Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ. މަނަދޫ

ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ

ނ. މަނަދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިމާރާތްކުރާ ތިން ބުރީގެ އިމާރާތުގެ މަސައްކަތް ފިނިޝިން މަރުހަލާގައި އޮތް ނަމަވެސް، އެ މަސައްކަތް ނުނިމި ދިގުލައިގެންދާތާ އެތައް ދުވަހެއް ވަނީ ވެފައި. ކޮންޓްރެކްޓަރަށް ފައިސާ ނުލިބޭތީ މަސައްކަތް ހުއްޓިފައިވާ ކަމަށް ބުނާއިރު، ސަރުކާރުން ބުނަނީ ފައިސާގެ ކަންކަން ހަމަޖެހިފައިވާ ކަމަށް. މި މަޝްރޫއު ނުނިމި ލަސްވުމުގެ ސަބަބުން މިއަހަރުގެ ދިރާސީ އާ އަހަރަށް އިމާރާތް ބޭނުންކުރަން ފެށޭގޮތް ވަނީ ނުވެފައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 11:28
މަނަދޫ ސްކޫލުގައި ރައީސް ސޯލިހުގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި 3 ބުރީގެ އިމާރާތް.

މަނަދޫ ސްކޫލުގައި ރައީސް ސޯލިހުގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި 3 ބުރީގެ އިމާރާތް. | ރާއްޖެ އެމްވީ

ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ހުއްޓިފައި ހުންނަތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. 

ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލް މެންބަރު މޫމިނާ ސޯލިހު ވިދާޅުވީ އެ އިމާރާތަކީ ކުރީގެ ރައީސް އިބްރާހިމް މުހައައްދު ސޯލިހުގެ ސަރުކާރުގައި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ. އަދި މި މަސައްކަތުގައި ހިމެނެނީ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އިމާރާތް ކުރަމުންދިޔަ 3 ބުރީގެ އިމާރާތެއް ކަމަށާއި، އެތަނުގައި ކްލާސްްރޫމުގެ އިތުރުން ސައިންސްލެބާއި ލެބޯޓަރީ ހިމެނޭ ކަމަށެވެ. 

Advertisement - newsAdvertisement

މޫމިނާ ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން ނިމި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި އިރު، އިމާރާތުގައި ކުރަމުންދިޔައީ ފިނިޝިންގ މަސައްކަތް ކަމަށެވެ. 

މި ޕްރޮޖެކްޓުގެ މުއްދަތަކަށް ދިނީ އެއް އަހަރު ދުވަސް. މިކަން ހަވާލުކުރީ ސްވިފްޓް އިންޖިނިއަރިން. ސަރުކާރު ހަވާލުވި އިރު ގާތްގަނޑަކަށް ފިނިޝިންގެ މަސައްކަތް ކުރަމުން ދިޔައީ. 
މަނަދޫ ކައުންސިލް މެންބަރު މޫމިނާ ސޯލިހު

މުއުމިނާ ވިދާޅުވީ އަދިވެސް މަސައްކަތް އެއްކޮށް ނުނިމޭ ކަމަށާއި، ކުދިކުދި މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މި އަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާ ބޭނުން ކުރެވެނޭ ކަމަށް އުއްމީދު ކުރި ކަމަށާއި، ނަމަވެސް ކައުންސިލުން މައުލޫމާތު ސާފުކުރުމުން އެނގުނީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށެވެ. 

މިދިޔަ އަހަރު ތެރޭގައި ބެލި އިރުގައި، އަދި އެޑިއުކޭަޝަން މިނިސްޓްރީ އާއި ބައްދަލުކުރިން 1 އަހަރަށްވުރެ ގިނަ ދުވަސްވީ އިރު ވެސް މި މަސައްކަތް ނުނިމޭތީ. އެއިރު މިނިސްޓްރީ އިން ބައްދަލުވީ ސްޓޭޓް މިނިސްޓަރަކާއި. މިނިސްޓްރީ އިން ބުނީ ފައިސާގެ ބިލްތައް ހުންނާނީ ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައޭ، ކޮންޓްރެކްޓަރު ބުނެއޭ ފައިސާ ހަވާލުނުކުރާތީއޭ މަސައްކަތް ކުރިއަށް ނުދަނީ. ވާހަކައަކީ ފައިސާ ނެތިއްޔާ އަޅުގަނޑުމެން ވެސް ގަބޫލުކުރަން އެއްޗެހި ނުގަނެވޭނެކަން. 
މަނަދޫ ކައުންސިލް މެންބަރު މޫމިނާ ސޯލިހު

މޫމިނާ ވިދާޅުވީ މިނިސްޓްރީ މީހުންނާއި ބައްދަލުކުރިތާ ހަފްތާއެއްހާ ދުވަސް ފަހުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސް އެރަށަށް ވަޑައިގެންނެވި ކަމަށެވެ. އެ ދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވަނީ ފައިސާގެ ހުރިހާ ކަމެއް ހުރީ ނިންމާފައި ކަމަށާއި، ރައީސް ވެސް ހުދު އެފަދައިން ވިދާޅުވެ މަސައްކަތް ނުނިމި ހުރީ ކީއްވެގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ކަމަށް މުއުމިނާ ވިދާޅުވި އެވެ. 

ނ. މަނަދޫއިބްރާހިމް މުހައްމަދު ސާލިހުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުސްވިފްޓް އިންޖިނިއަރިންއެޑިއުކޭޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަރުމަނުވިލާތުން ރައީސް މުއިއްޒު އަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ޖަރުމަނުވިލާތުން ރައީސް މުއިއްޒު އަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

10 ފެބުރުއަރީ 2026
ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

10 ފެބުރުއަރީ 2026
ކުރީގެ ރައީސް ސޯލިހު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލަން ޖެހޭ ކަމަށް ކުރީގެ މެމްބަރު މުސްތަފާ ވިދާޅުވެއްޖެ, ފުލުހުންގެ ކޮމެންޓެއް ނެތް!

ކުރީގެ ރައީސް ސޯލިހު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލަން ޖެހޭ ކަމަށް ކުރީގެ މެމްބަރު މުސްތަފާ ވިދާޅުވެއްޖެ, ފުލުހުންގެ ކޮމެންޓެއް ނެތް!

10 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަރުމަނަށް، ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލެއް ހާމައެއް ނުކުރޭ

ރައީސް މުއިއްޒު ޖަރުމަނަށް، ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލެއް ހާމައެއް ނުކުރޭ

09 ފެބުރުއަރީ 2026
ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު

ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު

08 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު