Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

މޮޅާއެކު މާޒިޔާ އިން ވަނީ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގާފައި. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 14 މެޗުން 40 ޕޮއިންޓާ އެކު. މި ސީޒަންގެ ލީގުގައި މާޒިޔާ އިން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، 13 މެޗުން އެ ޓީމު ވަނީ މޮޅުވެފައި. އަނެއް މެޗު އެއްވަރުވެފައިވާއިރު، އެއްވެސް މެޗަކުން މާޒިޔާ ބަލިވެފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖެނުއަރީ 2026 | އާދީއްތަ 04:15
މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ހަމްޕު އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ހަމްޕު އުފާ ފާޅު ކުރަނީ | އެފްއޭއެމް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެވެ. 

ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި މާޒިޔާ އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ. ނަމަވެސް، ފުރުސަތުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފު ނިމުނީ އެއްވެސް ލަނޑެއް ނުފެނި އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙުމަދު އައިހަމް އެވެ. އޭގެ ހަތް މިނެޓު ފަހުން މާޒިޔާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ލީޑު ފުޅާ ކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. މެޗުގައި މާޒިޔާގެ ތިން ވަނަ ލަނޑު މެޗގެ 68 ވަނަ މިނެޓުގައި ޖެހީ ޒުވާން ކުޅުންތެރިޔާ މުޙައްމަދު އިލާން އިމްރާން އެވެ. އެއީ މާޒިޔާ އަށް ލިބުނު ހިލޭ ޖެހުމެއްގައި ހަމްޕު ފޮނުވާލި ބޯޅަ، ވިކްޓަރީގެ ކީޕަރުގެ އަތުގައި ޖެހިފައި ރީބައުންސް އަށް އައި ވަގުތު، ގޯލަށް ފޮނުވާލައިގެން އިލާން ޖެހި ލަނޑެކެވެ. 

މޮޅާއެކު މާޒިޔާ އިން ވަނީ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 14 މެޗުން 40 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ލީގުގައި މާޒިޔާ އިން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، 13 މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އަނެއް މެޗު އެއްވަރުވެފައިވާއިރު، އެއްވެސް މެޗަކުން މާޒިޔާ ބަލިވެފައި ނުވެ އެވެ. 

މާޒިޔާގެ ފަހަތުން ދެ ވަނައިގައި އޮތީ އޮޑި ސްޕޯޓްސް ކުލަބެވެ. އެއީ މިހާތަނަށް ކުޅެފައިވާ 13 މެޗުން 29 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ލިބެނީ 24 ޕޮއިންޓެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންވިކްޓަރީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ

07 ޖެނުއަރީ 2026
ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ
06 ޖެނުއަރީ 2026

ގްރީން ބަލިކޮށް، ބުރު ހަތަރު ވަނައިގައި

06 ޖެނުއަރީ 2026
ގްރީން ބަލިކޮށް، ބުރު ހަތަރު ވަނައިގައި
05 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި

05 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި
28 ޑިސެމްބަރު 2025

ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

28 ޑިސެމްބަރު 2025
ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި
27 ޑިސެމްބަރު 2025

ވިކްޓަރީ އިން ގްރީން ބަލިކޮށްފި

27 ޑިސެމްބަރު 2025
ވިކްޓަރީ އިން ގްރީން ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު