Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕީޖީ ޕްރެސް

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ރައްޔިތުންނަށް ހެޔޮއެދިގެން ކުރާ ކަމެއް ނޫން ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވި. އިންތިޚާބުތައް މަދުވުމުން ރައްޔިތުންގެ ގާތަށް ސަރުކާރުން ދާންޖެހޭ މިންވަރު މަދުވެ، ތަރައްޤީގެ މަޝްރޫޢުތަކަށް މަޑުޖެހުމެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 07:44
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު | ސްކްރީން އިމޭޖް

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން ކަމަށާއި މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ޒިޔާދު އެފަދައިން ވިދާޅުވީ އެމްޑީޕީ ޕީޖީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ޒިޔާދު ވަނީ މިހާރު ޤާނޫނުއަސާސީ އަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަކީ އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން ކަަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މީގެ ކުރިން ވެސް ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނުއަސާސީ އަށް ކުއްލިއަކަށް ބަދަލުގެނައި ކަމަށާއި މި ފަހަރު ވެސް މަޖިލިސް ރިސެސް އަށް ދިއުމުގެ އެއް ދުވަސް ކުރިން ޤާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅީ ހަމަ އެ މޭރުމުން ކަމަށް ޒިޔާދު ވިދާޅުވި އެވެ.

މީގެ އިތުރުން،  ކޮންމެ އިންތިޚާބަކާއި ދިމާކޮށް ހުއްޓިފައި ހުންނަ މަޝްރޫޢުތައް ވެސް ކުރިއަށް ގެންދާ ކަމަށާއި އެއީ ރައްޔިތުން ވިސްނާލަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ ކައިރި އަށް ވެރިކަމުގައި ތިބޭ މީހުން ދާން ޖެހޭ މިންވަރު މަދުވާ މިންވަރަކަށް ރައްޔިތުންނާއި ތަރައްޤީ އާއި ދުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިންތިޚާބުތައް އެއްކޮށްފި ނަމަ ރައްޔިތު މީހާ ކައިރިއަށް ސަރުކާރުން ދާން ޖެހޭނީ ކޮންމެ 5 އަހަރަކުން އެއް ފަހަރު ކަަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ވާނީ ގެއްލުން ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބުގައި ވައުދުވެފަ، މަޖިލިސް އިންތިޚާބުގައި ފެށިފައި، ކައުންސިލް އިންތިޚާބަށް ކިރިޔާ މި ހިނގައިގަންނަނީ. މިއީ ކަންކަން ހިނގާ އުސޫލަކީ." ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް އިންތިޚާބު ކުރުމުގެ މައިގަނޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ފާރަވެރިވުން ކަމަށެވެ. ފާރަވެރިވާ މީހުންނާއި ވެރިކަން ކުރާ މީހާ އާއި އެކައްޗަކަށް ވުމުން ވާނެ ގޮތް މިއަދު މަޖިލީހުން ފެންނަމުންދާ ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރާ ނަމަ އެކަން ކުރަން ވާނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޤާނޫނުއަސަސީ އަށް ބަދަލު ގެންނަ ނަމަ ރިފަރަންޑަމް އަކަށް ދިއުމުގެ ކުރިން އާއްމުން ވަރަށް ބޮޑަށް ހޭލުންތެރިކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދާއި ހަމައަށް އައި އިރު ފެންނަނީ ވަރަށް ސިއްރުން އެ މަސައްކަތް ކުރަން އުޅޭތަން ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ހުސެއިން ޒިޔާދުރައްޔިތުންގެ މަޖިލިސްއެމްޑީޕީޕީއެންސީޤާނޫނުއަސާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އިންތިޚާބު އެއްކުރަން މަޖިލީހުން ފާސް ކޮށްފި

ދެ އިންތިޚާބު އެއްކުރަން މަޖިލީހުން ފާސް ކޮށްފި

10 ފެބުރުއަރީ 2026
އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
 ހެންވޭރު ދެކުނު ދާއިރާ އިން އެމްޑީޕީ އަށް ބޮޑު ތަރުހީބެއް

ހެންވޭރު ދެކުނު ދާއިރާ އިން އެމްޑީޕީ އަށް ބޮޑު ތަރުހީބެއް

10 ފެބުރުއަރީ 2026
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި، އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި، އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު