ހިމެނެ އެވެ.

މީގެ އިތުރުން، އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ ވެސް ބުދަ ދުވަހު ވަނީ އެ ގައުމުން މި އެއްބަސްވުމުގައި ސޮއިނުކުރާނެކަން ކަށަވަރުކޮށްދެއްވާފައެވެ.

ސްކައި ޓީޖީ24 ނިއުސް ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ޓަޖާނީ ވިދާޅުވީ، އިޓަލީގެ ގާނޫނުއަސާސީ ހުރަސްއަޅާ ބޮޑެތި ކަންތައްތަކެއް ހުރުމުގެ ސަބަބުން "ބޯޑް އޮފް ޕީސް" ގައި ބައިވެރިވެވެން ނެތް ކަމަށެވެ.

ނަމަވެސް، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި އެހީތެރިކަން ބޭނުންވާނަމަ، އެކަމަށް އިޓަލީ އޮތީ ތައްޔާރަށް ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އިޓަލީގެ ގާނޫނުއަސާސީ ބުނާގޮތުން، އެ ގައުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅެވޭނީ އެހެން ގައުމުތަކާ ހަމަހަމަ އުސޫލަކުންނެވެ. ނަމަވެސް "ބޯޑް އޮފް ޕީސް" ގެ މިހާރުގެ ގަވާއިދުތައް އޮތްގޮތުން ޓްރަމްޕަށް ބޮޑެތި ބާރުތަކެއް ލިބިދޭތީ، އެއީ ހަމަހަމަ އުސޫލެއް ނޫން ކަމަށް ރޯމްއިން ގަބޫލުކުރެ އެވެ.

ޓްރަމްޕާ ގާތް ގުޅުމެއް ބާއްވަވާ އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ ވިދާޅުވީ، އިޓަލީއަށް މި މަޖިލީހުގައި ބައިވެރިވެވޭނެ މަގު ފަހިކުރުމަށްޓަކައި، "ބޯޑް އޮފް ޕީސް" ގެ އުސޫލުތަކަށް ބަދަލު ގެނައުމަށް މިދިޔަ މަހު ޓްރަމްޕްގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްބޯޑް އޮފް ޕީސްޕޮލެންޑުއިޓަލީޑޮނަލްޑް ޓުސްކްޖިއޯޖިއާ މެލޯނީޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނަތަންޔާހޫ ކުއްލި ގޮތަކަށް އެމެރިކާ އަށް މި ވަޑައިގަތީ ކޮން ކަމަކު؟

ނަތަންޔާހޫ ކުއްލި ގޮތަކަށް އެމެރިކާ އަށް މި ވަޑައިގަތީ ކޮން ކަމަކު؟

11 ފެބުރުއަރީ 2026
ޓްރަމްޕް: މެދުއިރުމައްޗަށް ދެވަނަ އެއަރކްރާފްޓް ކެރިއަރެއް ފޮނުވުން މިދަނީ ވިސްނަމުން

ޓްރަމްޕް: މެދުއިރުމައްޗަށް ދެވަނަ އެއަރކްރާފްޓް ކެރިއަރެއް ފޮނުވުން މިދަނީ ވިސްނަމުން

11 ފެބުރުއަރީ 2026
ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް

ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް

11 ފެބުރުއަރީ 2026
އިޒްރޭލުން ޣައްޒާ ގައި ބޭނުންކުރި އިންތިހާ އަށް ނުރައްކާތެރި ހަތިޔާރުގެ ސަބަބުން ފަލަސްތީނުގެ 2،842 މީހުންގެ ހަށިގަނޑު އާތްވަށް ބަދަލުވެ ވީ ނުވީ އެއް ނޭނގުނު!

އިޒްރޭލުން ޣައްޒާ ގައި ބޭނުންކުރި އިންތިހާ އަށް ނުރައްކާތެރި ހަތިޔާރުގެ ސަބަބުން ފަލަސްތީނުގެ 2،842 މީހުންގެ ހަށިގަނޑު އާތްވަށް ބަދަލުވެ ވީ ނުވީ އެއް ނޭނގުނު!

10 ފެބުރުއަރީ 2026
އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ އަދި ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ އަދި ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު