Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

މި މުވައްޒަފުން ބަދަލުކުރުމުގެ ކުރިން ސަރުކާރާ ދެކޮޅަށް ކެމްޕޭން ކުރާކަމަށް ބުނެ އޮފީހަށް ހާޒިރުކޮށްފައިވާ އިރު، މިއީ ސިޔާސީ ގޮތުން ވަޒީފާގެ ބިރުދެއްކުމުގެ އަމަލެއް ކަމަށް އާއްމުން ދެކޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 14:03
ބަދަލުކޮށްފައިވާ މުވައްޒަފުން ތިނަދޫގެ މޭޔަރ، އަދި މޭޔަކެނޑިޑޭޓް ސައުދު އާއި އެކު ނަގާފައިވާ ފޮޓޯ އެއް.

ބަދަލުކޮށްފައިވާ މުވައްޒަފުން ތިނަދޫގެ މޭޔަރ، އަދި މޭޔަކެނޑިޑޭޓް ސައުދު އާއި އެކު ނަގާފައިވާ ފޮޓޯ އެއް. | ސޯޝަލް މީޑިއާ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ ގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި އެވެ.

މި ނޫހަށް ވަނީ މި 3 މީހުން ބަދަލުކުރިކަން އަންގަން ވެމްކޯ އިން އެ މުވައްޒަފުންނަށް ފޮނުވި ޗިޓުތައް ލިބިފަ އެވެ. އެ ތިން ޗިޓުން އެނގޭގޮތުގައި ތިނަދޫގައި ހުންނަ ވެމްކޯ ސައިޓުން އެހެން ރަށަކަށް ބަދަލުކޮށްފައިވާ މުވައްޒަފުންނަކީ  ގދ. ތިނަދޫ، ހަވާނާ، އަލީ ނާބިތު މުހައްމަދު އާއި ދ. ތިނަދޫ، މަދޮށިމާގެ، މުހައްމަދު ސޯލިހު އަހްމަދު އާއި ގދ. ތިނަދޫ، މާހްމާ ވިލާ، މުހައްމަދު ނާއިފް އެވެ.

މި ތިން މުވައްޒަފުންނަކީ ތިނަދޫގެ މޭޔަރ އަދި އެމްޑީޕީގެ ޓީކެޓްގައި ތިނަދޫގެ މޭޔަރކަމަށް ވާދަކުރައްވާ ސައުދު އަލީގެ ކެމްޕެއިންގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ. 

އޭގެ ތެރެއިން ހދ. ކުޅުދުއްފުށީ ސައިޓަށް ބަދަލު ކުރި އަލީ ނާބިތު މުހައްމަދު އަކީ ތިނަދޫ ސައިޓުގެ ކޭޝިއަރަކަށް މަސައްކަތް ކުރި މީހެކެވެ. އަދި  ތިނަދޫ ސައިޓުގެ ސީނިއާ އޮޕަރޭޝަންސް އޮފިސަރެއްގެ ގޮތުގައި ހުރި މުހައްމަދު ނާއިފް ވެސް ބަދަލުކުރީ ކުޅުދުއްފުށީ ސައިޓަށެވެ. 

ހަމައެހެންމެ ތިނަދޫ ސައިޓު ސުޕަވައިޒެއްގެ މަޤާމުގައި ހުރި މުހައްމަދު ސާލިހު އަހްމަދު ބަދަލުކޮށްފައި ވަނީ ހއ. އިހަވަންދޫ ސައިޓަށެވެ.

ރާއްޖެ އެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި މި މުވައްޒަފުން މަސައްކަތް ކުރާ ތަން ބަދަލުކުރުމުގެ ކުރިން ސަރުކާރާއި ދެކޮޅަށް ކެމްޕެއިން ކުރަމުންދާ ކަަމަށް ބުނެ އެ މުވައްޒަފުން ކުންފުނީގެ އޮފީހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް އިންޒާރުގެ ނޯޓިސްގެ ގޮތުގައި ދިން ލިޔުމުގައި ހުރީ ތަފާތު ވާހަކަތަކެއް ކަމަށް ވަނީ އެނގިފަ އެވެ. އެ ލިޔުމުގައި މުވައްޒަފުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ބުނެފައި ވާތީ އެ ލިޔުމުގައި މުވައްޒަފުން ސޮއިކޮށްފަ އެއް ނުވެ އެވެ. 

ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެ ކަމަށް ބުނުމުން ނުވަތަ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރުމުން ވަޒީފާ އިން ވަކިކުރުމާއި މަޤާމް ދަށް ކުރުން އަދި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމުގެ މައްސަލަތައް ދަނީ ފެންމަތި ވަމުންނެވެ. އާއްމުން ދަނީ މިފަދަ ފިއްތުންތަކަކީ ސިޔާސީ ގޮތުން ނާޖާއިޒް ނުފޫޒު ފޯރުވަން ކުރާ ކަންކަން ކަމަށް ބުނެ އެކަމަށް ފާޑުކިޔަމުންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީވެމްކޯތިނަދޫސައުދު އަލީޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބުގައި ޕީއެންސީން ކެމްޕޭނުގެ ނަމުގައި މަސައްކަތް ކުރަނީ ކެންޑިޑޭޓުން ގަތުމަށް: އެމްޑީޕީ

ކައުންސިލް އިންތިޚާބުގައި ޕީއެންސީން ކެމްޕޭނުގެ ނަމުގައި މަސައްކަތް ކުރަނީ ކެންޑިޑޭޓުން ގަތުމަށް: އެމްޑީޕީ

11 ފެބުރުއަރީ 2026
މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

11 ފެބުރުއަރީ 2026
އެމްޑީޕީ އަށް ޕީއެންސީގެ ފަލާހު އަވަލައިގެން މި އުޅުއްވަނީ ކީއްވެ؟

އެމްޑީޕީ އަށް ޕީއެންސީގެ ފަލާހު އަވަލައިގެން މި އުޅުއްވަނީ ކީއްވެ؟

11 ފެބުރުއަރީ 2026
އީސީން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރޭ، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް: އެމްޑީޕީ

އީސީން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރޭ، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް: އެމްޑީޕީ

11 ފެބުރުއަރީ 2026
މާލޭގެ މައްސަލަތައް ފުނި ޖެހިފައި ވަނިކޮށް ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ކުރިއަށް ނުގެންދެވުނު

މާލޭގެ މައްސަލަތައް ފުނި ޖެހިފައި ވަނިކޮށް ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ކުރިއަށް ނުގެންދެވުނު

11 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު