Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

ނޯތު ކެރޮލައިނާގެ ފޯޓް ބްރެގް އަަސްކަރީ މަރުކަޒުގައި ހުންނަވައި ޓްރަމްޕް ވަނީ އެ ވާހަކަ ދައްކަވާފައި. އެގޮތުން އީރާންގެ ވެރިކަން ބަދަލު ކުރަން ބޭނުންފުޅުވޭތޯ ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެއީ އީރާން އަށް ވެދާނެ އެންމެ ރަނގަޅު ގޮތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ފެބުރުއަރީ 2026 | ހޮނިހިރު 05:35
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާންގައި މިހާރު އޮތް ވެރިކަން ބަދަލުވުމަކީ، އެ ޤައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް މިހެން ވިދާޅުވީ، މެދު އިރުމައްޗަށް އެމެރިކާގެ ދެ ވަނަ މަތިންދާ ބޯޓު އުފުލާ މަނަވަރު ފޮނުވުމަށް އަމުރު ކުރެއްވުމަށް ފަހު އެވެ. ޓްރަމްޕްގެ އަމަލުތަކުގެ ސަބަބުން، މެދު އިރުމަތީގެ މަސްރަހު ހޫނުވެ، އެމެރިކާ އާއި، އީރާންއާ ދެމެދު ވަނީ ނުތަނަވަސްކަން ބޮޑުވެފަ އެވެ. 

ނޯތު ކެރޮލައިނާގެ ފޯޓް ބްރެގް އަަސްކަރީ މަރުކަޒުގައި ހުންނަވައި ޓްރަމްޕް ވަނީ އެ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އީރާންގެ ވެރިކަން ބަދަލު ކުރަން ބޭނުންފުޅުވޭތޯ ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެއީ އީރާން އަށް ވެދާނެ އެންމެ ރަނގަޅު ގޮތް ކަމަށެވެ. 

އެއާ އެކު ޓްރަމްޕް ވިދާޅުވީ، ވޭތުވެ ދިޔަ 47 އަހަރު ވަންދެން އީރާން އިން ދެއްކީ ހަމައެކަނި ވާހަކަ ކަމަށެވެ. އެ ވާހަކަތައް ދެއްކުމުގެ ތެރޭގައި އެތައް ބައެއް ފުރާނަ ގެއްލިގެން ދިޔަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވީ އީރާން އިން ދައްކަނީ ވާހަކަ ކަމަށާއި، އޭގެ ސަބަބުން އެމެރިކާ އަށް ގެއްލުން ވަމުން އަންނަ ކަަމަށެވެ. 

އީރާންގައި މިހާރު އޮތް ވެރިކަން ބަދަލުވެ، ދެން ވެރިކަމާ ހަވާލުވާން ބޭނުން ވަނީ ކޮން ބައެއްތޯ ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް، އެކަން ކުރެވޭނެ ފެންވަރުގެ ޤާބިލު މީހުން ތިބި ކަމަށް ޓްރަމްޕް އިޝާރާތް ކުރެއްވި އެވެ. 

މީގެ އިތުރުން، އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް އަދި ޔުރޭނިއަމް މުއްސަނދި ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއްވެސް މިންވަރަަކަށް އީރާން އިން ޔުރޭނިއަމް މުއްސަނދި ކުރަން އެމެރިކާ އިން ބޭނުން ނުވާ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، ނިއުކްލިއަރ މައްސަލައިގައި އީރާން އާއި އެމެރިކާއާ ދެމެދު ވަނީ މަޝްވަރާ ކުރުންތައް ފެށިފަ އެވެ. 

އެ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، އެމެރިކާ އިން އީރާން އަށް ދޭ އަސްކަރީ އިންޒާރުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ޓްރަމްޕް ވަނީ، އެމެރިކާގެ ދެ ވަނަ އެއަރ ކްރާފްޓް ކެރިއަރ ގުރޫޕެއް ވަރަށް އަވަހަށް މެދު އިރު މައްޗަށް ދަތުރު ކުރަން ފަށާނެ ކަމަށް ވެސް އިއުލާން ކުރައްވައިފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާންއެމެރިކާއީރާން-އެމެރިކާއީރާން ނިއުކްލިއަރ ޕްރޮގްރާމްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާނުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2026

ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

13 ފެބުރުއަރީ 2026
ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި
13 ފެބުރުއަރީ 2026

އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ

13 ފެބުރުއަރީ 2026
އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ
12 ފެބުރުއަރީ 2026

ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް

12 ފެބުރުއަރީ 2026
ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް
12 ފެބުރުއަރީ 2026

އީރާން އާއި އެމެރިކާ އިން ގެންދަނީ ނިއުކްލިއާ އެއްބަސްވުމަށް ދޫ ދެމުން ކަމަށް ތުރުކީ އިން ބުނެފި

12 ފެބުރުއަރީ 2026
އީރާން އާއި އެމެރިކާ އިން ގެންދަނީ ނިއުކްލިއާ އެއްބަސްވުމަށް ދޫ ދެމުން ކަމަށް ތުރުކީ އިން ބުނެފި
11 ފެބުރުއަރީ 2026

ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

11 ފެބުރުއަރީ 2026
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު