Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕީޖީ ޕްރެސް

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، އެމްޑީޕީން ބޮއިކޮޓްކޮށްފައި ވަނިކޮށް މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފަ. މި ބަދަލަކީ ވެރިކަމުގެ ދައުރު ދިގުދަންމާލުމަށް ކުރާ މަސައްކަތެއް ކަމަށް އެމްޑީޕީ ޕީޖީ އިން ތުހުމަތު ކުރޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 08:59
އެމްޑީޕީ ޕީޖީ އިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން 10.02.2026

އެމްޑީޕީ ޕީޖީ އިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން 10.02.2026 | ސްކްރީން އިމޭޖް

އެންމެ ފަހުން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި 2030 ވަނަ އަހަރު ކޮށްދޭނެ ކަމަށް ބުނާ ކަންކަމުގެ ވައުދުތައް ވެވަޑައިގަންނަވާފައިވާ ކަމަށާއި އެއީ މި ވެރިކަމުގެ ދައުރު ދިގު ދަންމާލާނެތީ ދައްކަވާ ވާހަކަ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު އޮތް އެމްޑީޕީގެ ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ޣަފޫރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އެމްޑީޕީ އިން އެއްވެސް ގޮތަކަށް ތާއީދު ނުކުރާކަން ހާމަކުރައްވާފަ އެވެ. އެހެންކަމުން އެމްޑީޕީ އިން ވަނީ އެ ބިލުގެ ވޯޓު ބޮއިކޮޓްކޮށްފަ އެވެ.

Advertisement - newsAdvertisement

ޕީއެންސީގެ މެމްބަރުން އެކަނި ވޯޓުދީގެން އަންގާރަ ދުވަހު އެ ބިލު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ޤާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތާއި މެދު ޣަފޫރު ވިދާޅުވީ ޤާނޫނުއަސާސީ އަށް ބަދަލު ގެންނަނީ ފޮރުވިފައިވާ ކަންތައްތަކެއް އޭގެ ފަހަތުގައި ހުރެގެން ކަަމަށެވެ. ދައުރު ދިގުދަންމާލުމަކީ ސިލްސިލާ މަސައްކަތެއް ކަމަށާއި ކުރިއަށް އޮތްތަނުގައި 3 އިންތިޚާބު އެއްކޮށްލަން ޕީއެންސީ އިން ހުށަހަޅާފާނެ ކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.

"ރައްޔިތުންގެ އަޑު އެހުމަކީ ޕީއެންސީ އިން ދަންނަ ކަމެއް ނޫން. ޕީއެންސީ އިން ބޭނުމެއް ނުވޭ ރައްޔިތުން ކައިރިއަށް ދާކަށް." ޣަފޫރު ވިދާޅުވި އެވެ.

އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާއި މެދު އެމްޑީޕީ ޕީޖީގެ އެހެން މެމްބަރުން ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މަޖިލީސް ޗުއްޓީގައި އޮތް ވަގުތު ތެޅިގަނެގެން ޤާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހެޅި ހިސާބުން ވެސް ބިލުގެ މަސައްކަތް ދަނީ ރަނގަޅަށް ނޫންކަން ހާމަވާ ކަމަށެވެ. އަދި އެންމެ 5 މިނިޓު ތެރޭގައި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ އިން މި ބިލު ފާސް ކޮށްފައިވާތީ އެކަމަށް މީކާއިލް ފާޑު ވިދާޅުވި އެވެ. މިއީ 2028 ވަނަ އަހަރު ބާއްވާ އިންތިޚާބު ވަގަށް ނަގަން ކުރާ ކަމެއް ކަމަށް ވެސް މީކައިލް ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކަށް ފުރުސަތު ދެއްވި ކަމަށް ވިދާޅުވި. އެކަން ކުރެއްވީ ހުކުރު ދުވަހެއްގެ ރޭގަނޑު. ސިޔާސީ ޕާޓީތަކަށް ނަމަކަށް ފުރުސަތު ދެއްވީމަ މިކަމެއް ނުވާނެ. އީސީ އިން މާކުރިން އެއްބަސްވެވަޑައިގަންނަވައިފި ރެފަރެންޑަމް ޓްރެއިނިން ފެށި ކަމަށް ބިލު ފާސް ކުރުމުގެ މާކުރިން. އެހެންވީމަ ރައީސް މުއިއްޒު އާއި އީސީގެ ރައީސް އެކަހެރިކޮށް ބޭއްވި ބައްދަލުވުމުގައި ދެއްކެވީ ކޮން ވާހަކަ އެއްކަން އަޅުގަނޑުމެންނަށް ވަރަށް ސާފު." މީކާއިލް ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާ ގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމުގެ ހަގީގަތަކީ މި ވެރިކަމުގެ ދައުރު ދިގު ކުރެވޭނެ މަގުފަހިކުރުން ކަމަށެވެ. ރައްޔިތުން ނުކުމެ ސަރުކާރު ހަމަމަގަށް ނާޅުވައިފި ނަމަ ދިގު ދެމިގެންވާ ވެރިކަމެއް ކުރުމަށް މިހާރުގެ ރައީސް މުއިއްޒު ޤާނޫނުއަސާސީ މުގުރާލާނެކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. މިފަދަ ރިފެރަންޑަމް އެއް ބާއްވައިފި ނަމަ އެ ރިފެރަންޑަމް އަށް ބޮޑުތަނުން ނޫނެކޭ ބުނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ އެދިފަ އެވެ. 

ދެ އިންތިޚާބު އެއްކުރަން ހުށަހަޅާފައިވާ ބިލަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ބެލުމެއް ނެތި އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފަ އެވެ.  ބިލު ފާސް ކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި  72 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ އެއް މެންބަރެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުއަބްދުލްޣަފޫރު މޫސާއެމްޑީޕީޕީއެންސީމީކާއިލް އަހުމަދު ނަސީމްމައުރޫފް ޒާކިރު

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

10 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކުރަން މަޖިލީހުން ފާސް ކޮށްފި

ދެ އިންތިޚާބު އެއްކުރަން މަޖިލީހުން ފާސް ކޮށްފި

10 ފެބުރުއަރީ 2026
ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!

ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!

10 ފެބުރުއަރީ 2026
އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު