Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މިހާރު ވެސް ވަނީ ވެރިކަމުގެ ދެ އަހަރު އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ ރިކޯޑު ހައްދަވާފައި: މެންބަރު ޒިޔާދު

13 ފެބުރުއަރީ 2026 | ހުކުރު 08:45

ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް ސިޔާސީ މުވައްޒަފުން މަދުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، ރައީސް މުއިއްޒު ވަނީ ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރުމާއި ބޭކާރު ޚަރަދުތައް ކުރުމުގެ އާ ރިކޯޑުތަކެއް ގާއިމު ކުރައްވާފައި. ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި އެތައް މިލިއަން ރުފިޔާއެއް ހަވާ އެރުވުމަށާއި ދަތުރުފަތުރުތަކަށް އިސްރާފު ކުރަމުންދާއިރު، ރައްޔިތުންގެ ދިރިއުޅުމަށް އެދެވޭ އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ފެބުރުއަރީ 2026 | ހުކުރު 08:45
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ރިކޯޑު ހައްދަވަން ވަރަށް ބޮޑަށް ބޭނުންވާ ބޭފުޅެއް ކަމަށާއި، ދެ އަހަރުގެ ތެރޭގައި އެއްވެސް ކަމެއް ނުކުރެވޭ ރައީސްކަމުގެ ރިކޯޑު މިހާރު ވެސް އެމަނިކުފާނު ހައްދަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ޒިޔާދު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރާނެ ކަމަށް ވައުދުވެވަޑައިގެން ކަމަށާއި، ހަރަދު ކުޑަ ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިގެން ކަމަށެވެ. ނަމަވެސް އެމަނިކުފާނު މިވެރިކަމުގައި ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ރިކޯޑު މިހާރު ހަދާފައިވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މެންބަރު ޒިޔާދު ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ނަމުގައި ބޭކާރު ހަވައެއް އަރުވާ އެތައް މިލިއަނުން ރުފިޔާ ތަކެއް އިސްރާފު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވަން ރޭ އެރުވި ތާރީޚީ ހަވާ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި ނަމަވެސް ރައްޔިތުން ދިރިއުޅުމަށް ލިބުނު ފަސޭހައެއް ކުރިއެރުމެއް ނެތް ކަމަށެވެ. 

ރައީސް މުއިއްޒަކީ ރިކޯޑު ހައްދަވަން ވަރަށް ޝުއުގުވެރިކަން ހުންނަ ބޭފުޅެއްކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ބޭރު ގައުމުތަކަށް ދަތުރު ކުރެއްވުމާއި، އާރަށަށް ވަޑައިގެންނެވުމުގެ ރިކޯޑު ލިބިވަޑައިގެންފައިވާ ކަމަށެވެ. މިސަރުކާރުގެ ދެ އަހަރުގެ ތެރޭގައި އެއްވެސް ކަމެއް ނުކުރެވުނު ރައީސްކަމުގެ ރިކޯޑު މިހާރު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ އަދި ވިދާޅުވީ ދައުރު ނިމޭއިރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާނަމަ އެކަމުގެ ރިކޯޑު ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. 

ރައީސް މުއިއްޒު ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ކަމެއް އެއީ ރިކޯޑް ހެއްދެވުން. އެގޮތުން އެކަހަލަ ވަރަށް ގިނަ ރިކޯޑު ހައްދަވާ. އަދި ދައުރު މިގޮތުގައި ނިންމާލާފިއްޔާ ހަމަގައިމު ވެސް ބޮޑު އެއް ރިކޯޑު ލިބޭނެ. އެއީ ވެރިކަމުގައި އެއްވެސް ކަމެއް ނުކޮށް އެންމެ ގިނަ ދުވަސްވީ ރައީސް އަކަށްވާނެ. މިހާރު ވެސް ރިކޯޑު އޮތީ ދެ އަހަރުވީއިރު ވެސް އެއްވެސް ކަމެއް ނުކުރެވޭ ރިކޯޑު އޮތީ. އެއީ ވެސް އޮތް ރިކޯޑެއް. ދެން ފާހަގަކުރާ ބަޔަކު ފާހަގަކުރަންވީ. އެކަހަލަ ބައިވަރު ރިކޯޑު އެބައޮތް. އެންމެ ގިނަ މުވައްޒަފުން ނެގި ރިކޯޑު އެ ރިކޯޑަކަށްވި، އެ މަދުކުރަން އައި މީހުންގެ ހާލަތު މިއީ. ހަރަދު ކުރުމުގެ ރިކޯޑު ވެސް އެބައޮތް. އެންމެ ގިނަ ރަސްމިއްޔާތު ބޭއްވުމުގެ ރިކޯޑު ވެސް އެބަ އޮތް. ބަޖެޓުގައި ފައިސާ ނެތީމަ އެކަން ފާހަގަކޮށް ރަސްމިއްޔާތެއް ބޭއްވި 30 އަކަށް 40 އަކަށް މިލިއަން ރުފިޔާ ހަރަދު ކޮށްފައި ހަމަ ހަވާ އަރުވާފައި. ރައްޔިތުންނަށް ބުނެދިނީ ބަޖެޓުގައި ފައިސާއެއް ނެތޭ. އެމްޑީޕީ ސަރުކާރު ދިޔައިރު ގައުމު އޮތީ ދަރާފައޭ. އެހެންވީމަ ތިމަންނަމެން ބޮޑު ރަސްމިއްޔާތެއް ބާއްވާލާފައި އެކަން ވެސް ކުރީ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު 

މީގެ އިތުރުން މެންބަރު ޒިޔާދު ވަނީ ރައީސް މުއިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

މެންބަރު ޒިޔާދު ވިދާޅުވީ އެއީ ވެސް ރިކޯޑެއް ކަމަށާއި، ނަމަވެސް ރިޔާސީ ބަޔާން ދިގުވެގެން ނުވަތަ ކުރުވެގެން ރައްޔިތަކަށް ނުވަތަ ގައުމަށް ލިބޭނެ މަންފާއެއް ނެތް ކަމަށެވެ. މީގެ ކުރިން ރިޔާސީ ބަޔާނަކީ ދިވެހި ރައްޔިތުން ވަރަށް އިހުތިރާމް ކުރާ އަދި އުންމީދު ކުރާ އެއްޗެއް ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުހުސެއިން ޒިޔާދު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2026

ރައީސް މުއިއްޒަކީ ހިސާބު ޖައްސަވާފައި ވައުދުވެވަޑައިގަންނަވާ ބޭފުޅެއް ނޫން، 2025 ގެ ވައުދުތައް ފުއްދުމަށް އެކަނި ވެސް 200 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ: މެންބަރު ޝަމްހީދު

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

13 ފެބުރުއަރީ 2026
މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް
13 ފެބުރުއަރީ 2026

ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު

13 ފެބުރުއަރީ 2026
ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު
13 ފެބުރުއަރީ 2026

އިންޑިއާ އެމްބަސީ އިން ބަޖެޓް ހަމަޖައްސަދިން، މަނަދޫ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ހާލަތު ސާފުނުވޭ: ކައުންސިލް

13 ފެބުރުއަރީ 2026
އިންޑިއާ އެމްބަސީ އިން ބަޖެޓް ހަމަޖައްސަދިން، މަނަދޫ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ހާލަތު ސާފުނުވޭ: ކައުންސިލް
12 ފެބުރުއަރީ 2026

މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

12 ފެބުރުއަރީ 2026
މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!
12 ފެބުރުއަރީ 2026

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ
10 ފެބުރުއަރީ 2026

ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ

10 ފެބުރުއަރީ 2026
ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ
10 ފެބުރުއަރީ 2026

ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ޖަރުމަނު ކުންފުނިތަކުން ވަނަވަރު ހިއްސާކޮށް ދިވެހި ވަފުދާ އެކު ޚިޔާލު ބަދަލު ކޮށްފި

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

10 ފެބުރުއަރީ 2026
"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"
10 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

10 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް