Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒަކީ ހިސާބު ޖައްސަވާފައި ވައުދުވެވަޑައިގަންނަވާ ބޭފުޅެއް ނޫން، 2025 ގެ ވައުދުތައް ފުއްދުމަށް އެކަނި ވެސް 200 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ: މެންބަރު ޝަމްހީދު

ރައީސް ޑރ. މުއިއްޒު ވެވަޑައިގަންނަވާ ވައުދުތަކަކީ އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ކަންކަން ނޫން ކަމަށް ވިދާޅުވެ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. ސަރުކާރުގެ ކުންފުނިތައް ބޮޑު ގެއްލުމުގައި ހިންގަމުންދާއިރު، ރިޔާސީ ބަޔާނުގައިވާ ވައުދުތައް ފުއްދުމަށް އެކަނިވެސް 200 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، މި ސަރުކާރުން މަސައްކަތް ކުރަނީ ހަގީގީ ނަތީޖާ ދެއްކުމުގެ ބަދަލުގައި 2028 ވަނަ އަހަރުގެ އިންތިޚާބަށް އަމާޒުކޮށްގެން ކަމަށްވެސް ޝަމްހީދު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 08:43
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ހިސާބު ޖައްސަވާފައި ވައުދުވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި، 2025 ވަނަ އަހަރުގެ ވައުދުތައް އެކަނި ފުއްދުމަށް ވެސް 200 ބިލިއަނަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވަނީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކަށް އިޝާރާތް ކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެންމެ ފަހުން އިއްވެވި ރިޔާސީ ބާޔަނަކީ ވެސް ރިޔާސީ ބަޔާނެއްގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް ކަނޑުވާލާފައިވާ ބަޔާނެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މެންބަރު ޝަމްހީދު ވިދާޅުވީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރިސޯޓުތަކެއް ތަރައްގީކޮށް، ރައްޔިތުންނަށް ހިއްސާ ބަހައި، ޑޮލަރުން ފައިސާ ބަހަން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް އެ އުސޫލުން އެކަން ނުކުރެވޭނެ ކަމަށެވެ. 2026 ގެ ރިޔާސީ ބަޔާނުގައި 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަމުގައި ފަހުގެ މައުލޫމާތު ހިއްސާ ކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް އެފަދަ އެއްވެސް މައުލޫމާތެއް ހިމަނާފައިނުވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެކަނި ވެސް 200 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ އިތުރުން މިސަރުުކާރުގެ ވަޒީރު ބޭފުޅުން ވެސް ކަމެއް ކުރާއިރު، އެއީ ވާނެ ކަމެއްތޯ ނުވަތަ ނޫން ބަލައި އިތުރަށް ދިރާސާ ނުކުރާ ކަަމަށެވެ. 

މީގެ އިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ މިސަރުކާރުން އިތުރު ކުންފުނިތައް ހެދުމުގެ މަސައްކަތް ކުރާއިރު، މިހާރު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަމުންދަނީ ގެއްލުމުގައި ކަމަށާއި، އެކުންފުނިތަކުން ރައްޔިތުންނާއި ގައުމަށް ފައިދާއެއް ނުވާ ކަމަށެވެ. 

2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވި ވައުދުތައް އަޅުގަނޑު ގޭގައި އިދެގެން ވަރަށް ކުޑަކުޑަ ކޮށް ހިސާބު ޖެހިން  މަތިމަތިން. 200 ބިލިއަން ރުފިޔާއަށް އަރާ. 2025 ގެ ހުރިހާ ވައުދެއް އެއްކޮށްލާއިރު. މިސަރުކާރުގެ އެއްވެސް ވައުދަކީ މިއަދާ ހަމައަށް އެބޭފުޅުންގެ ބަޔާންތަކާއި ޖަލްސާތަކުގައި ދައްކާ  އެއްވެސް ވާހަކައެއް އެއްވެސް އިޝާރާތެއް ނުކުރާނެ އަދަދުތަކަށް. މި ފަންޑު ކުރާނެ ގޮތެއް މިއީ ކޮންތާކު ކިހިނެއް ހޯދާ ފައިސާއެއް ކަމެއް. މިއީ ފީސިބަލް ކަމެއް ތޯ ނޫންތޯ. ދެން އަޅުގަނޑު ރޭގައި ޖަލްސާގައި ބުނިން މިދިޔަ އަހަރު 2025 ވަނަ އަހަރު ނިމުނުއިރު ހަގީގަތުގައި ސަރުކާރު ކުންފުނިތަކަށް ބަޖެޓު ދޭން ޖެހުނު 6.2 ބިލިއަން ރުފިޔާ. އެއީ ދިވެހިރާއްޖޭގެ އާބާދީގެ ކޮންމެ މީހެއްގެ ބޮލަކަށް ސާދަސަތޭކަ ޑޮލަރު މިކޮޅުން އެކޮޅަށް މިދިޔައީ. ސަރުކާރުން ކުންފުނި ހިންގައިގެން ރައްޔިތަކަށް މިއަދު ފައިދާއެއް އަދި ނެތް ވެފައި.  އާރްޑީސީގެ މިދިޔަ އަހަރު  ތިން މަހުގެ ގެއްލުމުގެ ކަވަރު ކުރުމަށް 250 މިލިއަން. އާރްޑީސީއަށް  އެކަނި. ތިން މަހަށް. 
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ ރައީސް މުއިއްޒާއި، ޕީއެންސީން މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ 2028 ގެ ރިޔާސީ އިންތިޚާބަށް ކަމަށެވެ. އަދި 2030 ވަނަ އަހަރުގެ ތަސައްވުރު މިހާރު ވެސް ރައްޔިތުންނަށް ދައްކަމުން ދަނީ އެބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މާޒީގައި ކަންކަން ހިނގާފައިވާ ގޮތް ރައްޔިތުން ބަލަން ޖެހޭ ކަމަށާއި، ގެއްލުމާއި ފައިދާ ރައްޔިތުންނަށް މިހާރު ފެންނަމުންދާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުއަހްމަދު ޝަމްހީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

13 ފެބުރުއަރީ 2026
ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު

ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު

13 ފެބުރުއަރީ 2026
އިންޑިއާ އެމްބަސީ އިން ބަޖެޓް ހަމަޖައްސަދިން، މަނަދޫ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ހާލަތު ސާފުނުވޭ: ކައުންސިލް

އިންޑިއާ އެމްބަސީ އިން ބަޖެޓް ހަމަޖައްސަދިން، މަނަދޫ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ހާލަތު ސާފުނުވޭ: ކައުންސިލް

13 ފެބުރުއަރީ 2026
މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

12 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު