Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނ. މަނަދޫ

މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

ނ. މަނަދޫގައި 50 އެނދުގެ އައު ހޮސްޕިޓަލެއް އެޅުމަށް ބިންގާ އެޅި ނަމަވެސް، އެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ހާމަކޮށްފަ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބިން ސާފުކުރުމުގެ މަސައްކަތް ފެށި ނަމަވެސް، މިހާރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށް ކައުންސިލުން ބުނޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ފެބުރުއަރީ 2026 | ބުރާސްފަތި 13:46
މަނަދޫ ހޮސްޕިޓަލް ބިންގާ އަޅާފައިވާ ސަރަހައްދު އޮތީ ހުސްކޮށް.

މަނަދޫ ހޮސްޕިޓަލް ބިންގާ އަޅާފައިވާ ސަރަހައްދު އޮތީ ހުސްކޮށް. | ރާއްޖެ އެމްވީ

ނ.މަނަދޫގައި އަލަށް ހޮސްޕިޓަލެއް އެޅުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިންގާ އެޅި ނަމަވެސް އެ ތަނުގެ މަސައްކަތް ކުރިއަށް ނުދާކަން ހާމަވެއްޖެ އެވެ.

ނ. މަނަދޫ ކައުންސިލް މެމްބަރު މޫމިނާ ސޯލިހު ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ މިދިޔަ އަަހަރު ޖުލައި މަހު އެ ރަށަށް ވަޑައިގެން އެތަނުގެ ބިންގާ ރައީސް ޑރ.މުހައްމަދު މުއިއްޒު އަޅުއްވައިދެއްވި ނަމަވެސް އެ ތަނުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

އެގޮތުން، ހޮސްޕިޓަލް އެޅުމަށް ކަނޑައެޅި ސަރަހައްދުގައި ރުއް ގަހުގެ ބަދަލު ހަމަޖެހި، އެތަނުގެ ބިން ސާފުކުރުމުގެ މަސައްކަތް ފެށި ނަމަވެސް އެ މަސައްކަތް މިހާރު އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލުން ވަނީ އެ ރުއްތައް ނެގުމަށް ފަހު ގޮނޑަށް އުކާލުމުގެ ބަދަލުގައި އެ ރަށުގެ ބޮޑެތި މަގުތަކުގައި އެ ރުއް ގަސްތައް ޖަހާ ދިނުމަށް އެދިފަ އެވެ. 

"އަޅުގަނޑުމެން ސީއެސްއާރުގެ ދަށުން ތެޔޮ ވެސް އަޅާ ދޭނަމޭ. ޚަރަދުވެސް ކުރެވިފަ ހުންނާނީ. އެކަމަކު ވެސް ރުއްތައް ގޮނޑަށް އަޅަމުން ދިޔައީ. އެގޮތަށް ޖަހަން ގެންދިޔަ ރުއްތައް ފީވެ ހަލާކުވެގެން ދިޔައީ. އެކަމެއް ނުއެއް ކުރެވުނު. އެ ވަރުގެ ޖާގަ އެއް ނެތޭ ކުނިކޮށީގަ. އެ ހިސާބުން ނޭނގެ ކައުންސިލަށް ކަންކަން ވެފައި އޮތް ގޮތް." އޭނާ ވިދާޅުވި އެވެ.

2022 ވަނަ އަހަރު މަނަދޫ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ މަނަދޫ ހޮސްޕިޓަލް އެކްސްޓެންޝަންއާއި އައު ހޮސްޕިޓަލް ގެ މަސައްކަތް އެކުއެކީގައި ކުރިޔަށް ގެންދާ ކަމުގައި ވިދާޅުވެފަ އެވެ. އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރި އިތުރު ދެ ރަށުގެ ހޮސްޕިޓަލް ގެ މަސައްކަތާއި އެކުގައި 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ނ މަނަދޫގައި  50 އެނދުގެ ހޮސްޕިޓަލް އެޅުމަށް ކަމަށްް ސިއްހީ ވުޒާރާ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. 

އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރި ނަމަވެސް މަސައްކަތުގެ ސުޕަރވައިޒިންގެ ޒިންމާ އާއި ގުޅުން ހުރި ބައެއް ކަންކަން ކައުންސިލުން ކުރުމަށް އެދި މިނިސްޓްރީގެ ސިޓީ އެއް ދާދިފަހުން ލިބިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ތަނުގެ ޑިޒައިނާއި ކުރެހުމުގެ މައުލޫމާތު އަދިވެސް ކައުންސިލް އާއި ހިއްސާ ކޮށްފަ އެއް ނުވެ އެވެ. 

ނ.މަނަދޫ ހޮސްޕިޓަލް ގެ ވައުދަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ އަތޮޅަކީ 13،000 އަށް ވުރެ ގިނަ މީހުންގެ އާބާދީ އެއް އޮތް ރަށަކަށް ވާއިރު މަނަދޫ އަކީ ސިއްހީ ޚިދުމަތަށް އެ ސަރަހައްދުގެ އާއްމުން ބަރޯސާ ވާ ރަށެވެ.

ނ. މަނަދޫރައީސް ޑރ. މުހައްމަދު މުއިއްޒުމޫމިނާ ސޯލިހުއެމްޓީސީސީމަނަދޫ ހޮސްޕިޓަލް

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2026

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ
11 ފެބުރުއަރީ 2026

ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ

11 ފެބުރުއަރީ 2026
ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ
10 ފެބުރުއަރީ 2026

މިލަންދޫގައި ހުރި ރީތި މިސްކިތެއް ތަޅާލައި ވަގުތީ މިސްކިތެއް އަޅަައިދޭނެކަމަށް ބުނެ ރޯދަމަހާ ދިމާކޮށް ސަރުކާރުން މިލަންދޫ ރައްޔިތުންނަށް ކެހި ދީފި

10 ފެބުރުއަރީ 2026
މިލަންދޫގައި ހުރި ރީތި މިސްކިތެއް ތަޅާލައި ވަގުތީ މިސްކިތެއް އަޅަައިދޭނެކަމަށް ބުނެ ރޯދަމަހާ ދިމާކޮށް ސަރުކާރުން މިލަންދޫ ރައްޔިތުންނަށް ކެހި ދީފި
10 ފެބުރުއަރީ 2026

ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ

10 ފެބުރުއަރީ 2026
ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ
10 ފެބުރުއަރީ 2026

ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ޖަރުމަނު ކުންފުނިތަކުން ވަނަވަރު ހިއްސާކޮށް ދިވެހި ވަފުދާ އެކު ޚިޔާލު ބަދަލު ކޮށްފި

10 ފެބުރުއަރީ 2026
ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ޖަރުމަނު ކުންފުނިތަކުން ވަނަވަރު ހިއްސާކޮށް ދިވެހި ވަފުދާ އެކު ޚިޔާލު ބަދަލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު