Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަޕްޝަން ހުރި މިންވަރު

ބިރެއް ނެތި މުއިއްޒު ސަރުކާރުގެ އިސްވެރިންނަށް ކަރަޕްޝަން ހިންގުމުގެ ފުރުސަތު ލިބޭ: ޓްރާންސްޕޭރެންސީ

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން އާންމުކުރި 2025 ވަނަ އަހަރުގެ ކަރަޕްޝަން ޕާސެޕްޝަންސް އިންޑެކްސްގައި 39 ޕޮއިންޓާއެކު ރާއްޖެ އޮތީ 91 ވަނައިގައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 14:26
ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހާމަކަން ކުޑަވުމާއި، އަދި ސިޔާސީ ނުފޫޒުން ނިންމާ ނިންމުންތަކުގެ ސަބަބުން، ނޭދެވޭ އަމަލުތައް ހުއްޓުވުމެއް ނެތި ހިންގުމަށް މަގުފަހިވެ، ދައުލަތުގެ މަސްއޫލުވެރިންނަށް އެއްވެސް ޖެހިލުމެއް ނެތި (އަދަބެއް ލިބިދާނެކަމުގެ ބިރެއް ނެތި) އަމަލުކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ. 

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން އަންގާރަ ދުވަހު އާންމުކުރި 2025 ވަނަ އަހަރުގެ ކަރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީ.ޕީ.އައި) ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 39 ޕޮއިންޓްގެ ނަތީޖާއެކެވެ.

Advertisement - newsAdvertisement

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނީ ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ތަންފީޒުކުރުމާއި ޒިންމާދާރުކުރުވުން ކަށަވަރުކުރުމުގައި ހުރި ދާއިމީ ގޮންޖެހުންތަކުގެ ސަބަބުން، ރާއްޖޭގެ ދިމިގްރާތީ ހިންގުމުގެ ނިޒާމަށް ދަނީ ބުރޫއަރަމުންނެވެ. ހިންގުމާއި ބެލެހެއްޓުން ބަލިކަށިވުމާއި، ދެފުށް ފެންނަ މިންވަރު ނުވަތަ ހާމަކަން ކުޑަވުމާއި، އަދި ސިޔާސީ ނުފޫޒުން ނިންމާ ނިންމުންތަކުގެ ސަބަބުން، ނޭދެވޭ އަމަލުތައް ހުއްޓުވުމެއް ނެތި ހިންގުމަށް މަގުފަހިވެ، ދައުލަތުގެ މަސްއޫލުވެރިންނަށް އެއްވެސް ޖެހިލުމެއް ނެތި (އަދަބެއް ލިބިދާނެކަމުގެ ބިރެއް ނެތި) އަމަލުކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ. 

އަދި ކަރަޕްޝަނާ ގުޅޭ ގާނޫނީ އޮނިގަނޑުތައް ހަރުދަނާކުރެވި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވާ މިންވަރު ދަށްވުމާއި، އަދި ކޮރަޕްޝަންގެ މައުލޫމާތު ހާމަކުރާ ފަރާތްތަކަށް (ވިސްލްބްލޯވަރުން) ގާނޫނީ ގޮތުން ދޭންޖެހޭ ރައްކާތެރިކަން ފުރިހަމައަށް ތަންފީޒު ނުކުރެވުމުގެ ސަބަބުން، ކޮރަޕްޝަނާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މައްސަލަތައް ރިޕޯޓުކުރުމަށް މީހުން ފަސްޖެހޭ ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ. 

އެޖަމިއްޔާ އިން ވަނީ ކަރަޕްޝަނާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި ރައްޔިތުންގެ އިތުބާރު ހޯދުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ހުށަހަޅާފައިވާ ހުށަހެޅުންތައް ބަލައިގަނެ، ވަކި ކަންތައްތަކަކަށް އިސްކަންދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ. 

ޓްރާންސްޕޭރެންސީ އިން ސަރުކާރަށް ގޮވާލި ކަންކަން

  • މުސްތަގިއްލު މުއައްސަސާތަކާއި، ޝަރުއީ ދާއިރާ އަދި ލޯކަލް ގަވަރނަންސްގެ އޮނިގަނޑުތައް ހިމެނޭހެން، ދައުލަތުގެ މުހިއްމު މުއައްސަސާތަކުގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހޭކަން ކަށަވަރުކުރުމާއެކު، މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ، އެމީހެއްގެ ގާބިލުކަމަށް ބެލުން.
  • ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށާއި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށްޓަކައި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ލާމަރުކަޒީ އުސޫލުތައް ނެގެހެއްޓުން.
  • ރައްޔިތުންނަށް ހިންގުމުގެ ނިޒާމުގެ ތެރޭގައި މާނަވީ ގޮތެއްގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމަށާއި، ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުވުމުގެ ފުރުސަތު ދިނުމަށްޓަކައި، މަދަނީ މާހައުލާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އަދި އެހެނިހެން އަސާސީ މިނިވަންކަން ރައްކާތެރިކުރުން.
  • ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމާށާއި ކުށްކޮށްފައި އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނައްތާލުމަށް އަދި ކޮރަޕްޝަންގެ ނުރައްކާ ކުޑަކުރުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާމަކަމާއި ޖަވާބުދާރީވުން ހަރުދަނާ ކުރުން.
  • ހަރުދަނާ މޮނިޓަރިންގް ނިޒާމުތަކާއި، މާލީ ބަޔާން ހާމަކުރުމާއި، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ނެގުމުގެ ގާނޫނީ އޮނިގަނޑުތައް ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމާއި، އަދި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓުކުރާ ފަރާތްތަކަށް (ވިސިލްބްލޯވަރުންނަށް) ރައްކާތެރިކަން ދިނުން ހިމެނޭހެން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ނިޒާމުތައް ހަރުދަނާކުރުން.
  • ގާނޫނުތައް ހެދުމާއި، ސިޔާސަތުތައް އެކުލަވާލުމާއި، އަދި ތަރައްގީގެ މަރުހަލާތަކުގައި ހުރިހާ ފަރާތްތަކެއް ހިމެނޭހެން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ދައުލަތް ހިންގުމަކީ ރައްޔިތުންގެ ބަހަށް އިޖާބަދޭ، ބައިވެރިވުން އޮންނަ އަދި ލާމަރުކަޒީ އުސޫލުތަކާ އެއްގޮތަށް ހިނގާ ކަމެއްކަން ކަށަވަރުކުރުން.
  • ކަރަޕްޝަނަށް މަގުފަހިވާ ފުރުސަތުތައް މަދުކުރުމަށާއި ދައުލަތުގެ ވަސީލަތްތައް ހިމާޔަތްކުރުމަށްޓަކައި، ގައުމީ ހިންގުމުގެ އުސޫލުތައް ޔޫ.އެން.ސީ.އޭ.ސީ (ކޮރަޕްޝަނާ ދެކޮޅަށް އދ. އިން އެކުލަވާލާފައިވާ މުއާހަދާ) އަދި އޯ.ޖީ.ޕީ (އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް) ފަދަ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތް ކުރުން.

ސީ.ޕީ.އައި އަކީ ދުނިޔޭގެ 182 ގައުމަކާއި ސަރަހައްދެއްގެ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބަލައި، ސާވޭތަކާއި މާހިރުންގެ ވަޒަންކުރުންތަކުގެ މައްޗަށް ބިނާކޮށް ކޮންމެ އަހަރު އެކުލަވައިލާ އިންޑެކްސްއެކެވެ.

މި އިންޑެކްސްގައި ނަތީޖާ ދެނީ 0 އާއި 100 އާ ދެމެދުގައެވެ. 0 އަކީ ކޮރަޕްޝަން އެންމެ ބޮޑު ގައުމުތަކަށް ދެވޭ ނަތީޖާއެވެ. އަދި 100 އަކީ ކަރަޕްޝަން އެންމެ ކުޑަ ގައުމުތަކަށް ދެވޭ ނަތީޖާއެވެ. 39 ގެ ނަތީޖާއާއެކު، 2025 ވަނަ އަހަރުގެ ސީ.ޕީ.އައި ގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޓްރާންސްޕޭރެންސީ މޯލްޑިވްސްޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްކަރަޕްޝަން ޕާސެޕްޝަންސް އިންޑެކްސްކަރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ސީޕީއައި ގައި ދިވެހިރާއްޖެ އަށް ލިބުނު ނަތީޖާ އިން ދައްކަނީ ބާރުތައް މަރުކަޒީވެ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ނިޒާމީ ގޮތުން ކޮރަޕްޝަނަށް މަގުފަހިވެފައިވާ މިންވަރު: ޓްރާންސްޕޭރެންސީ މޯލްޑިވްސް

ސީޕީއައި ގައި ދިވެހިރާއްޖެ އަށް ލިބުނު ނަތީޖާ އިން ދައްކަނީ ބާރުތައް މަރުކަޒީވެ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ނިޒާމީ ގޮތުން ކޮރަޕްޝަނަށް މަގުފަހިވެފައިވާ މިންވަރު: ޓްރާންސްޕޭރެންސީ މޯލްޑިވްސް

10 ފެބުރުއަރީ 2026
ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ޖަރުމަނު ކުންފުނިތަކުން ވަނަވަރު ހިއްސާކޮށް ދިވެހި ވަފުދާ އެކު ޚިޔާލު ބަދަލު ކޮށްފި

ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ޖަރުމަނު ކުންފުނިތަކުން ވަނަވަރު ހިއްސާކޮށް ދިވެހި ވަފުދާ އެކު ޚިޔާލު ބަދަލު ކޮށްފި

10 ފެބުރުއަރީ 2026
"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

10 ފެބުރުއަރީ 2026
ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!

ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!

10 ފެބުރުއަރީ 2026
ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު