Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް "ލާދީނީ" ކިޔަސް ކުރެވޭނެ ކަމެއް ނެތް: އަބްދުއްރަހީމް

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް އެމްޑީޕީން ހުށަހެޅި ބިލުގެ ބަހުސްގައި، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން އެމްޑީޕީއަކީ "ލާދީނީ" ފިކުރުގެ ބައެއް ކަމަށް ބުނެ ބަހުގެ ހަމަލާތައް އަމާޒުކޮށްފި. މިކަމާ ގުޅިގެން އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެފަދަ ވާހަކަތައް ހުއްޓުވޭނީ ގާނޫނެއް ފާސްކޮށްގެން ކަމަށާއި، މިހާރު އޮތް ގޮތުން އެކަން ހުއްޓުވުމަށް ރިޔާސަތަށް ކުރެވޭނެ ކަމެއް ނެތް ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 07:27
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ. | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު އެމްޑީޕީ މެންބަރުންނަށް ނިސްބަތް ކޮށް ސަރުކާރު ހިންގާ ޕީއެންސީ މެންބަރުން "ލާދީނީ" ޓެގު އެޅުވި ނަމަވެސް އެކަން ހުއްޓުވުމަށް ކުރެވޭނެ ކަމެއް ނެތް ކަމަށް މަޖިިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ އިދިކޮޅު އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ބިލުގެ ބަހުސް ފަށާފަ އެވެ. 

Advertisement - newsAdvertisement

އެ ބިލަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ ޕީއެންސީ ގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ތަކުރާރު ކޮށް އެމްޑީޕީ މެންބަރުންނަށް ނިސްބަތްކޮށް އެ މެންބަރުންނަކީ "ލާދީނީ" ފިކުރުގެ ބައެއް ކަމަށް ވިދާޅުވެފަ އެވެ. 

އެމްޑީޕީ އަކީ އަބަދުވެސް ލާދީނީ ފިކުރުގެ ބައެއް. އެމީހުންގެ ވާހަކަތަކުން، އެމީހުންގެ ވެރިންގެ ވާހަކަތަކުން މިހާރުވެސް ހުންނާނެ. މިއީ އަޅުގަނޑު ދައްކާ ވާހަކަތަކެއް ނޫން. އޯޑިއޯތަކާ ވީޑިއޯތަކުން ފެންނަން ހުންނާނެ،
 ޕީއެންސީ ގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

ބިލަށް ބަހުސް ކުރެެއްވުމުގެ ބަދަލުގައި މެންބަރު ފަލާހުގެ ވާހަކައިގައި މުޅިން ވެސް ވިދާޅުވީ އެމްޑީޕީ އަކީ އިސްލާމް ދީނާ ދުރު ޕާޓީ އެއް ކަމަށެވެ. އަދި ބިލަށް ބަހުސް ކުރުމަށް ދިން ވަގުތު ޖުމްލަކޮށް ބޭނުން ކޮށްފައިވަނީ އެމްޑީޕީގެ ކުރީގެ ވެރިންނާ މިހާރުގެ ވެރިންގެ ވާހަކަ ދެއްކެވުމަށެވެ. 

މެންބަރު ފަލާހުގެ ވާހަކައާ ގުޅިގެން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. 

އެއަށްފަހު ބިލު ހުށަހެޅުއްވި މެންބަރު ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ރިޔާސަތުގައި ކުޑޫ އެދިވަޑައިގެންފައި ވަނީ އެމްޑީޕީ މެންބަރުންނަކީ "ލާދީނީ" މީހުންގެ ގޮތުގައި ލޭބަލް ކޮށް، އެ ޓެގް އެޅުވުން ހުއްޓުވައިދިނުމަށެވެ. 

މިއީ އަނގަ ހައްދު ޖަހަން ޖެހޭ ދީނުން ބޭރުވާ ކަހަލަ ވާހަކަ އެކަކު އަނެކަކާ ދިމާލަށް ގޮވުން، ވަރަށް އިހުތިރާމާއެކު ދަންނަވަން އެކަން ހުއްޓުވައިދެއްވާށޭ، އަޅުގަނޑުމެން ވެސް ފެންނަ ތަންތަނުން ތި ބޭފުޅުން ވެސް ފެންނާނީ. އަޅުގަނޑުމެން ބޮލުގައި ކެނޑިނޭޅި ތި އިލްޒާމު އަޅުވާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ލިބިދާނެ ގެއްލުމަކަށް ވެސް ތި ބޭފުޅުން ޒިންމާވާން ޖެހޭނެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) 

މެންބަރު ކުޑޫ ކަންބޮޑުވުން ފާޅުކުރެއްވުމުން ރިޔާސަތުގައި އިންނެވި ޕީއެންސީ ގެ މެމްބަރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެކަމުގައި ރިޔާސަތަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި އެކަން ހުއްޓުވަން ބޭނުން ނަމަ ޖެހޭނީ ގާނޫނެއް ފާސް ކުރަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ލާދީނީ ކިޔާ ކިޔުން ހުއްޓުވަން މި ތަނުން ގާނޫނެއް ފާސްކޮށްފިއްޔާ ދެން އެކަން ހުއްޓުވިދާނެ. އެހެން ނޫނީ މިހާރު އޮތްގޮތުން އަޅުގަނޑަކަށް އެކަން ހުއްޓުވެނެ ގޮތެއް ނެތް. 
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އެއަށްފަހު ވެސް ފަލާހު ވަނީ ތަކުރާރުކޮށް ފުރުސަތު ނަންގަވައިގެން އެމްޑީޕީ މެންބަރުންނަކީ ދީނާ ދުރު "ލާދީނީ" ފިކުރުގެ ބައެއް ކަމަށް ވިދާޅުވެފަ އެވެ. އެއީ ކަން އޮތް ގޮތް ކަމަށާ އެކަން އެމްޑީޕީ އިން ބޭނުން ވިޔަސް ނުފޮރުވޭނެ ކަމަށް ފަލާހު އެކި ފަހަރު މަތިން ވިދާޅުވި އެވެ. 

ފަލާހުގެ އިތުރުން ވެސް ޕީއެންސީ އިން ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ އެފަދަ ބަހުގެ ހަމަލާތައް އެމްޑީޕީ މެންބަރުންނަށް ރައްދު ކޮށްފަ އެވެ. ޕީއެންސީ އިން ބިލަށް ބަހުސް ކުރުމުގެ ބަދަލުގައި މުޅިން ވެސް ދެއްކެވީ އެމްޑީޕީ މެންބަރުންގެ ވާހަކަ އެވެ.

ރައްޔިތުންގެ މަޖިލިސްއެމްޑީޕީޕީއެންސީއަބްދުއްރަހީމް އަބްދުﷲމުހައްމަދު އިބްރާހިމްއިބްރާހިމް ފަލާހް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އެމްޑީޕީ އިން ހުށަހެޅި ބިލު ބަލައިގަނެ، ކޮމިޓީ އަށް

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އެމްޑީޕީ އިން ހުށަހެޅި ބިލު ބަލައިގަނެ، ކޮމިޓީ އަށް

11 ފެބުރުއަރީ 2026
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

11 ފެބުރުއަރީ 2026
ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

10 ފެބުރުއަރީ 2026
ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް

ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް

10 ފެބުރުއަރީ 2026
ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު