Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

ކުޅުދުއްފުށީގެ ތަރައްޤީ ބައްޓަންކުރާނީ ރައްޔިތުންގެ ތަޞައްވުރާ އެއްގޮތަށް ކަމަށާއި، މި ސަރުކާރުން ގެންގުޅޭ މަރުކަޒީ ސިޔާސަތުތަކަށް ފުރުޞަތު ނުދޭނެ ކަމަށް މޭޔަރު މުޙައްމަދު އާތިފް ވިދާޅުވި. ލާމަރުކަޒީ ނިޒާމު ހިންގަން އެނގޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް ފާހަގަކުރައްވައި، ސަރުކާރުން ސިޔާސީ މަޤާމުތަކަށް ކުރާ ޚަރަދުތަކަކީ ރައްޔިތުން އަޅުވެތިކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 08:35
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް | ރާއްޖެ އެމްވީ

މާލޭގައި ތިބެގެން ކުރާ އަމުރުތަކަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދޭނެ ކަމަށާއި، މިފަހަރުގެ އިންތިޚާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ސަރުކާރަށް ވަރަށް ބޮޑު ޖަވާބެއް ދޭނެ ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. 

އާތިފް މިހެން ވިދާޅުވީ އިދިކޮޅު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މޭޔަރު އާތިފް ވިދާޅުވީ މި ސަރުކާރުގެ ބޭނުމަކީ، ސަރުކާރުގައި ސަލާންޖެއްސުމާއި އަޅުވެތިކުރުވުމާއި ސަރުކާރުން ބުނާހާ ގޮތަކަށް ރަށްރަށުން ކަންކަން ކުރުން ކަމަށެވެ. ނަމަވެސް މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދޭނެ ކަމަށާއި، ކުޅުދުއްފުށީގެ ރައްޔިތުން މި ފަހަރު ބޮޑުކޮށް، އެ ޖަވާބުދޭނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންގެ ކަންކަން ނިންމާނީ އެ ރައްޔިތުން ކަމަށެވެ. އަދި އެއީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންގެ ތަޞައްވުރާ އެއްގޮތަށް ކަމަށެވެ. 

އެސް.ޕީ.ޑީއަކަށް ފަންސަވީސްހާސް ރުފިޔާ މަހަކު ދީފައި، ބޭތިއްބީމާ ފަސް އަހަރު ތެރޭގައި އެކެއް. ފަހެއް މިލިއަން ރުފިޔާ އެއިން ކޮންމެ އެސް .ޕީ.ޑީއަކަށް އެބަދޭ. ކީއްތޯއޭ ވާނީ އެ ކުދިންނަށް އެކެއް. ފަހެއް މިލިއަން ރުފިޔާ ދީފައި، ގެސްޓްހައުސްއެއް އަޅާށޭ ބުނި ނަމަ؟ ގައިމު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެ. އެއީ، ހަމަ އެނގިގެން ކުރާ ކަމެއް އިނގޭތޯ. އެއީ ހަމަ އެނގިގެން ކުރާ ކަމެއް. ބޭނުމަކީ، ސަރުކާރުގައި ސަލާންޖެއްސުން، އަޅުވެތިކުރުވުން، ސަރުކާރުން ބުނާހާ ގޮތަކަށް ރަށްރަށުން ކަންކަން ކުރުން. އަޅުގަނޑުމެން ނެތީމު، އަޅުގަނޑުމެންނެތީމު މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފެއްހާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން. އަޅުގަނޑުމެން ނެތީމު، ކުޅުދުއްފުށީގެ ރައްޔިތުން މި ފަހަރު ބޮޑުކޮށް، ބޮޑުކޮށް އެ ޖަވާބުދޭނެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް 

މޭޔަރު އާތިފް ވިދާޅުވީ މި އިންތިޚާބަކީ މިހާރު ސަރުކާރުގައި ތިބި ސިޔާސީ ފަރާތްތަކަށް ރައްޔިތުންގެ މެދުގައި އޮތް މަގުބޫލުކަން ވަޒަންކުރެވޭނެ ފުރުސަތެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި އިންތިޚާބަކީ ރައީސް މުޢިއްޒުގެ ސަރުކާރާ އަޅުގަނޑުމެންގެ ރައްޔިތުންނާ ދެމެދު ބާއްވާ އިންތިޚާބެއް. ވާދަ މި ކުރަނީ ރައްޔިތުންނާ ސަރުކާރާއި، ކަމަށެވެ. އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގެ 14 ގޮނޑިވެސް ރައްޔިތުން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އޭނާ އެރުވި އެވެ.

މި ރާއްޖޭގައި އޮތީ އެންމެ ސިޔާސީ ޕާޓީއެއް. އާދެ! މި ރާއްޖޭގައި އޮތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެކަނި. އަޅުގަނޑު އެހެން މި ދަންނަވާ ސަބަބަކީ، ސިޔާސަތުތަކާއެކީ ވިސްނުންތަކެއް ރައްޔިތުންނަށް ހުށަހަޅައިގެން އައިސް އިންތިޚާބުތައް ކާމިޔާބުކުރާ ނުވަތަ އިންތިޚާބުގައި ވާދަކުރާ އިތުރު އެއްވެސް ޕާޓީއެއް މި ދިވެހިރާއްޖެއަކު ނެތް. ތިޔަބޭފުޅުން މަޑުކޮށްލައްވާ! އަޅުގަނޑުމެން މިކަން ކުރާނަން. އަޅުގަނޑުމެންގެ އެމް.ޑީ.ޕީގައި ސިޔާސަތުތައް އެބަހުރި. އާދެ! މި ރާއްޖޭގައި ޕޮއެލް ލިސްޓަށް ސަލާންޖެހިކަން ދަތީ މި ޕާޓީ. މި ރާއްޖޭގައި ބޭސްފަރުވާއަށް ސަލާންޖެހިކަން ދަތީ މި ޕާޓީ. މި ރާއްޖޭގައި ރަށު ބަންދުގައި ރައްޔިތުން ތިބިކަން ދަތީ މި ޕާޓީން! މި ރާއްޖޭގައި އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ، ދޮށީ އުމުރުގެ މީހުންނާއި އެކަނިވެރި މައިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ތިބިކަން ދަތީ މި ޕާޓީން. މި ރާއްޖޭގައި ނިކަމެތި ދެމަފިރިންގެ ދަރީން ފިޤުރީ ނެހެދިފައި ހުރިކަން ދަތީ މި ޕާޓީން. މި ރާއްޖޭގައި ރަށްތަކުގައި ވިޔަސް މީހުން ދިރިއުޅެންޖެހޭކަން ދަތީ މި ޕާޓީން.
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް 

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ އެއީ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި، އެ ނިޒާމު ހިންގާނެ ގޮތް އެނގޭނީ އެ ޕާޓީގެ ކެނޑިޑޭޓުންނަށް ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ފެންނަނީ ރާއްޖޭގެ އާބާދީ މަރުކަޒީ ކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. ރަސްމާލޭ ކިޔައި، ރަށެއް ހިއްކާފައި އެތަނުގައި 65 ހާސް ހައުސިންގ ޔުނިޓު އަޅައިފިއްޔާ، ރާއްޖޭގެ އާބާދީ މަރުކަޒީވެ 3 ލައްކައެއްހާ މީހުން އެ ރަށަށް ދާންޖެހޭނެ ކަމަށް އާތިފް ވިދާޅުވި އެވެ.

ތިން ލައްކައެއްހާ މީހުން އެ ރަށަށް ދާންޖެހޭނެ. މި ރާއްޖޭގައި ހަމައެކަނި މަރުކަޒީ ވިސްނުމެއްގައި މަސައްކަތްކުރަނީ އަޅުގަނޑުމެން ޕާޓީނޫން އެހެން ހުރިހާ ޕާޓީން. އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ޕާޓީގެ ނިމިދިޔަ ސަރުކާރުގައި، ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ ދޮރާށި ހުޅުވުމުގެ މަސައްކަތް ފަށައި، މިއަދު އެހެރީ ނިމިފަ. އެހެންނަމަވެސް، އޮޅިގެން ވެރިކަމަށް ވަޑައިގެންނެވުން ބަޔަކަށް، ދެ އަހަރު ވީރު ނޭނގުން އެ އެއަރޕޯޓުގެ ބޭނުމެއް ހިފާކަށް. 
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް 

މީގެ އިތުރުން، އުތުރުގެ އިޤްތިޞާދީ ދޮރާށި ހުޅުވުމަށް އެމްޑީޕީ ސަރުކާރުން ކުރި މަސައްކަތްތަކަށް އިޝާރާތްކުރައްވައި އާތިފް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓުގެ ބޭނުން ހިފަން މި ސަރުކާރަށް ނޭނގޭ ކަމަށެވެ. އަދި ސަރުކާރުން ސިޔާސީ މަގާމުތަކަށް (އެސްޕީޑީ) މީހުން އައްޔަންކޮށް ބޮޑެތި މުސާރަ ދެނީ ރައްޔިތުން ސަރުކާރަށް ސަލާންޖައްސައި އަޅުވެތިކުރުވަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އެ ފައިސާ ޒުވާނުންނަށް ގެސްޓްހައުސް އެޅުމަށް ދިންނަމަ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމުހައްމަދު އާތިފްކުޅުދުއްފުށިއެމްޑީޕީލާމަރުކަޒުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު

ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު

13 ފެބުރުއަރީ 2026
ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

13 ފެބުރުއަރީ 2026
"މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ވިއްކާ ހުސްނުކުރަނީސް ޕީއެންސީ ބޭރުކޮށްލަން ޖެހޭ، އެހެންނޫނީ މި މާލެ ސަލާމަތެއް ނުކުރެވޭނެ"

"މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ވިއްކާ ހުސްނުކުރަނީސް ޕީއެންސީ ބޭރުކޮށްލަން ޖެހޭ، އެހެންނޫނީ މި މާލެ ސަލާމަތެއް ނުކުރެވޭނެ"

13 ފެބުރުއަރީ 2026
އިންޑިއާ އެމްބަސީ އިން ބަޖެޓް ހަމަޖައްސަދިން، މަނަދޫ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ހާލަތު ސާފުނުވޭ: ކައުންސިލް

އިންޑިއާ އެމްބަސީ އިން ބަޖެޓް ހަމަޖައްސަދިން، މަނަދޫ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ހާލަތު ސާފުނުވޭ: ކައުންސިލް

13 ފެބުރުއަރީ 2026
އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ މުސްތަގްބަލް ނިގުޅައިގަންނަން އުޅޭ "ޕައިރެޓުން"ތަކެއް ތިބޭ: ތިނަދޫ މޭޔަރު

އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ މުސްތަގްބަލް ނިގުޅައިގަންނަން އުޅޭ "ޕައިރެޓުން"ތަކެއް ތިބޭ: ތިނަދޫ މޭޔަރު

12 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު