Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަރުމަނު-ދިވެހިރާއްޖެ

ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ޖަރުމަނު ކުންފުނިތަކުން ވަނަވަރު ހިއްސާކޮށް ދިވެހި ވަފުދާ އެކު ޚިޔާލު ބަދަލު ކޮށްފި

ޖަރުމަނުވިލާތުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ބައިވެރިވެޑައިގެން ބޭއްވި އިންވެސްޓްމަންޓް ފޯރަމްގެ ނަތީޖާ އެއް ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވަނީ ޖަރުމަނުވިލާތުގެ ގިނަ ކުންފުނިތަކަކުން އެ ކުންފުނިތަކުގެ ވަނަވަރު ހުށަހަޅައި، ދިވެހި ވަފުދާއެކު ޚިޔާލުބަދަލުކުރުން ކަމުގައި.

ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 13:57
މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައިފި

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައިފި | ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން ބަރލިންގައި ކުރިއަށްގެންދިޔަ، މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވި  ޖަރުމަނު ކުންފުނިތަކުން ވަނަވަރު ހިއްސާކޮށް ދިވެހި ވަފުދާ އެކު ޚިޔާލު ބަދަލު ކޮށްފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އަންގާރަ ދުވަހު އޮތް މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލް ގައި ދިވެހިރާއްޖެ އިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރު ކަމަށް ވިދާޅުވެ މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އެ ތަސައްވުރަކީ، ދިވެހި އިޤްތިޞާދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކޮށް، ޤައުމީ ތަރައްޤީއަކީ، ތިމާވެށި ހިމާޔަތްކޮށްދީ، ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ކުރިއެރުން ގެނައުން ކަށަވަރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޢަޒުމެއް ކަމަށް ވިދާޅުވި އެވެ.

އެގޮތުން، މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރުފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި، އާންމު ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއްކަމުގައި މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ، ދިވެހިރާއްޖޭގެ ރަސްމީ ރިޒަރވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މުއިއްޒު ވަނީ، މާލީ އަޚުލާޤު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަމުގައި ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވި އިރު، ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް އެތައް ބަދަލެއް ގެނެސް ސަރުކާރުން ބޭނުން ބަޔަކަށް ބޮޑެތި މަޝްރޫއުތައް ބިޑު ކުރުމެއްނެތި ބަހާނެލެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ފަހިކޮށްފަ އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މިފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ދިވެހިރާއްޖެ އާ މެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި އިންވެސްޓް ކުރަމުންދާ ކަމުގަ އެވެ.

މީގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، ހަކަތައިގެ އަގުތަކަކީ، ދިވެހިރާއްޖެ އަށް ހައްސާސް ގޮންޖެހުމެއްކަން ފާހަގަކުރައްވައި މުއިއްޒު ވަނީ، އެނަރޖީ ޓްރާންސިޝަންގެ ދާއިރާއަކީ ވެސް އުފެއްދުންތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފަ އެވެ. ސޯލާ ސިޓީ ފަދަ މަޝްރޫޢުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫންކަމަށާއި، ޖަޒީރާތަކާއި އައްސޭރިފަށުގެ ވަސީލަތްތަކަށް ބަރޯސާވާ ދުނިޔޭގެ އިޤްތިޞާދުތަކަށް، އަތްފޯރާފަށުގެ، ދެމެހެއްޓެނިވި، އަދި ނަކަލުކުރެވޭފަދަ ޙައްލުތަކެއް އުފެއްދުމަކީ ވެސް، އެފަދަ މަޝްރޫޢުތަކުގެ އަމާޒެއްކަމަށް މުއިއްޒު ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ އިންވެސްޓަރުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށް ވެސް ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއަރ" ކަމުގައި ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެ، މި ހަރަކާތުގައި ބައިވެރިވުމަށް، ޖަރުމަނުވިލާތުގެ އިންވެސްޓަރުންނަށް މުއިއްޒު ވަނީ ދަޢުވަތުއަރުވާފަ އެވެ.

ނ. އަތޮޅުގައި ކުރީ ސަރުކާރުން ފެށި ޕްރޮޖެކްޓް އައިލާ - ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއު ގެ ވާހަކަ ވެސް މުއިއްޒު ދެއްކެވި އެވެ.

މީގެ އިތުރުން ޚާއްޞަ ޚިދުމަތްތައް ތަރައްޤީކޮށް، ބޭސްފަރުވާއަށް އެހެން ޤައުމުތަކަށް ދާންޖެހޭ މިންވަރު މަދުކޮށްގެން، ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތް ޒަމާނީކޮށް ފުޅާކުރުމާ ބެހޭގޮތުން ވެސް މުއިއްޒު ވާހަކަފުޅުދެއްކެވި އެވެ. 

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި މާލީ ދާއިރާގައި ހުރި އިންވެސްޓް ކުރުމުގެ ފުރުޞަތުތަކަށް ބައްލަވާލައްވަމުން، ރާއްޖޭގެ އަމާޒަކީ، ދިގުމުއްދަތުގެ ބައިވެރިވުންތަކަށް ޖާގަދޭ ފަދަ، ދެފުށްފެންނަ، ނަތީޖާ އަންދާޒާކުރަން ފަސޭހަ އަދި ގަވާއިދުތަކެއްގެ މައްޗަށް ބަރޯސާވާ މާލީ ވެއްޓެއް ފޯރުކޮށްދިނުންކަމުގައި ވިދާޅުވިި އެވެ.

އަންގާރަ ދުވަހު ބޭއްވި އިވެންޓުގައި އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ވަނީ، ރާއްޖޭގެ އިންވެސްޓް ކުރުމުގެ ވެއްޓާއި، ރާއްޖޭގައި ހުރި އިންވެސްޓް ކުރުމުގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު ހިއްސާކޮށްފަ އެވެ. މިއަށްފަހު ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ، ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށްފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި ބޮޑު އިވެންޓުގެ ނަތީޖާ އެއް ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވަނީ ޖަރުމަނުވިލާތުގެ ގިނަ ކުންފުނިތަކަކުން، އެ ކުންފުނިތަކުގެ ވަނަވަރު ހުށަހަޅައި، ދިވެހި ވަފުދާއެކު ޚިޔާލުބަދަލު ކުރުން ކަމުގަ އެވެ.

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވަނީ، ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއަރޓުއަރ ޑޮއިޝްލަންޑް ޖީ.އެމް.ބީ.އެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިހާތަނަށް އިންވެސްޓްމަންޓް ފޯރަމްގެ ނަމުގައި ގިނަ ގައުމުތަކެއްގައި ބައްދަލުވުންތައް ސަރުކާރުން ބޭއްވި އިރު އެއިން އެއްވެސް ފޯރަމެއްގެ ސަބަބުން އައި އިންވެސްޓްމަންޓެއްގެ ވާހަކަ ސަރުކާރުން ހާމަ ކޮށްފަ އެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއިންވެސްޓް މޯލްޑިވްސްޖަރުމަނު-ދިވެހިރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

10 ފެބުރުއަރީ 2026
ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!

ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!

10 ފެބުރުއަރީ 2026
ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

10 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަރުމަނަށް، ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލެއް ހާމައެއް ނުކުރޭ

ރައީސް މުއިއްޒު ޖަރުމަނަށް، ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލެއް ހާމައެއް ނުކުރޭ

09 ފެބުރުއަރީ 2026
ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

09 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު