Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ މުސްތަގްބަލް ނިގުޅައިގަންނަން އުޅޭ "ޕައިރެޓުން"ތަކެއް ތިބޭ: ތިނަދޫ މޭޔަރު

އެމްޑީޕީން ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ތިނަދޫ މޭޔަރު ސައުދު އަލީ ވިދާޅުވީ، މި ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަނެ އިނދަޖައްސާލާފައިވާ ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ފެބުރުއަރީ 2026 | ބުރާސްފަތި 17:58
ތިނަދޫގެ މޭޔަރ ސައުދު އަލީ ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަނީ.

ތިނަދޫގެ މޭޔަރ ސައުދު އަލީ ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަނީ. | ސްކްރީން އިމޭޖް

އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ މުސްތަގްބަލް ނިގުޅައިގަންނަން އުޅޭ "ޕައިރެޓުން"ތަކެއް ތިބޭ ކަމަށް ތިނަދޫގެ މޭޔަރ ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

ސައުދު އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ލޯންޗްކުރުމަށް އާޓީފިޝަލް ބީޗް ސަރަހައްދުގައި ހުކުރުވިލޭރޭ ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް ރައްޔިތުންނަށް ގެނެސްދީފައި ވަނީ އެމްޑީޕީ އިން ވީ ގުރުބާނީގެ ސަބަބުން ކަމީ ދެބަސް ވެވެން ނެތް ހަގީގަތެއް ކަމަށް ސައުދު ވިދާޅުވި އެވެ. އެމްޑީޕީ ރާއްޖޭގެ ވެރިކަމުގައި ނެތް ކޮންމެ ފަހަރަކު ރައްޖޭގެ މުސްތަގްބަލް ނިގުޅައިގަންނަން މަސައްކަތް ކުރާ ބަޔަކު ތިބި ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

"މުސްތަގްބަލް ނިގުޅައިގަންނަން އުޅޭ ޕައިރެޓުންތަކެއް. ވަގުންތަކެއް އެބަ ތިބި. މިކަމާއި ދެކޮޅަށް ތެދުވަން ޖެހޭ." ސައުދު ވިދާޅުވި އެވެ.

ސައުދު ވަނީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ކުރި ލިބޭނެ ކަމަށް ޤަބޫލުކުރެވޭތީ އެމްޑީޕީ ކެނޑިޑޭޓަށް ތާއީދު ކުރާ މީހުންގެ ވަޒީފާ ބަދަލުކޮށް، ވަޒީފާ ގެ ބިރު ދައްކަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ހަމަ އެހެންމެ، ދަރިންނާއި ދަރިންގެ ދަރީންގެ މުސްތަގްބަލަށްޓަކައި ތެދުވެ އެކުގައި އެމްޑީޕީ އިން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް އާއްމުން ވޯޓު ދޭން ޖެހޭ ކަމަށް ސައުދު ވިދާޅުވި އެވެ.

ސައުކާރުން ވަނީ ރަށްރަށުގެ ކައުންސިލްތައް އިނދަ ޖައްސާ ބާރުތައް ނިގުޅައިގަނެފައި ކަމަށާއި އެކަން ބަދަލުކުރަން ލިބޭ ފުރުސަތަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކަމަށް ސައުދު ވަނީ ވިދާޅުވެފަ އެވެ.  އެމްޑީޕީގެ ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމަށް އަލުން ބާރުވެރިކަން ހޯދާދޭނެ ކަމަށް ސައުދު ވިދާޅުވި އެވެ.

އެމްޑީޕީތިނަދޫސައުދު އަލީލޯކަލް ކައުންސިލް އިންތިޚާބު 2026ލާމަރުކަޒުކުރުން

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2026

ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި

12 ފެބުރުއަރީ 2026
ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި
12 ފެބުރުއަރީ 2026

ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

12 ފެބުރުއަރީ 2026
ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި
12 ފެބުރުއަރީ 2026

މީހަކު ފަލާހަށް ހަންދާންކޮށްދިން ވާހަކަތައް

12 ފެބުރުއަރީ 2026
މީހަކު ފަލާހަށް ހަންދާންކޮށްދިން ވާހަކަތައް
11 ފެބުރުއަރީ 2026

މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

11 ފެބުރުއަރީ 2026
މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!
11 ފެބުރުއަރީ 2026

އެމްޑީޕީ އަށް ޕީއެންސީގެ ފަލާހު އަވަލައިގެން މި އުޅުއްވަނީ ކީއްވެ؟

11 ފެބުރުއަރީ 2026
އެމްޑީޕީ އަށް ޕީއެންސީގެ ފަލާހު އަވަލައިގެން މި އުޅުއްވަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު