Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބް

ކައުންސިލް އިންތިޚާބުގެ ދެ ރަށެއްގެ ގުރުއަތު ނަގާފައި ނުވަނީ ސުޕްރީމް ކޯޓުގައި މައްސަލަ އެއް ކުރިއަށް ދާތީ: އީސީ

އީސީ އިން ބުނެފައި ވަނީ ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރި 36 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި، ޑަބްލިއުޑީސީ އަށް ވާދަކުރި 31 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 18:07
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު. | އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، ގުރުއަތުލުން ކުރިއަށް ނުގެންދާ، ދެ ރަށަކީ ކ.ގުރައިދޫ އާއި ކ.ތުލުސްދޫ ކަމަށާއި އެ ދެ ރަށުގެ ކެންޑިޑެސީ އާއި ގުޅޭ މައްސަތަކެއް ސުޕްރީމްކޯޓުގައި ކުރިއަށް ދާތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.

 ކައުންސިލް އިންތިޚާބުގެ ގުރުއަތު ނެގުން ބާއްވާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެންނެވެ.

Advertisement - newsAdvertisement

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. އޭނާ ވިދާޅުވީ ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ނިމުނުހާ އަވަހަކަށް އެ ތަންތަނުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށް ދާނެ ކަަމަށެވެ.  އިތުރު އެއްވެސް ދާއިރާ އެއްގެ ގުރުއަތުލުމުގައި ބޮޑު މައްސަލަ އެއް ދިމާ ނުވާ ކަމަށް ޒާހިދު ވިދާޅުވި އެވެ.

"ބައެއް އިދާރީ ކަންކަން ދިމާވި ނަމަވެސް އިތުރު ބޮޑު މައްސަލަ އެއް ދިމާ ނުވޭ. އެއްފަހަރާ ގުރުއަތުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފަށައިގެން ވަރަށް އަމާން އޮމާންކޮށް ކުރިއަސް ދިޔައީ. އިދާރީ މައްސަލަ އަކަށް ދިމާވީ ތަރުތީބު އޮޅުން. ގުރުއަތުލުން ބާތިލްކޮށްފައި އެފަދަ ހާލަތުގައި އަލުން އޮމާންކަމާއި އެކު އެ މަރުހަލާ ވާނީ ކުރިއަށް ގެންގޮސްފައި." ޒާހިދު ވިދާޅުވި އެވެ. 

އީސީ އިން ބުނެފައި ވަނީ ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރި 36 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި، ޑަބްލިއުޑީސީ އަށް ވާދަކުރި 31 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

67 ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމާއެކު އިންތިޚާބު ގައި ވާދަ ކުރާ ޖުމްލަ ކެންޑިޑޭޓުންގެ އަދަދަކީ 2،927 އެވެ.

އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެ އެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަ ޖެހިފަ އެވެ.

މި އިންތިޚާބު ގައި ވޯޓު ލާނީ އެޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަންމުޙައްމަދު ޒާހިދުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ މުސްތަގްބަލް ނިގުޅައިގަންނަން އުޅޭ "ޕައިރެޓުން"ތަކެއް ތިބޭ: ތިނަދޫ މޭޔަރު

އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ މުސްތަގްބަލް ނިގުޅައިގަންނަން އުޅޭ "ޕައިރެޓުން"ތަކެއް ތިބޭ: ތިނަދޫ މޭޔަރު

12 ފެބުރުއަރީ 2026
ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި

ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި

12 ފެބުރުއަރީ 2026
ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

12 ފެބުރުއަރީ 2026
މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

11 ފެބުރުއަރީ 2026
އީސީން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރޭ، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް: އެމްޑީޕީ

އީސީން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރޭ، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް: އެމްޑީޕީ

11 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު