Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ހޭވައްލާ ތައްޔާރު ޖަލްސާ

ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު

މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ކުރީ ސަރުކާރުން ދޫކުރި ގޯތިތައް ނުދީ ހިފަހައްޓަމުންދާ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ތުހުމަތު ކުރެއްވި. ސަރުކާރުން ވައްކަމާއި ކޮރަޕްޝަން ފަތުރަމުންދާ ކަމަށް ވިދާޅުވެ، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް މަސައްކަތް ކުރާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި. އެހެންކަމުން، ގައުމުގެ ޑިމޮކްރަސީއާއި ތަރައްގީ ސަލާމަތްކުރުމަށް އެމްޑީޕީއަށް ވޯޓު ދިނުމަށް އޭނާ ވަނީ ގޮވާލައްވާފަ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 08:26
ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ | ރާއްޖެ އެމްވީ

ކައުންސިލުތަކުގެ މެޖޯރިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ލިބިއްޖެނަމަ ރާއްޖޭގެ ހުރިހާ ކައުންސިލެއް އުވާލާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ މިއީ އެމްޑީޕީއަށް ވޯޓުލާން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށެވެ.

Advertisement - newsAdvertisement

ޣަފޫރު ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލައިގެން ދޮގާ މަކަރާ ހީލަތް ހެދުން ނޫން އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި 9000 ފުލެޓް އެޅުމާއި 9000 ގޯތި މާލެއިން ދިނުމާއި ހުޅުމާލެއާއި ގުޅީފަޅާއި އުތުރުތިލަފަޅުން 40563 ގޯތި ދޭން ނިންމާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޯތިތައް ކޮބައިތޯ ސުވާލުކުރައްވަމުން ޣަފޫރު ވިދާޅުވީ އެ ގޯތިތައް ނުދޭހާ ހިނދަކު މާލެއާއި ދިވެހިރާއްޖޭގެ ރައްޔިތުން މި ސަރުކާރަށް ވޯޓުދޭކަށް ނުޖެހޭނެ ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ހުޅުމާލެއިން 1350 ގޯތި ކަނޑާފައި ދީފައިވާ ކަމަށާއި އަދިވެސް ގޯތި ކަނޑާނެ ބިން އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ރިޔާސީ ވަޢުދެއް. އެ ވަޢުދުގެ މަތީގައި މި ސަރުކާރު އައީ. ކީއްވެގެންތޯ ވަޢުދު ނުފުއްދުނީ؟ އަޅުގަނޑުމެން 1350 ގޯތި ކަނޑާފައި ހުޅުމާލެއިން ދިނީމޭ. އަދިވެސް އޮންނާނެ ގޯތި ކަނޑާނޭ ބިން. ކީއްވެގެންތޯ ގޯތި ކަނޑާފައި ދޭން ނުކެރިގެންތިޔުޅެނީ؟ އަޅުގަނޑުމެން އަޑުއެހީމޭ މި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެއްކިއިރުގައި، ދައުލަތަށް ވީ ގެއްލުމުގެ ވާހަކަ ދައްކައި، މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެން ވީ ގެއްލުމުގެ އޮޑިޓު ހަދާ ވާހަކަ މި ބޭފުޅުން ދެއްކި ވާހަކަ. އެ ވޯޓެއް މިހާރުވެސް އެ މައްސަލަ މާލިއްޔަތު ކޮމިޓީގައި ދައުލަތަށް ވީ ގެއްލުމުގެ އޮޑިޓު ހެދުމުގެ ވާހަކަ މި ބޭފުޅުން ހުށަހަޅާފަ. މާލޭގެ ރައްޔިތުން ނުކުމެ ރޮއިއާދޭސްކުރީމާ މިއަދު މިއިން އެއްވެސް ބޭފުޅަކަށް ނުކެރުނޭ އެ ވާހަކަ ދައްކާކަށް.
ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ 

އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ކޮންކަމެއްތޯ ކޮށްދެވުނީ ސުވާލުކުރައްވަމުން އޭނާ ވިދާޅުވީ ކަނާތުންނާއި ވާތުންނާއި ވައްކަންކުރުން ނޫން އެހެން ކަމެއް ނުކުރެވުނު ކަމަށެވެ. ޣަފޫރު ވިދާޅުވީ ސަރުކާރަށް ކައުންސިލުތަކުގެ މެޖޯރިޓީ ދިނުމުން ރާއްޖޭގެ ހުރިހާ ކައުންސިލެއް އުވާލާނެ ކަމަށް މިއަދު ޔަޤީންވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމުން ލާމަރުކަޒީ ގާނޫނު ފުނޑާލި ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިއީ އެމްޑީޕީއަށް ވޯޓުލާން ލިބޭ އެންމެ ފަހު ފާހަގަ ކަމަށެވެ.

ކުރަން މި އުޅެނީ ކޮންކަމެއް. މި ކައުންސިލުތައް މި ސަރުކާރަށް ދީފިއްޔާ އެ ބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. އެނޫން އެހެން ކަމެއް މި ބޭފުޅުން ނުކުރާނެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނީމާ، މާލިއްޔަތު ދިނީމާ ލާމަރުކަޒީ ގާނޫނު ފުނޑާލީ، އެއީ މި ބޭފުޅުންނަކީ. އެހެންވީމާ، މި ބޭފުޅުންނަށް ކައުންސިލުގެ މެޖޯރިޓީ ދީފިއްޔާ ރާއްޖޭގެ ހުރިހާ ކައުންސިލެއް އެ ބޭފުޅުން ލައްވާ މި ބޭފުޅުން އުވާލާނެ. އެއީ އަޅުގަނޑުމެންނަށް މިއަދު ޔަޤީންވާ ކަމަކީ. އަނެއް ކަމަކީ، މި ސަރުކާރަށް އަޅުގަނޑުމެން ކައުންސިލުތަކުގެ މެޖޯރިޓީ ދީފިއްޔާ ދެން އަޅުގަނޑުމެންނާ ވޯޓެއްގައި ލާ ފާހަގައެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. މިއީ އަޅުގަނޑުމެންނަށް ވޯޓުލާން ލިބޭ އެންމެ ފަހު ފާހަގައެއް. މި ފާހަގަ އަޅުގަނޑުމެން މި ސަރުކާރަށް އާއެކޭ ބުނެފިއްޔާ، ވަލްޙަމްދުލިއްލާހި! މި ޤައުމުން ވޯޓުލިނުމުގެ ހުރިހާ ކަމެއް ނިމިދިޔައީ. އެގޮތަކަށް ދޫކޮށްގެންނުވާނެ. 
ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ 

ޣަފޫރު ވިދާޅުވީ މި ޤައުމަށް ޑިމޮކްރަސީ ގެނައުމަށްޓަކައި ޕީއެންސީ މީހެއްގެ ގައިން ހެއްލިދާކޮޅެއް ނޯންނާނެ ކަމަށެވެ. އަދި މިއަދު ނުކުމެ މި ޑިމޮކްރަސީގެ ވާހަކަ ދައްކަން ސަރުކާރު ލަދުގަންނަންޖެހޭނެ ކަމަށާއި، މި ސަރުކާރަކީ ޙުދުމުޚްތާރު ވެރިކަމެއް ކުރަން ވިސްނުމުގައި އުޅޭ ބައެއް ކަމަށް ޣަފޫރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ޑިމޮކްރަސީގެ ނަން ބޭނުންކޮށްގެން މި ޤައުމު ހަލާކުކޮށް، ފަސާދަކުރަމުންދާ ކަމަށާއި، ރައްޔިތުންނަށް ހަދަނީ ދޮގު ކަމަށެވެ. 

އަބްދުލްޣަފޫރު މޫސާއެމްޑީޕީލާމަރުކަޒުކުރުންރައީސް ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން

ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން

13 ފެބުރުއަރީ 2026
ރައީސް މުއިއްޒު މިހާރު ވެސް ވަނީ ވެރިކަމުގެ ދެ އަހަރު އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ ރިކޯޑު ހައްދަވާފައި: މެންބަރު ޒިޔާދު

ރައީސް މުއިއްޒު މިހާރު ވެސް ވަނީ ވެރިކަމުގެ ދެ އަހަރު އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ ރިކޯޑު ހައްދަވާފައި: މެންބަރު ޒިޔާދު

13 ފެބުރުއަރީ 2026
ރައީސް މުއިއްޒަކީ ހިސާބު ޖައްސަވާފައި ވައުދުވެވަޑައިގަންނަވާ ބޭފުޅެއް ނޫން، 2025 ގެ ވައުދުތައް ފުއްދުމަށް އެކަނި ވެސް 200 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ: މެންބަރު ޝަމްހީދު

ރައީސް މުއިއްޒަކީ ހިސާބު ޖައްސަވާފައި ވައުދުވެވަޑައިގަންނަވާ ބޭފުޅެއް ނޫން، 2025 ގެ ވައުދުތައް ފުއްދުމަށް އެކަނި ވެސް 200 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ: މެންބަރު ޝަމްހީދު

13 ފެބުރުއަރީ 2026
މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

13 ފެބުރުއަރީ 2026
ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު