Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

ވިކްޓަރީ އަތުން ހޯދި ޕޮއިންޓާ އެކު، މިވަގުތު ބުރު އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގައި. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 15 މެޗުން 27 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2026 | ހޮނިހިރު 04:14
ލީގުގައި ބުރާއި ވިކްޓަރީ ބައްދަލު ކުރި މެޗުގެ ތެރެއިން

ލީގުގައި ބުރާއި ވިކްޓަރީ ބައްދަލު ކުރި މެޗުގެ ތެރެއިން | އަދަދު ސްޕޯޓްސް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ވިކްޓަރީ އިންނެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ބުރުން ވަނީ ވިކްޓަރީއާ އެއްވަރު ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ވިކްޓަރީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ މިލޯސް ލެޗްނީ އެވެ. އެއާއެކު، ވިކްޓަރީ އިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ. 

ދެ ވަނަ ހާފަށް ނިކުމެ ވިކްޓަރީ އިން ލީޑު ފުޅާ ކުރުމަށް މަސައްކަތް ކުރިއިރު، ބުރުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ބުރުން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އެއީ ޢަބްދުﷲ ޔާމީން ޖެހި ލަނޑުންނެވެ. 

ވިކްޓަރީ އަތުން ހޯދި ޕޮއިންޓާ އެކު، މިވަގުތު ބުރު އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 15 މެޗުން 27 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް 27 ޕޮއިންޓު ލިބެނީ 14 މެޗުންނެވެ. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް، އަލުން ތިން ވަނަ އަށް ޖެހިލުމުގެ ފުރުސަތު ނިއު ރޭޑިއަންޓް އަށް އޮންނާނެ އެވެ.

ލީގުގައި މިހާތަނަށް ކުޅެފައިވާ 15 މެޗުން 21 ޕޮއިންޓާ އެކު ވިކްޓަރީ އޮތީ ހަ ވަނަ މަގާމުގަ އެވެ. 

ދިރާގު ދިވެހި ޕްރިމިއާ ލީގުވިކްޓަރީ ސްޕޯޓްސް ކުލަބުބުރު ސްޕޯޓްސް ކްލަބް

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި

13 ޖެނުއަރީ 2026
ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި
12 ޖެނުއަރީ 2026

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

12 ޖެނުއަރީ 2026
ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި
12 ޖެނުއަރީ 2026

ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް

12 ޖެނުއަރީ 2026
ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް
11 ޖެނުއަރީ 2026

ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި

11 ޖެނުއަރީ 2026
ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި
11 ޖެނުއަރީ 2026

ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

11 ޖެނުއަރީ 2026
ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު