Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބްދުﷲ ޝާހިދު

ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީ އަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރުމާ ގުޅިގެން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި. މިއީ ވެރިކަމުގެ ބާރުތައް ދާއިމީކޮށް، ޚުދުމުޚުތާރު ވެރިކަމެއް ގާއިމުކުރުމަށް ހިންގާ "ބަޣާވާތެއް" ކަމަށް ސިފަކުރައްވަމުން، ރައްޔިތުންގެ ބާރުތައް ފޭރިގަތުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފަ. މިއީ ރައްޔިތުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބޭ ފުރުޞަތު ހަނިކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 13:27
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު. | ރައީސް އޮފީސް

ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެކްސް ގައި އަންގާރަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒު ޤާނޫނީ ހެދުން އަޅުވައިގެން ޤާނޫނު އަސާސީ ކަތިލުމަށް މި ކުރައްވާ ކަމަކީ ވެރިކަމުގެ ބާރު ދާއިމީ ކުރުމަށް, ދައުރު ދިގު ދައްމާލުމަށް އަޅުއްވާ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު މިހެން ވިދާޅުވި އިރު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް، ރައީސް މުއިއްޒު ވެރިކަން ކުރައްވާ ޕާޓީ - ޕީއެންސީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން އަންގާރަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލިހުން މިބިލު ފާސްކޮށްފައި ވަނީ 72 މެންބަރުންގެ ވޯޓުންނެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ގައި ބިލު ފާސްކުރި އިރު ކޮމިޓީ މަރުހަލާ ގައި ބިލުގެ މަސައްކަތް ގެންދިޔައީ އެންމެ 5 މިނެޓަށްކަން ފާހަގަ ކުރެވެ އެވެ.

އަވަސް އަރުވާލައިގެން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ފާސް ކުރުމާ ބެހޭ ގޮތުން ޝާހިދު ވިދާޅުވީ، މި ފިޔަވަޅު ނިމޭ ހިސާބަކީ ދިގުދެމިގެންދާ ޚުދުމުޚުތާރު އަނިޔާވެރި ބިރުވެރި ވެރިކަމެއް ފެށޭ ހިސާބު ކަމުގަ އެވެ.

"ރައީސް މުއިއްޒު ރައްޔިތުން ދެކެ، ވޯޓު ފޮށި ދެކެ މި ގަންނަނީ އަމަށަކު ބިރެއް ނޫން. ވަކިވަކިން ބާއްވާ ދެ އިންތިޚާބަކީ ރައްޔިތުންނަށް ދެ ފަހަރު މަތިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބޭ ފުރުޞަތެއް."

ރައްޔިތުން އަތުން ބާރުތައް ފޭރިގަނެ، ވޯޓުން ވެރިކަން ބަދަލު ކުރެވޭނެ މަގު ހަނިކޮށް، ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން ކަމަށާއި މިއީ ބަޣާވާތެއް ކަމަށް ޝާހިދު ސިފަ ކުރެއްވި އެވެ. 

ޤާނޫނާއި ޤާނޫނު އަސާސީ ފުނޑުފުނޑުކޮށްލައިގެން ވެރިކަމުގައި ތާއަބަދު ހުންނެވޭނެ ކަމަށް ގަބޫލުކުރެވުމަކީ ގޯހެއް ކަމަށާއި ދިވެހިން އެކަމާއި ދެކޮޅަށް ނުކުންނާނެ ކަމަށާއި މިއީ ރައްޔިތުންގެ ޤައުމު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ނިކުމެ މިކަމާއި އިޙްތިޖާޖް ކުރާނެ." ޝާހިދު ވިދާޅުވި އެވެ.

ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މިބިލުގެ ބަހުސް މަރުހަލާގައި ވެސް އަދި ބިލު ފާސް ކުރުމަށް ބޭއްވި ޖަލްސާ ގައި ވެސް އިދިކޮޅު މެމްބަރުން ވަނީ މިބިލަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަންގާރަ ދުވަހުގެ ޖަލްސާ ގައި މި ބިލަށް އިހުތިޖާޖު ކުރުމުން ރިޔާސަތުގައި އިންނެވި ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސް ކުރުމުން އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބާއެކު ގާނޫނު އަސާސީ އަށް މި ބަދަލު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. 

ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ޤާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގަ އެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީޕީއެންސީރައްޔިތުންގެ މަޖިލިސްގާނޫނު އަސާސީ އަށް ބަދަލު ގެނައުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް

ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް

10 ފެބުރުއަރީ 2026
ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

10 ފެބުރުއަރީ 2026
މިހާރު ދާ ގޮތަށް ކަންކަން ދާ ނަމަ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ރާއްޖެ އަށް އިލެކްޓްރޯނިކް ވޯޓިން ގެންނާނެ، މިކަމަށް ހޭލާ ތިބެން ޖެހޭ: ޑރ.ޝަމްހީދު

މިހާރު ދާ ގޮތަށް ކަންކަން ދާ ނަމަ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ރާއްޖެ އަށް އިލެކްޓްރޯނިކް ވޯޓިން ގެންނާނެ، މިކަމަށް ހޭލާ ތިބެން ޖެހޭ: ޑރ.ޝަމްހީދު

10 ފެބުރުއަރީ 2026
"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

10 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު