Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާާން-އެމެރިކާ

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ

15 ފެބުރުއަރީ 2026 | އާދީއްތަ 08:10

ސްވިޒަލެންޑްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ވާހަކަ ދައްކަން ފަސޭހަ ކޮށްދިނުމަށް ސްވިޒަލެންޑް އިން ހުރިހާ ވަގުތެއްގައި ވެސް އޮތީ ތައްޔާރަށް ކަމަށް. އެއާ އެކު، ސްވިޒަލެންޑުގެ ޖެނީވާގައި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ހާމަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ފެބުރުއަރީ 2026 | އާދީއްތަ 08:10
އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރަކަށް ބޮޑެތި ގެއްލުން ތަކެއް ލިބި، އޭގެ ޑެކްމަތީގައި ހުރި ފައިޓާ ޖެޓްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައިވާ މަންޒަރު ދައްކުވައިދޭ ބޮޑު ބޯޑެއް އީރާންގެ ވެރި ރަށް ތެހެރާންގައި

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރަކަށް ބޮޑެތި ގެއްލުން ތަކެއް ލިބި، އޭގެ ޑެކްމަތީގައި ހުރި ފައިޓާ ޖެޓްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައިވާ މަންޒަރު ދައްކުވައިދޭ ބޮޑު ބޯޑެއް އީރާންގެ ވެރި ރަށް ތެހެރާންގައި | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްލިއާ މަޝްވަރާ ތަކުގެ ބައްދަލުވުން ޖެނީވާގައި ބާއްވަން ތައްޔާރު ވަމުން އަންނަ ކަމަށް ސްވިޒަލެންޑް އިން ބުނެފި އެވެ.

ހޮނިހިރު ދުވަހު ސްވިޒަލެންޑް އިން ބުނެފައި ވަނީ، ޖެނީވާގައި ބައްދަލުވުން ބޭއްވުމަށް ތައްޔާރު ވަމުން އަންނަނީ އޮމާން މެދުވެރި ވެގެންނެވެ. މެދު ކެނޑިފައި އޮތް މަޝްވަރާތައް މި މަހުގެ ކުރީ ކޮޅު ފަށާފައިވާއިރު، ފުރަތަމަ ބުރުގެ މަޝްވަރާތައް ބޭއްވީ އޮމާންގެ ވެރި ރަށުގަ އެވެ. 

ސްވިޒަލެންޑްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ވާހަކަ ދައްކަން ފަސޭހަ ކޮށްދިނުމަށް ސްވިޒަލެންޑް އިން ހުރިހާ ވަގުތެއްގައި ވެސް އޮތީ ތައްޔާރަށް ކަމަށެވެ. އެއާ އެކު، ސްވިޒަލެންޑުގެ ޖެނީވާގައި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ. 

މަޝްވަރާ ތަކުގެ ފުރަތަމަ ބައްދަލުވުމުގައި އީރާންގެ ފަރާތުން ބައިވެރިވެފައި ވަނީ އެ ޤައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެވެ. އަދި އެމެރިކާގެ ފަރާތުން ބައިވެރިވެފައި ވަނީ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޓްރަމްޕްގެ ދަރިކަލުން ޖެރާޑް ކުޝްނާ އެވެ. އެ މަޝްވަރާ ތަކަށް ފަހު ދެ ޤައުމުން ވެސް ވަނީ އިތުރު މަޝްވަރާ ތަކަށް ތައްޔާރު ކަމަށް ހާމަ ކޮށްފަ އެވެ. 

މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އީރާން އަށް އެކި ގޮތް ގޮތުން އިންޒާރުތައް ދެއްވަމުންނެވެ. އެގޮތުން އީރާންއާ ދެކޮޅަށް އަސްކަރީ ބިރު ދެއްކުމާއި، ހަތިޔާރުގެ ބާރު ބޭނުން ކުރާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ޓްރަމްޕް ގެންދަވަނީ ދެއްވަމުންނެވެ. 

އެންމެ ފަހުން ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާންގައި މިހާރު އޮތް ވެރިކަން ބަދަލުވުމަކީ އެ ޤައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެ ކަމަށެވެ. އެއާ އެކު، އީރާންއާ ދެކޮޅަށް އަސްކަރީ ބާރު އިތުރު ކުރުމުގެ ގޮތުން އެމެރިކާގެ ދެ ވަނަ އެއާކްރާފްޓް ކެރިއަރު މެދު އިރުމަތީގެ ސަރަހައްދަށް ފޮނުވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ޓްރަމްޕް ވަނީ އިއުލާން ކުރައްވައިފަ އެވެ. 

ސްވިޒަލެންޑް އިން ވަނީ، އެމެރިކާ އާއި އީރާާންއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ވަކި އަތަކަށް ނުޖެހި، ނިއުޓްރަލް ގޮތެއްގައި އޮންނަ ކަމަށް މަޝްހޫރުވެފައިވާާ ސްވިޒަލެންޑް އިން އީރާން އާއި އެމެރިކާގެ މައްސަލައިގައި ގެން ގުޅެމުން އަންނަނީ މެދު މިނުގެ އުސޫލު ތަކެއް ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

އެމެރިކާ އިން އަންނަނީ އަންނަ ހަފުތާގެ ތެރޭގައި ޖެނީވާގައި ރަޝިޔާ އާއި، ޔޫކްރެއިންއާ ދެމެދު ވެސް ވަކިން ވާހަކަތައް ދެއްކުމަށް ތައްޔާރު ވަމުންނެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާ-އީރާންސްވިޒަރލެންޑްރަޝިޔާ-ޔޫކްރެއިންއީރާން ނިއުކްލިއަރ ޕްރޮގްރާމްއެމެރިކާގެ ރައީސް ޓްރަމްޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2026

47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

14 ފެބުރުއަރީ 2026
47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް
13 ފެބުރުއަރީ 2026

ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

13 ފެބުރުއަރީ 2026
ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި
13 ފެބުރުއަރީ 2026

އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ

13 ފެބުރުއަރީ 2026
އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ
12 ފެބުރުއަރީ 2026

އީރާން އާއި އެމެރިކާ އިން ގެންދަނީ ނިއުކްލިއާ އެއްބަސްވުމަށް ދޫ ދެމުން ކަމަށް ތުރުކީ އިން ބުނެފި

12 ފެބުރުއަރީ 2026
އީރާން އާއި އެމެރިކާ އިން ގެންދަނީ ނިއުކްލިއާ އެއްބަސްވުމަށް ދޫ ދެމުން ކަމަށް ތުރުކީ އިން ބުނެފި
12 ފެބުރުއަރީ 2026

އިޒްރޭލް އިން، ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ ގުޅިއްޖެ

12 ފެބުރުއަރީ 2026
އިޒްރޭލް އިން، ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ ގުޅިއްޖެ
11 ފެބުރުއަރީ 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި
11 ފެބުރުއަރީ 2026

ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

11 ފެބުރުއަރީ 2026
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
11 ފެބުރުއަރީ 2026

ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް

11 ފެބުރުއަރީ 2026
ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް
10 ފެބުރުއަރީ 2026

ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

10 ފެބުރުއަރީ 2026
ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި
09 ފެބުރުއަރީ 2026

އީރާން-އެމެރިކާގެ ހަމަ ނުޖެހުމާ ގުޅިގެން ތެލުގެ އަގު މައްޗަށް

09 ފެބުރުއަރީ 2026
އީރާން-އެމެރިކާގެ ހަމަ ނުޖެހުމާ ގުޅިގެން ތެލުގެ އަގު މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް