Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ

އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމަށް އަމާޒުކޮށް ފިއްތުންތައް އިތުރުކުރުމުގެ ގޮތުން، މެދުއިރުމައްޗަށް ދެވަނަ އެއާކްރާފްޓް ކެރިއަރެއް ފޮނުވުމަށް އެމެރިކާއިން ވަނީ ނިންމާފައި. މަޝްވަރާގެ މަތިން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރައީސް ޓްރަމްޕް ވަނީ ތަކުރާރުކުރައްވާފައި. ނަމަވެސް އީރާނުން ބުނަމުންދަނީ އެ ގައުމުގެ ދިފާއީ މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް ދޫދިނުމެއް ނުއަޮންނާނެ ކަމަށް.

ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 09:31
އަރަބި ކަނޑުގައި އޮތް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހުންނަވައިގެން، މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް، އިޝާރާތް ކުރައްވަނީ ފެބްރުއަރީ 7، 2026.

އަރަބި ކަނޑުގައި އޮތް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހުންނަވައިގެން، މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް، އިޝާރާތް ކުރައްވަނީ ފެބްރުއަރީ 7، 2026. | ރޮއިޓާސް

އީރާނާއެކު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ޚާރިޖީ ގޮތުން މަސައްކަތްތަކެއް ކުރެވެމުންދިޔަ ނަމަވެސް، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފި އެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމުގައި، އެއްވެސް އިތުރު ކޮމެންޓަކާ ނުލައި ހިއްސާކުރައްވާފައިވަނީ "މެދުއިރުމަތީގައި ހަރަކާތްތެރިވުމަށް ދެވަނަ އެއާކްރާފްޓް ކެރިއަރެއް ފޮނުވުމަށް ޕެންޓަގަނުން ތައްޔާރުވަނީ" މި ސުރުޚީގެ ދަށުން ވޯލްސްޓްރީޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުގައި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ، މިހާރުވެސް އެ ސަރަހައްދުގައި އޮތް "ޔޫއެސްއެސް އަބްރަހަމް ލިންކަން" އާ ގުޅުމަށްޓަކައި، އެއާކްރާފްޓް ކެރިއަރު ސްޓްރައިކް ގްރޫޕެއް ތައްޔާރުވުމަށް ޕެންޓަގަނުން އަސްކަރިއްޔާ އަށް އަމުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު އެއާކްރާފްޓް ކެރިއަރު ކެރީބިއަން ކަނޑުން ފުރައިގެން މެދުއިރުމަތީގެ ސަރަހައްދަށް ދިއުމަށް އަމުރުކޮށްފައިވާކަން، މި ރޭވުންތަކުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުރާސްފަތި ދުވަހު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނިއުސް އެޖެންސީ އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ނިއުޔޯކް ޓައިމްސްއިން އެންމެ ފުރަތަމަ ރިޕޯޓްކުރި މި ނިންމުމާއެކު، "ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް" އާއި އޭގެ އަސްކަރީ މަނަވަރުތައް އެ ސަރަހައްދަށް ދިއުމުން، މެދުއިރުމަތީގައި އެމެރިކާގެ ދެ އެއާކްރާފްޓް ކެރިއަރާއި އެއާ ގުޅޭ ހަނގުރާމަމަތީ މަނަވަރުތައް ހަރަކާތްތެރިވާނެ އެވެ. މިއީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް ޓްރަމްޕް އީރާނަށް ފިއްތުންތައް އިތުރުކުރުމުގެ ބައެކެވެ. މި މައުލޫމާތު ހިއްސާކުރި ފަރާތުން ވާހަކަދައްކާފައި ވަނީ އަސްކަރީ ހަރަކާތްތަކުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން ނަން ހާމަނުކުރުމަށް ޝަރުތުކޮށްފަ އެވެ.

"ޔޫއެސްއެސް އަބްރަހަމް ލިންކަން" އެއާކްރާފްޓް ކެރިއަރާއި މިސައިލް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ތިން ޑިސްޓްރޯޔަރު މަނަވަރު މެދުއިރުމައްޗަށް ގޮސްފައިވަނީ މީގެ ދެ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ކުރިންނެވެ.

މި ޚަބަރުތައް ފެންމަތިވެފައިވަނީ، އީރާނާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުމަށް ބާރުއަޅުއްވަމުންދާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވައިޓް ހައުސްގައި ޓްރަމްޕް ބައްދަލުކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. އެ ބައްދަލުވުމުގައި ވެސް ޓްރަމްޕް ވަނީ އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އިސްކަންދެއްވާކަން އަލުން ހާމަކުރައްވާފަ އެވެ.

ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށްފަހު ޓްރަމްޕް ލިޔުއްވާފައި ވަނީ، އީރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެތޯ ބެލުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބާރުއެޅުން ފިޔަވައި، އެހެން އެއްވެސް ވަކި ގޮތެއް ނިންމާފައިނުވާނެ ކަމަށެވެ. އަދި އެއްބަސްވުމަކަށް އާދެވިއްޖެނަމަ އެއީ އެންމެ ބޭނުންތެރި ގޮތް ކަމަށް ބޮޑުވަޒީރަށް ދަންނަވާފައިވާނެ ކަމަށާއި، އެކަން ނުވެއްޖެނަމަ ދެން ވާނެ ގޮތެއް ބަލަން ޖެހޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

މިދިޔަ އަހަރަށް ފަހު އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވުނު ނުސީދާ މަޝްވަރާތަކުގެ ފުރަތަމަ ބުރު މިދިޔަ ހަފުތާގައި އޮމާންގައި ވަނީ ބާއްވާފަ އެވެ. ވޮޝިންޓަނާއި ތެހެރާނުންވެސް މަޝްވަރާގެ މަގު އިޚްތިޔާރުކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް، އިތުރު މަޝްވަރާއެއް ބާއްވާނެ ތާރީޚެއް އަދި އާންމުކޮށްފައެއް ނުވެ އެވެ.

މިހާރު ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތައް ހަލާކުކޮށްލުމަށް ނަތަންޔާހޫ އަށް ފުރުސަތު ނުދިނުމަށް ތެހެރާނުން ވަނީ ވޮޝިންޓަނަށް އިންޒާރުދީފަ އެވެ.

އީރާނުގެ ސެކިއުރިޓީ ޗީފް އަލީ ލަރީޖާނީ ބުދަ ދުވަހު އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އީރާނުގެ މަޝްވަރާތައް ކުރިއަށްދަނީ ހަމައެކަނި އެމެރިކާ އާ އެކު ކަމަށާއި، އިޒްރޭލާއެކު އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. ނަމަވެސް، އިޒްރޭލުން މި ކަމުގެ ތެރެއަށް ވަދެގަނެގެން އުޅެނީ މި މަޝްވަރާތައް ހުއްޓުވައި ފެއިލްކޮށްލުމުގެ ނިޔަތުގައި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޓްރަމްޕް ވަނީ، އީރާނާއެކު މަޝްވަރާ ނުކުރުމަށް ނަތަންޔާހޫ ބާރުއަޅަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފަ އެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭނާ ބޭނުފުޅުވާހާ ހިނދަކު އީރާނާ އެކު ވާހަކަދައްކަވާނެ ކަމަށާއި، އެއްބަސްވުމަކަށް އާދެވޭތޯ ބައްލަވާނެ ކަމަށެވެ.

އަންނަ މަހު އީރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ލަފާކުރައްވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، ތެހެރާނުން "އަވަހަށް" އެއްބަސްވުމަކަށް އަންނަން ޖެހޭނެ ކަމަށެވެ. ޓްރަމްޕް ބޭނުންވަނީ އީރާނުގެ އަތުގައި "ނިއުކްލިއާ ހަތިޔާރު" އަދި "މިސައިލް" ނުހުންނާނެކަން ކަށަވަރުކުރެވޭ ފަދަ އެއްބަސްވުމެކެވެ.

ނަމަވެސް، ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރާ އީރާނުން ބުނެފައިވަނީ، އެ ގައުމުގެ މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް ދޫދިނުމެއް ނުއޮންނާނެ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ މިދިޔަ ހަފުތާގައި އަލްޖަޒީރާ އަށް ވިދާޅުވީ، މިސައިލް ޕްރޮގްރާމަކީ ގައުމުގެ ދިފާއީ ކަމެއް ކަމަށާއި، އެއީ "ދުވަހަކުވެސް މަޝްވަރާކުރެވޭނެ" ކަމެއް ނޫން ކަމަށެވެ.

މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އީރާނަށް އަލުން ހަމަލާދީފާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލުން އީރާނަށް ދިން އަސްކަރީ ހަމަލާތަކުގައި އެ ގައުމުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާއި، ނިއުކްލިއާ ސައިންސްވެރިންގެ އިތުރުން ސަތޭކައަށްވުރެ ގިނަ އާންމުން ވަނީ މަރުވެފަ އެވެ.

އީރާނުން އެކަމަށް ރައްދުދިނީ އިޒްރޭލަށް އެތައް ސަތޭކަ މިސައިލެއް ފޮނުވާލައިގެންނެވެ. އޭގެ ތެރެއިން އެތައް މިސައިލެއް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމު ފޫއަޅުވާލައި އަމާޒަށް ވާސިލުވި އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމުގެ ކުރިން، އެމެރިކާއިން ވެސް ވަނީ އިޒްރޭލާ ގުޅިގެން އީރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް ބޮން އަޅާފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްއީރާން-އިޒްރޭލްއީރާން ނިއުކްލިއަރ ޕްރޮގްރާމްއީރާނުގެ މިސައިލް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އާއި އެމެރިކާ އިން ގެންދަނީ ނިއުކްލިއާ އެއްބަސްވުމަށް ދޫ ދެމުން ކަމަށް ތުރުކީ އިން ބުނެފި

އީރާން އާއި އެމެރިކާ އިން ގެންދަނީ ނިއުކްލިއާ އެއްބަސްވުމަށް ދޫ ދެމުން ކަމަށް ތުރުކީ އިން ބުނެފި

12 ފެބުރުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2026
ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުނެފި

ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުނެފި

11 ފެބުރުއަރީ 2026
ނަތަންޔާހޫ ކުއްލި ގޮތަކަށް އެމެރިކާ އަށް މި ވަޑައިގަތީ ކޮން ކަމަކު؟

ނަތަންޔާހޫ ކުއްލި ގޮތަކަށް އެމެރިކާ އަށް މި ވަޑައިގަތީ ކޮން ކަމަކު؟

11 ފެބުރުއަރީ 2026
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

11 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު