Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް

މި ނަތީޖާއާ އެކު ބުރު އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގައި. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 14 މެޗުން 26 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 03:17
މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އެފްއޭއެމް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބުރު ސްޕޯޓްސް ކުލަބުން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ބުރުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ބުރުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. މެޗުގައި ބުރުގެ އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޙަސަން ނަވާޒު ޖެހި ލަނޑާ އެކު، ވެލެންސިއާ އިން ވަނީ ލީޑު ނަގައިފަ އެވެ. ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ބުރަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުޙައްމަދު ނާއިމް އެވެ. އެއީ ވެލެންސިއާގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

އޭގެ ފަހުން މެޗުގެ 37 ވަނަ މިނެޓުގައި ބުރުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ޑިއަވަންޑޫ ނިއަންގް ޑިއާނޭ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ޑިއާނޭ ވަނީ އިތުރު ލަނޑެއް ވެސް ޖަހައި، ބުރަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. އަދި މެޗުގައި ބުރުގެ ހަތަރު ވަނަ ލަނޑު، 75 ވަނަ މިނެޓުގައި ޖެހީ ޢަބްދުﷲ ޔާމީން އެވެ.

މި ނަތީޖާއާ އެކު ބުރު އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 14 މެޗުން 26 ޕޮއިންޓާ އެކު އެވެ. މިފަހަރުގެ ލީގުގައި ހަތް މެޗުން ބުރު މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެ އަދި އަނެއް ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުބުރު ސްޕޯޓްސް ކްލަބްކުލަބު ވެލެންސިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި

ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި

11 ޖެނުއަރީ 2026
ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

11 ޖެނުއަރީ 2026
ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ

ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ

07 ޖެނުއަރީ 2026
ގްރީން ބަލިކޮށް، ބުރު ހަތަރު ވަނައިގައި

ގްރީން ބަލިކޮށް، ބުރު ހަތަރު ވަނައިގައި

06 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި

ޔޫވީ ބަލިކޮށް، މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި

05 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު