Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

އީސީން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރޭ، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް: އެމްޑީޕީ

ހުސެއިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރު ވަމުންދާއިރު، އެ ކޮމިޝަނުން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރާ ކަމަށް. އިންތިޚާބަކާ ނުލައި ލިބޭ ގޮނޑިތަކުގެ ފުރިހަމަ މައުލޫމާތު ޕީއެންސީއަށް ލިބޭ ކަމަށާއި، މިއީ ކަންބޮޑުވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 11 ފެބުރުއަރީ 2026 | ބުދަ 11:46
އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-  ފައިލް ފޮޓޯ

އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފައިލް ފޮޓޯ | ރާއްޖެ އެމްވީ

އިލެކްޝަން ކޮމިޝަން (އީސީ)ން އާއްމު ނުކުރާ މައުލޫމާތު ސަރުކާރުގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން ހާމަ ކުރާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބުނެފި އެވެ.

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ވަނީ އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކާ މެދު އަމަލުކުރާ ގޮތާއި މެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި އެކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފައްދާފައިވެ އެވެ.

Advertisement - newsAdvertisement

ހުސެއިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރު ވަމުންދާއިރު، އެ ކޮމިޝަނުން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީ ހާމަ ކުރާ ކަމަށެވެ. އިންތިޚާބަކާ ނުލައި ލިބޭ ގޮނޑިތަކުގެ ފުރިހަމަ މައުލޫމާތު ޕީއެންސީއަށް ލިބޭ ކަމަށާއި، މިއީ ކަންބޮޑުވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައުލޫމާތުތައް އިލެކްޝަން ކޮމިޝަންގެ ތެރެއިން ޕީއެންސީއަށް ލިބޭ ކަމަށެވެ. 

އަޅުގަނޑުމެން ކުރިން ވެސް ދެންނެވި ގޮތަށް އިލެކްޝަން ކޮމިޝަންގެ ރައީސް ޒާހިދު ، ރައީސް ޑރ.މުހައްމަދު މުއިއްޒާ އެކު މި ބާއްވާ ސިއްރު ބައްދަލުވުންތަކުގައި އެކަންކަމުގެ އެ ބައްދަލުވުންތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އިންތިޚާބަކާ ނުލާ ނެގޭ ގޮނޑިތަކުގެ އަދަދު އެބޭފުޅުންނަށް އެބަ އެނގޭ. ނެގެނީ ކޮންތަނަކުން ކަން އެބަ އެނގޭ. އަޅުގަނޑުމެން އެމްޑީޕީއަށް ވެސް އިންތިޚާބަކާ ނުލާ ގޮނޑިތައް އެބަ ލިބޭ. އެހެންނަމަވެސް އެކަންތައް މި އެނގެނީ އިލެކްޝަންގެ ތެރެއިން ނޫން. އެބޭފުޅުން ސީދާ އިލެކްޝަންގެ ތެރެއިން އެ މައުލޫމާތުތައް ހޯދައިގެން އާއްމު ކުރަނީ.  އެބޭފުޅުންނަށް މިހާރު ވެސް އެބަ އެނގޭ 10 ޕަސެންޓަށްވާ ވަރަށް އެބޭފުޅުންނަށް ގޮނޑިތައް ލިބޭކަން. މިޒާތަށް ޕީއެންސީން ވާހަކަތައް ބައްޓަން ވެފައި ހުރީ. 
އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން

މީގެ އިތުރުން ހުސެއިން ވިދާޅުވީ ސަރުކާރުގައި މިއަދު ބާރު އޮތުމުން އެބާރު ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. 

ނަމަވެސް ޕީއެންސީއަކީ ފިކުރެއް ނޫން ކަމަށާއި، ޕީއެންސީއަކީ ސިޔާސަތެއް ވިއްކައިގެން ރައްޔިތުންގެ ވޯޓު ހޯދި ބައެއް ނޫން ކަމަށެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށާއި، ވެރިކަން ހިންގަވަން މަސައްކަތް ކުރައްވަނީ ވެސް އެގޮތަށް އެ އޮޅުވާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީހުސައިން ހަސަންލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ކައުންސިލް އިންތިޚާބުގައި ޕީއެންސީން ކެމްޕޭނުގެ ނަމުގައި މަސައްކަތް ކުރަނީ ކެންޑިޑޭޓުން ގަތުމަށް: އެމްޑީޕީ

11 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ޕީއެންސީން ކެމްޕޭނުގެ ނަމުގައި މަސައްކަތް ކުރަނީ ކެންޑިޑޭޓުން ގަތުމަށް: އެމްޑީޕީ
11 ފެބުރުއަރީ 2026

މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

11 ފެބުރުއަރީ 2026
މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!
11 ފެބުރުއަރީ 2026

ކައުންސިލް، ޑަބްލިޔުޑީސީ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން ބުރާސްފަތި ދުވަހު

11 ފެބުރުއަރީ 2026
ކައުންސިލް، ޑަބްލިޔުޑީސީ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން ބުރާސްފަތި ދުވަހު
10 ފެބުރުއަރީ 2026

ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް

10 ފެބުރުއަރީ 2026
ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް
10 ފެބުރުއަރީ 2026

ހެންވޭރު ދެކުނު ދާއިރާ އިން އެމްޑީޕީ އަށް ބޮޑު ތަރުހީބެއް

10 ފެބުރުއަރީ 2026
 ހެންވޭރު ދެކުނު ދާއިރާ އިން އެމްޑީޕީ އަށް ބޮޑު ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު