ހެންވޭރު ދެކުނު ދާއިރާ އިން އެމްޑީޕީ އަށް ބޮޑު ތަރުހީބެއް
މިހަރަކާތުގައި އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް ވާދަ ކުރާ ކެނޑިޑޭޓުންނާއެކު އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެ ވަޑައިގެން ދޮރުން ދޮރަށް ހިންގެވި.


އެމްޑީޕީގެ ކެނޑިޑޭޓުން ހެންވޭރު ދެކުނު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން | އާދަމް އާޒިމް ކެމްޕެއިން ޓީމް
ހޯމަ ދުވަހު ހަވީރު އެމްޑީޕީގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތަށް އެދާއިރާގެ ރައްޔިތުންގެ ހޫނު ތަރުހީބެއް ލިބިއްޖެ އެވެ.
މިހަރަކާތުގައި އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް ވާދަ ކުރާ ކެނޑިޑޭޓުންނާއެކު އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެ ވަޑައިގެން ދޮރުން ދޮރަށް ހިންގެވި އެވެ.

މިހަރަކާތުގެ ތެރެއިން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެެއްވަމުން ފައްޔާޒް އަދި ގަފޫރު ވެސް ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ މަސައްކަތް ކުރާ ކޮމިޓީ ތަކުގެ އިންތިހާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ ގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް ގޮވާލައްވާފަ އެވެ. ފައްޔާޒް ވަނީ ވަކިން ހާއްސަކޮށް މާލޭގެ ރައްޔިތުންގެ އަރިހުން، ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑި އެއް އެމްޑީޕީ އަށް ދިނުމަށް އެދިވަޑައިގެންފަ އެވެ.
މާލޭގެ ރައްޔިތުން މުޅި ރާއްޖެއަށް ޓަކާ މިފަހަރު އެބަޖެހޭ މާލޭގެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ހުރިހާ ކެނޑިޑޭޓުން ގޮނޑިތަކަށް ގެންނަންއެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދައިދުނުމަކީ ހަމަ އެކަނި އެމްޑީޕީގެ ސިޔާސަތުގައި އޮތް ކަމެއް ކަމަށެވެ. އަދި ދަފްތަރު ރައްޔިތުންނަށް ގޯއްޗެއް ލިބެން އޮތީ ވެސް އެމްޑީޕީގެ ސިޔާސަތުގެ ދަށުން ކަމަށް އާޒިމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ދަފްތަރު ރައްޔިތުންނަށް ގޯއްޗެއް ލިބެން އޮތީ އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރެއިން. އެމްޑީޕީގެ ގޯތީގެ ސިޔާސަތަކީ ދަފްތަރުގެ ރައްޔިތުންނަށް އުތުރުތިލަފަޅު ހިއްކައިގެން ގޯތި ދިނުން. އެ ސިޔާސަތު ތަންފީސު ކުރާނީ އެމްޑިޕީ އިން. އެހެން ބަޔަކު ނުކޮށްދޭނެ. މާލޭގެ ރައްޔިތުންނަށް އުޖާލާ ކުރިމަގެއް އޮތީ އަދިވެސް އެމްޑީޕީ އަށް ވޯޓު ލައިގެން.މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް

މި ހަރަކާތުގައި މޭޔަރު އާދަމް އާޒިމްގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ ސިޓީ ކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ އައޝަތު ނާޒިމާ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އައިޝަތު ރީޝާ ގެ އިތުރުން، އެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރައްވާ އައިމިނަތު ސޯނިޔާ ވަނީ އަމަލީގޮތުން ބައިވެރިވެ، ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
ހެންވޭރު ދެކުނު ދާއިރާގެ އާންމު ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މި ހަރަކާތުގައި، އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.







