Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ހޭވައްލާ ތައްޔާރު ޖަލްސާ

ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

މި ސަރުކާރުން ހުދުމުހުތާރު ވެރިކަމަކަށް މިސްރާބު ޖަހާފައިވާ ކަމަށް ތުހުމަތުކުރައްވައި، ރިޔާސީ ދައުރު ދަންމާލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައިފާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްވައިފި. އިންތިޚާބުތައް އެއްކޮށްލުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި، ކުރިއަށް އޮތް އިންތިޚާބުގައި ހުދުމުހުތާރުކަމާ ދެކޮޅަށް ތެދުވުމަށް އޭނާ ގޮވާލެއްވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 04:14
އެމްޑީޕީގެ ފަރާތުން ލޯކަލް ކައިންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ފަރާތުން ލޯކަލް ކައިންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ | އެމްޑީޕީ ސެކްރިޓޭރިއެޓް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެނެސްގެން، ކޮންމެ ނަމެއްގައި ފެންނަ ނުފެންނަ ވޯޓެއް ނެގި ކަމުގައި ވިޔަސް، އެކަމުގެ އަޑީގައި އޮތީ މަކަރާއި ހީލަތާއި އޮޅުވާލުމާއި ދޮގު ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުގެ މިސްރާބު މިހާރު ހުރީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކޮށްފައިވާ ކުރުމަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، މިއީ ރައްޔިތުންގެ ކުރިމަތީގައި އޮތް ވަރަށް "ނުރައްކާތެރި" ސުވާލެއް ކަމަށެވެ. އަދި ދެ އިންތިޚާބު އެއްކޮށްލަން އުޅެނީ ވަކަރަށް ޖަހާ އުސޫލުން، ފުރަތަމަ މަޖިލީހުގެ ދައުރު ކުރުކޮށްލުމަށް ފަހު ރައްޔިތުންގެ ބަސް ބުނުމުގެ ހައްގު ނިގުޅައިގަތުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މަޖިލިސް ދައުރު ކުރުކޮށްލަން ފެންނަ ނުފެންނަ ވޯޓެއް ނަގާ އުސޫލުން، ރިޔާސީ ދައުރު ދަންމާލުމަށް ވެސް މި ސަރުކާރުން ވޯޓެއް ނަގާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި ރިޔާސީ ދައުރު 10 އަހަރަށް ދަންމާލުމަށް ވޯޓެއް ނަގައި، އެ ވޯޓު ކާމިޔާބުކޮށްފި ނަމަ، ދެން މި ރާއްޖޭގައި ދުވަހަކު ވެސް ރިޔާސީ އިންތިޚާބެއް ނުބާއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިހާރު އޮތީ މަގެއް އިޚްތިޔާރު ކުރުން ކަމަށާއި، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ރައްޔިތުންނާ ކުރިމަތިވާ ސުވާލަކީ ތަރައްގީގެ މަގު އިޚްތިޔާރު ކުރާނީތޯ، ނުވަތަ ހަލާކާއި ފަނާކުރަނިވި މަގު އިޚްތިޔާރު ކުރާނީތޯ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެއީ ބާރުތައް ދޫކޮށްލުމުގެ ލާމަރުކަޒީ މަގުތޯ، ނުވަތަ ބާރުތައް އެކެއްގެ މުށުތެރެއަށް ޖަމާކުރާ ހުދުމުހުތާރު މަގުތޯ ނިންމަން ޖެހޭ ދުވަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެމްޑީޕީން ނުކުމެ މިތިބީ ތަރައްގީ އާއި، މިނިވަންކަމާއި، ލާމަރުކަޒީ ނިޒާމާއި، ހެޔޮ ވެރިކަމުގެ މަގު އިޚްތިޔާރު ކުރުމަށް ކަމަށެވެ. ލާމަރުކަޒީ ނިޒާމެއްގެ ފެށުމަކީ އެއްކޮށްފައިވާ ބާރުތައް ދޫކޮށްލުމަށް ގަބޫލުކުރެވޭ ހިސާބުން ކަމަށް ފާހަގަކުރައްވައި، ޝާހިދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ އަތުގުޅާލައިގެން އެ މަގަށް ދިއުމަށް ކަމަށެވެ. މި ސަރުކާރުން ބާރުތައް މަރުކަޒުކޮށް، ރައްޔިތުންގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް އޭނާ ގޮވާލެއްވި އެވެ. އަދި މިކަން ކުރެވޭނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ގައި އެމްޑީޕީ އަށް މެޖޯރިޓީ ދީގެން ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއަބްދުﷲ ޝާހިދުއެމްޑީޕީލޯކަލް ކައުންސިލް އިންތިހާބުލާމަރުކަޒުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން

ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން

13 ފެބުރުއަރީ 2026
މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

13 ފެބުރުއަރީ 2026
ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު

ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު

13 ފެބުރުއަރީ 2026
ރާއްޖޭގައި ޖަރުމަނު ކުންފުނިތަކަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު އެރުވުމަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި

ރާއްޖޭގައި ޖަރުމަނު ކުންފުނިތަކަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު އެރުވުމަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި

13 ފެބުރުއަރީ 2026
"މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ވިއްކާ ހުސްނުކުރަނީސް ޕީއެންސީ ބޭރުކޮށްލަން ޖެހޭ، އެހެންނޫނީ މި މާލެ ސަލާމަތެއް ނުކުރެވޭނެ"

"މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ވިއްކާ ހުސްނުކުރަނީސް ޕީއެންސީ ބޭރުކޮށްލަން ޖެހޭ، އެހެންނޫނީ މި މާލެ ސަލާމަތެއް ނުކުރެވޭނެ"

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު