Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މީހަކު ފަލާހަށް ހަންދާންކޮށްދިން ވާހަކަތައް

މަވެސް މިއުޅޭ އެމްޑީޕީ މީހުންނަކާ ގަޔައެއް ނުވަމެވެ. މަވެސް ލައްކަ އެއްޗެހި އެމީހުންނާ ދިމާލަށް ކިޔަމެވެ. އެކަމަކު މިހާރު ދެން ތިޔަ އަރުވާލަނީ ފުކެއް ބޮޑުވަރެވެ. އަހަރެމެންވެސް އެމީހުނާ ދިމާލަށް ކިޔާން ވާނީ ކިޔޭ ވަރުގެ އެއްޗެހިތާއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 13:56
ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހިމް ފަލާހު.

ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހިމް ފަލާހު. | ސޯޝަލް މީޑިއާ

އިއްޒަތްތެރި ފަލާހަށް،

އަހަރެން މީ ވެދުމާ ސަލާމުން ބަރުތީލަ ކޮށްގެން ސަނާ ކިޔާވަރުގެ ކުފޫ ހަމަވާ މީހަކު ކަމުގައެއް ނުދެކެވެ.

ފަލާހޫއެވެ. މަށަކީ ފަލާހާ އަޅާ ބަލާއިރު ޖާހާއި ބާރުވެރިކަމާއި އަދި ފާޓު ފުޅާމިނުން، އަރާ އަރަފޯދިގެންވާ މީހެއް ނޫންކަން ގަބޫލު ކުރަމެވެ. އެކަމަކު މަށަކީވެސް ފަލާހަށް ތާއީދު ކޮށްގެން ފަލާހުއާ އެއްމަގުން ހިނގޭތޯ ނުހަނު ގަދައަޅާ ހިތްމަތްކުރާ މީހަކަށް ވީތީ މިވާހަކަ މި ލިޔެލަނީއެވެ. އަމުދުން ފަލާހަށް ހެޔޮއެދި ފަލާހަށް ރަނގަޅަކަށްދޭ ހެޔޮ ނަސޭހަތެއްގެ ގޮތުގައެވެ. ފަލާހު ފަދައިން ފަލާހާއި ފަލާހުގެ މުއިއްޒުބޭގެ ޕާޓީއަށް ހެޔޮއެދި އެޕާޓީގައި ފައިތިލަ ސާބިތުކޮށްގެން ހުރި މީހަކަށް މަވެސް ވީތިއެވެ.

ފަލާހޫއެވެ. މަވެސް މިއުޅޭ އެމްޑީޕީ މީހުންނަކާ ގަޔައެއް ނުވަމެވެ. މަވެސް ލައްކަ އެއްޗެހި އެމީހުންނާ ދިމާލަށް ކިޔަމެވެ. އެކަމަކު މިހާރު ދެން ތިޔަ އަރުވާލަނީ ފުކެއް ބޮޑުވަރެވެ. އަހަރެމެންވެސް އެމީހުނާ ދިމާލަށް ކިޔާން ވާނީ ކިޔޭ ވަރުގެ އެއްޗެހިތާއެވެ. މިހާރުވެސް ފަލާހު ތިޔަ ކިޔާ އެއްޗިއްސާހެދި އަހަރެމެން ބަގައިގެ މީހުންވެސް ނިކަން ލައުނެތް އެބަދެއެވެ.

ފަލާހޫއެވެ. މަވެސް އަދި ފަލާހުވެސް ކިތަންމެ ހިތުގައި ޖެހުނަސް މިގައުމުގެ ދީނީ އިލްމުވެރިންނަށް ބަހެއް ބުނެލެވޭވަރުވީ އެވެރިންނާ ހެދިއެވެ. ޖުއްބާއެއް ލިއްޔާ ގެންގޮސް ބާލުވައި ތުނބުޅިއެއް ބެހެއްޓިއްޔާ ސޯސް ޖަހައިގެން އިދިކީއްޔަށް ބޭލި ވާހަކަ ކުރިން ދެއްކިއެވެ. ވަކިކަހަލަ ކަމަކާ ގުޅޭ ތަގުރީރެއް ނުދެވޭ ވާހަކަވެސް މަވެސް އަޑު އެހީމެވެ. އެކަންކަން ކަނޑުވާލައި އިލްމުވެރިން ހަމައިސްކޮޅަށް ތެދުވެވުނީ އެވެރިންގެ ބުރަ މަސައްކަތުންނެވެ. ބިރު ކަނޑުވާލައި ހަގީގީ މައްސަލަތަކާމެދު ވާހަކަ ދައްކައި ކަންކަމުގައި ކަން އޮންނަގޮތް ސީދާ މުތުލަގަށް ބުނެލެވޭނެ ޖާގަ ދިނީ އެމީހުންނެވެ. މަށާ ފަލާހުއާ އަދި މުއިއްޒުބޭ ކިތަންމެ ރުޅިއަޔަސް ކަން އޮތީ އެހެންކަން ނޭނގޭ މީހަކު މި ދިވެހި ފަސްގަނޑަކު ނެތެވެ.

ފަލާހޫއެވެ. ރާއްޖޭގައި އަލަށް އިސްލާމީ ކަންކަމަށް މިނިސްޓްރީ އުފައްދައި ބާރުތަކާއެކު ވަޒީރަކުލީ އެމްޑީޕީގެ ވެރިކަމުގައި ކަމެއް ފަލާހު އަކަށް ނޭނގޭ ދޯއެވެ. ނޭނގެންޏާ މިވާހަކަ ނޯޓް ކޮށްލައްޗެއްވެ. ފުރަތަމަ އިސްލާމިކް މިނިސްޓްރީ އުފައްދައި މަރުހޫމް ޑރ އަބްދުލް މަޖީދު އިސްލާމިކް މިނިސްޓަރަކަށް ލައްވައި މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ސްޓޭޓް މިނިސްޓަރަކަށް ލައްވައި އެވުޒާރާ އުފެއްދެވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ. ޝަހީމްމެން އޭރު އެކަން ރަނގަޅުކޮށް ސަނާ ކީ ގޮތާއި ފޮނުވި ސިޓީތައް މިހާރުވެސް ހުންނާނެއެވެ. ކޮންމެވެސް އިރަކުން މުއިއްޒުބޭގާތު ބުނެގެން ރައީސް އޮފީހަށް ވަދެލާ އެއެއްޗެހި ބަލާލުން ރަނގަޅުވާނެއެވެ.

ފަލާހޫއެވެ. ކުރިން ކިޔަމުން އައި ޚުތުބާތަކުގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ. ހަމަގައިމު ޚުތުބާގެ ކުރިން މިސްކިތަށް އެރިފައި ހުރިނަމަ އެ ޚުތުބާތައް ފަލާހުވެސް ހިތުދަސްވާހާ ވާނެއެވެ. ހުންނާނީ ސެޓް ހުތުބާތަކެކެވެ. އެތައް ހުކުރަކު އެއް ހުތުބާއެކެވެ. މިހާރު ހަނދާންވެއްޖެ ދޯއެވެ. އެކަމަކު ރަށްރަށަށް ފޮނުވާފައި އޮތް ހުތުބާފޮތް އުވާލައި އެ ހަފުތާއަކާ ގުޅޭ މައްސަލަތަކާ ގުޅުވައިގެން ވަކި ޚުތުބާ ލިޔެ ކޮންމެ ހަފުތާއަކަށް ވަކި ހުތުބާއެއް ކިޔާން ފެށީވެސް ފުރަތަމަ އެވެރިންނެވެ. މަށާ ފަލާހުއާ އަދި މުއިއްޒުބޭ އެކަން ގަބޫލު ނުކުރާން އުޑުގައި ބިމުގައި ޖެހުނަސް އެކަން ދޮގެއް ނުކުރެވޭނެއެވެ.

ފަލާހޫއެވެ. އަދި އެވެރިން އެހެންކަމެއްވެސް އޭރު ފަށައިގަތެވެ. ޝެއިޚުން ލައްވައި ވަގުތުން ނުބަލާ ހުތުބާ ދެވޭނޭ ހުއްދަދޭން ފެށިއެވެ. މައުލޫމާތު ރަނގަޅުކޮށްލައި މުއްސަނދިކޮށްލަން އިތުރު ތަފްސީލެއްވެސް ދޭނަމެވެ. އެކަން ފުރަތަމަ ކުރީ އެމްޑީޕިގެ ފުރަތަމަ ވެރިކަމުގެ ފުރަތަމަ ހުކުރުގައި ޝެއިޚް އިލްޔާސެވެ. ހަމަ ބުނެލީއެވެ.

ފަލާހޫއެވެ. މިހެންގޮސް އެވެރިންކުރި ލައްކަ ކަންކަން ކިއިދާނެއެވެ. އަލަށްއެޅި މިސްކިތްތަކާއި މިސްކިތްތަކަށް ގެނައި ބަދަލު ތަކާއި މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތަކީ އެވެރިންވެސް ކުރި ކަންކަމެވެ. ޝެއިޚް ހުސައިން ރަޝީދު ބުނާހެން ފަލާހުބެއަށް ނޭނގި އޮތީ އެތަންތަނަށް އެރޭވަރު މަދުވީމާ ކަމަށް ވިއަސް ހަގީގަތަކީ އެއީއެވެ.

ކޮންމެއަކަސް ފަލާހޫއެވެ. ކުރިން ބުނިހެން ދައްކާންވާނީ ދައްކާންވާވަރުގެ ވާހަކައެވެ. ކިތަންމެ ރުޅިއަޔަސް އަދި ކިތަންމެ ވަރަކަށް މުއިއްޒުބޭ ރުއްސަންވިއަސް މާ ބޮޑުވަރު އަރުވާލީމާ ކަމަކު ނުދާނެއެވެ. އޭރުން ޖެހޭނީ މިހާރު ތިޔަވީގޮތައް ބައިކޮޅަށް ގޯލެވެ. މިހާރު އަހަރަމެންގެ މީހުންވެސް ފަލާހަށް އާޑަ ފުރައްސާރަ ކުރާވަރުން ބޯހިއްލާލަން ކެރޭ ވަރެއް ނޫނެވެ. މަވެސް ފަލާހަށާއި މަގޭ ޕާޓީއަށް އަދި މުއިއްޒުބޭއަށް ހެޔޮއެދޭތީ ބުނެލީއެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ. ވަރަށް ސަލާމެވެ.

އެމްޑީޕީއިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

11 ފެބުރުއަރީ 2026
އެމްޑީޕީ އަށް ޕީއެންސީގެ ފަލާހު އަވަލައިގެން މި އުޅުއްވަނީ ކީއްވެ؟

އެމްޑީޕީ އަށް ޕީއެންސީގެ ފަލާހު އަވަލައިގެން މި އުޅުއްވަނީ ކީއްވެ؟

11 ފެބުރުއަރީ 2026
މިއަދު ވޯޓެއް ނެގިޔަސް, ޑރ. މުއިއްޒު އަށް ވުރެ ގިނަ ވޯޓު މޭޔަރު އާތިފް ހޯއްދަވާނެ: ނިޔާޒު

މިއަދު ވޯޓެއް ނެގިޔަސް, ޑރ. މުއިއްޒު އަށް ވުރެ ގިނަ ވޯޓު މޭޔަރު އާތިފް ހޯއްދަވާނެ: ނިޔާޒު

11 ފެބުރުއަރީ 2026
ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް "ލާދީނީ" ކިޔަސް ކުރެވޭނެ ކަމެއް ނެތް: އަބްދުއްރަހީމް

ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް "ލާދީނީ" ކިޔަސް ކުރެވޭނެ ކަމެއް ނެތް: އަބްދުއްރަހީމް

11 ފެބުރުއަރީ 2026
ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު