Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕީޖީ ޕްރެސް

މިހާރު ދާ ގޮތަށް ކަންކަން ދާ ނަމަ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ރާއްޖެ އަށް އިލެކްޓްރޯނިކް ވޯޓިން ގެންނާނެ، މިކަމަށް ހޭލާ ތިބެން ޖެހޭ: ޑރ.ޝަމްހީދު

10 ފެބުރުއަރީ 2026 | އަންގާރަ 09:08

ޚަރަދު ކުޑަކުރުމުގެ ނަމުގައި އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމަކީ، ކުރިމަގުގައި އިލެކްޓްރޯނިކް ވޯޓިން ތައާރަފުކޮށް ވެރިކަން ދަންމާލުމަށް ރޭވިގެން ކުރާ ކަމެއް ކަމަށް މެންބަރު އަހުމަދު ޝަމްހީދު ތުހުމަތު ކުރެއްވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 ފެބުރުއަރީ 2026 | އަންގާރަ 09:08
ރައްޔިތުންގެ މަޖިލީހު ގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު

ރައްޔިތުންގެ މަޖިލީހު ގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު | ވީޑިއޯ ސްކްރީން ޝޮޓް

މިހާރު ދާ ގޮތަށް ކަންކަން ދާ ނަމަ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ރާއްޖެ އަށް އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމް ގެންނާނެ ކަމަށާއި، މިކަމަށް ހޭލާ ތިބެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހު ގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީ ޕީޖީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅީ އެއީ ޚަރަދުކުޑަ ކުރުމަށް ކުރި ކަމެއްގެ ގޮތުގައި ދައްކައިގެން ކަމަށް ޑރ.ޝަމްހީދު ވިދާޅުވި އެވެ. މިއަދު އިންތިޚާބުތައް އެއްކޮށްލަނީ ޚަރަދުކުޑަކުރުމަށް ކަމަށް ރައްޔިތުން ބަލައިގަނެފި ނަމަ ދެން ފެންނާނީ ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެ އިތުރު ބަދަލުތައް ވޯޓުލުމުގެ ނިޒާމަށް ގެންނަ މަންޒަރު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.  

"ޚަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް މިކަން ކުރަނީ ރައްޔިތުން ބަލައިގަނެފި ނަމަ ދެން ރައްޔިތުންގެ ކުރިމައްޗަށް ގެންނާނީ އިލެކްޓްރޯނިކް ވޯޓިން. ރަށަކަށް ދާކަށް ވެސް ނުޖެހޭނެ. ކަރުދާހެއް ވެސް ޕްރިންޓް ކުރާކަށް ނުޖެހޭނެ. ބަޓަނަކަށް ފިއްތާލީމަ އެސްޓޯނިއާގައި ހުންނަތަނަކުން ނަތީޖާ ނިކުމެގެން އަންނާނީ." ޝަމްހީދު ވިދާޅުވި އެވެ.

މިހާރު ވެސް އެހެން އެއްވެސް ޕާޓީ އެއްގެ ބައިވެރިވުމެއް ނެތި ދިގު މުއްދަތުގެ ތަރައްޤީގެ ޕްލޭން އެއް ސަރުކާރުން އެކުލަވާލަމުންދާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އެ ޕްލޭން ތަންފީޒްކުރަން އިތުރު ދައުރެއް ބޭނުންވާނެ ކަމަށް ސަރުކާރުން ބުނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަރުކާރުން އެކަން އެގޮތަށް ކުރަމުން ދަނީ 20 އަހަރަށް ވެރިކަން ދަންމާލުމުގެ ވިސްނުން ސަރުކާރުގެ ކިބައިގައި ހުރުމުން ކަަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ. އެ ހުރިހާ ކަމެއް ވެސް ކުރަމުން ދަނީ ވަރަށް ބޮޑަށް ރޭވިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޝަމްހީދު ވަނީ އިންތިޚާބުތައް އެއްކޮށްލުމާއި މެދު އާއްމުންގެ ވޯޓެއް ނަގާ ނަމަ އާއްމުން ނުކުމެ އެކަމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުން 5 އަހަރުގެ ދައުރަކަށް މީހުން އިންތިޚާބު ކުރުން އެ ދައުރު ކުރުކޮށް ދިގުކޮށް ހެދުމަކީ އެއީ އެހެން ބަޔަކަށް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަހްމަދު ޝަމްހީދުއިލެކްޓްރޯނިކް ވޯޓިންރައްޔިތުންގެ މަޖިލިސްއެމްޑީޕީ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2026

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

10 ފެބުރުއަރީ 2026
"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"
10 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

10 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު
10 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކުރަން މަޖިލީހުން ފާސް ކޮށްފި

10 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކުރަން މަޖިލީހުން ފާސް ކޮށްފި
10 ފެބުރުއަރީ 2026

އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި
10 ފެބުރުއަރީ 2026

މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި
10 ފެބުރުއަރީ 2026

ހެންވޭރު ދެކުނު ދާއިރާ އިން އެމްޑީޕީ އަށް ބޮޑު ތަރުހީބެއް

10 ފެބުރުއަރީ 2026
 ހެންވޭރު ދެކުނު ދާއިރާ އިން އެމްޑީޕީ އަށް ބޮޑު ތަރުހީބެއް
10 ފެބުރުއަރީ 2026

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި، އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

10 ފެބުރުއަރީ 2026
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި، އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް
09 ފެބުރުއަރީ 2026

ފަސް މިނެޓުން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކޮމިޓީން ފާސް ކޮށް ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ރިޕޯޓު އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި

09 ފެބުރުއަރީ 2026
ފަސް މިނެޓުން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކޮމިޓީން ފާސް ކޮށް ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ރިޕޯޓު އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި
09 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލް ކޮމިޓީން ފާސްކުރަން ނެގީ އެންމެ 5 މިނެޓް

09 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލް ކޮމިޓީން ފާސްކުރަން ނެގީ އެންމެ 5 މިނެޓް
09 ފެބުރުއަރީ 2026

ހޯމަ ދުވަހު ގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފި، ސަބަބެއް ނާންގާ

09 ފެބުރުއަރީ 2026
ހޯމަ ދުވަހު ގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފި، ސަބަބެއް ނާންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް