Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް

އެމެރިކާއާއެކު ނިއުކްލިއާ އަދި މިސައިލް އުފެއްދުން މަނާކުރާ ވަރުގަދަ އެއްބަސްވުމަކަށް އައުމަކީ އިރާނަށް އޮތް އެންމެ ބުއްދިވެރި ގޮތް ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި.

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 07:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް

އިރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް ނައިސްފިނަމަ އެއީ އެ ގައުމުގެ "މޮޔަ" ކަން ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. އަންގާރަ ދުވަހު ދެއްކި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއާއެކު ވެވޭ ކޮންމެ އެއްބަސްވުމެއްގައި ނިއުކްލިއާ ހަތިޔާރާއި މިސައިލް އުފެއްދުން މަނާކުރާ މާއްދާތައް ހިމަނަންޖެހޭނެ ކަމަށެވެ.

ފޮކްސް ބިޒްނަސް ނެޓްވޯކްގެ "ކަޑްލޯ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އިރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެފަދަ އެއްބަސްވުމަކަށް ނައުމަކީ އެ ގައުމުން ހަދާނެ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި މީގެ ކުރިން އިރާނުގެ ނިއުކްލިއާ ބާރުތައް އެމެރިކާއިން ނައްތާލާފައިވާނެ ކަމަށާއި، މިފަހަރު އިތުރު ބާރުތަކެއް ނައްތާލަން ޖެހޭތޯ ބަލަންޖެހޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އިރާނުގެ ވެރިރަށް ތެހެރާނުން ވަނީ މިދިޔަ ހަފުތާގައި އޮމާންގައި އެމެރިކާއާއެކު އަލުން މަޝްވަރާތައް ފަށާފައެވެ.

މިދިޔަ ޖޫން މަހު އިޒްރޭލާއި އިރާނާ ދެމެދު 12 ދުވަހަށް ކުރިއަށްދިޔަ ހަނގުރާމައިގެ ތެރޭގައި، ތެހެރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމަށް އަމުރުކުރެއްވި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެވޭ ކޮންމެ އެއްބަސްވުމަކީވެސް "ރަނގަޅު" އެއްބަސްވުމަކަށް ވާންޖެހޭނެ ކަމަށެވެ.

އިރާނުގެ މިހާރުގެ ސަރުކާރާއެކު ވެވޭ އެއްބަސްވުމެއް ދެމިއޮންނާނެތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެއީ ވަރަށް މުހިންމު ސުވާލެއް ކަމަށާއި، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެފަދަ އެއްބަސްވުމެއް ދެމިއެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ނިއުކްލިއާ ހަތިޔާރާއި މިސައިލް އަދި އެނޫންވެސް ބޭނުންވާ ހުރިހާ ކަންކަމެއް ހިމެނޭ ވަރުގަދަ އެއްބަސްވުމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި އިރާނުން އެމެރިކާއަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާތީ، ބައެއް ފަރާތްތަކުން އެ ގައުމާ މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވި އެވެ.

އީރާން-އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އިޒްރޭލްއީރާން ނިއުކްލިއަރ ޕްރޮގްރާމްއީރާނުގެ މިސައިލް ޕްރޮގްރާމް

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2026

ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން

10 ފެބުރުއަރީ 2026
ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން
10 ފެބުރުއަރީ 2026

އީރާނުގެ އިސް ސެކިއުރިޓީ އޮފިޝަލް އޮމާން އަށް ވަޑައިގެންފި

10 ފެބުރުއަރީ 2026
އީރާނުގެ އިސް ސެކިއުރިޓީ އޮފިޝަލް އޮމާން އަށް ވަޑައިގެންފި
10 ފެބުރުއަރީ 2026

ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

10 ފެބުރުއަރީ 2026
ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި
10 ފެބުރުއަރީ 2026

އެމެރިކާ-ކެނެޑާ ބްރިޖް ހުޅުވުން ހުއްޓާލަން އަންގައި، ޓްރަމްޕްގެ އިންޒާރެއް

10 ފެބުރުއަރީ 2026
އެމެރިކާ-ކެނެޑާ ބްރިޖް ހުޅުވުން ހުއްޓާލަން އަންގައި، ޓްރަމްޕްގެ އިންޒާރެއް
09 ފެބުރުއަރީ 2026

އީރާނުން އެމެރިކާގެ ފިއްތުންތަކަށް ދޫނުދޭނެ: އީރާނުގެ އަސްކަރީ ތަރުޖަމާނު

09 ފެބުރުއަރީ 2026
އީރާނުން އެމެރިކާގެ ފިއްތުންތަކަށް ދޫނުދޭނެ: އީރާނުގެ އަސްކަރީ ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު