Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަނަދޫ ސްޕޯޓްސް ކޮމްޕްލެކްސް

އިންޑިއާ އެމްބަސީ އިން ބަޖެޓް ހަމަޖައްސަދިން، މަނަދޫ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ހާލަތު ސާފުނުވޭ: ކައުންސިލް

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި އިންޑިއާ އެމްބަސީ އިން ބަޖެޓް ހަމަޖައްސަދިން ނ. މަނަދޫ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސްގެ މަޝްރޫއު ކުރިޔަށް ނުދާ އިރު، އޭގެ ބަދަލުގަ މިސަރުކާރުން ވަނީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް ފަށާފަ. ފިޓްނެސް ސެންޓަރު ނިންމުމަށް ސަރުކާރުން ދިން މުއްދަތު ހަމަވާން ކައިރިވެފައި ވާއިރު، އެތަނުގެ މަސައްކަތް ވެސް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުދޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 04:05
ނ. މަނަދޫ ކައުންސިލް މެމްބަރ މޫމިނާ ސޯލިހް، ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ

ނ. މަނަދޫ ކައުންސިލް މެމްބަރ މޫމިނާ ސޯލިހް، ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ | ރާއްޖެ އެމްވީ

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާ އެމްބަސީގެ ހިލޭ އެހީގެ ދަށުން ނ. މަނަދޫގައި ބިނާކުރުމަށް ބަޖެޓު ހަމަޖައްސާފައިވާ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސްގެ މަޝްރޫއަށް، ސަރުކާރު ބަދަލުވި ފަހުން ވީގޮތެއް ސާފުނުވާ ކަމަށް އެ ރަށު ކައުންސިލް މެމްބަރު މޫމިނާ ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން މޫމިނާ ވިދާޅުވީ، މި މަޝްރޫއަކީ ރަށުގެ ޒުވާނުންނަށް ވަރަށް މުހިންމު މަޝްރޫއެއް ނަމަވެސް، މިހާރު އެ މަސައްކަތް އޮތް ހިސާބެއް ކައުންސިލަށް ސާފުނުވާ ކަމަށެވެ.

މޫމިނާ ވިދާޅުވި ގޮތުގައި، މަނަދޫގައި މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ބޭނުންވާ ފަންޑު އިންޑިއާ އެމްބަސީ މެދުވެރިކޮށް ހަމަޖައްސައިދިނީ ނިމިދިޔަ ސަރުކާރުގަ އެވެ. ނަމަވެސް، އެ މަސައްކަތް ކުރުމަށް އޭރު އިއުލާނު ކުރުމުން ކުންފުނިތަކުން ހުށަހެޅި އަގުތައް، ލިބިފައިވާ ބަޖެޓަށް ވުރެ ބޮޑުވުމުގެ ސަބަބުން މަސައްކަތް ފެށުން އޭރު މަޑުޖެހުނީ ކަމުގަ އެވެ.

މި މަޝްރޫއާ ގުޅޭގޮތުން 2025 ވަނަ އަހަރު މަނަދޫ ކައުންސިލުން މިނިސްޓަރު ރާފިއު އާއި ބައްދަލުކޮށް ސުވާލުކުރުމުން، އެ މަސައްކަތް އަދިވެސް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް މޫމިނާ ވިދާޅުވި އެވެ. އެގޮތުން ލިބިފައިވާ ބަޖެޓާ އެއްވަރަށް މަޝްރޫއުގެ ސްކޯޕް ކުޑަކުރުމަށްފަހު އަލުން މަސައްކަތް ފަށާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ބިން ކަނޑައަޅައި މިހާރު މިނިސްޓްރީއާ ހަވާލުކޮށްފައިވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެ އަލިމަގެއް ނުފެނި އޮތްއިރު، މި ސަރުކާރުން ވަނީ މަނަދޫގައި ފިޓްނެސް ސެންޓަރެއް އިމާރާތްކުރުމުގެ މަސައްކަތް ފަށާފައި ކަމަށް މޫމިނާ ވިދާޅުވި އެވެ. ނަމަވެސް އެ ފިޓްނެސް ސެންޓަރު ނިންމުމަށް ސަރުކާރުން ދިން މުއްދަތު ހަމަވާން ކައިރިވެފައި ވާއިރު، އެތަނުގެ މަސައްކަތް ވެސް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުދާކަން މޫމިނާ ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. ހާއްސަކޮށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރު ހުއްޓިފައި ނުވަތަ މަޑުޖެހިފައިވާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވީ ނަމަވެސް، މި ސަރުކާރުން އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ލަސްތަކެއް އުޅޭތީ ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

ނ. މަނަދޫމޫމިނާ ސޯލިހުއެމްޑީޕީރައީސް ޑރ. މުހައްމަދު މުއިއްޒުމަލްޓިޕާރޕަސް ސްޕޯޓްސް ކޮމްޕްލެކްސްފިޓްނަސް ރިކްރިއޭޝަން ސެންޓަރއިންޑިއާ އެމްބަސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ މުސްތަގްބަލް ނިގުޅައިގަންނަން އުޅޭ "ޕައިރެޓުން"ތަކެއް ތިބޭ: ތިނަދޫ މޭޔަރު

އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ މުސްތަގްބަލް ނިގުޅައިގަންނަން އުޅޭ "ޕައިރެޓުން"ތަކެއް ތިބޭ: ތިނަދޫ މޭޔަރު

12 ފެބުރުއަރީ 2026
ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި

ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި

12 ފެބުރުއަރީ 2026
މީހަކު ފަލާހަށް ހަންދާންކޮށްދިން ވާހަކަތައް

މީހަކު ފަލާހަށް ހަންދާންކޮށްދިން ވާހަކަތައް

12 ފެބުރުއަރީ 2026
މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

12 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު