Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި، އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

އާދީއްތަ ދުވަހު ހަވީރު ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާޒިމް އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ ލަބާން ޝަރީފް ބައިވެރިވެވަޑައިގެންނެވި. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އައިޝަތު ރީޝާ އާއި އެ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ބަދޫރާ ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 01:07
އެމްޑީޕީގެ ފަރާތުން މާފަންނު ދެކުނު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

އެމްޑީޕީގެ ފަރާތުން މާފަންނު ދެކުނު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން | އާދަމް އާޒިމް ކެމްޕެއިން ޓީމް

މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް، މާފަންނު ދެކުނު ދާއިރާގައި ދޮރުން ދޮރަށް ހިންގަވައިފި އެވެ.

އާދީއްތަ ދުވަހު ހަވީރު ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމް އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ ލަބާން ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އައިޝަތު ރީޝާ އާއި އެ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ބަދޫރާ ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި އެވެ.

Advertisement - newsAdvertisement
އެމްޑީޕީގެ ފަރާތުން މާފަންނު ދެކުނު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
އެމްޑީޕީގެ ފަރާތުން މާފަންނު ދެކުނު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

މި ކެމްޕެއިން ހަރަކާތުގެ ތެރެއިން ރާއްޖެ އެމްވީ އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ކުރީގެ ނައިބް ރައީސް ފައިސަލް ވިދާޅުވީ، ރައީސް މުއިއްޒު ގެ މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ އިންތިހާބުގައި އެމްޑިޕީ އަށް މެޖޯރިޓީ ދިނުމަކީ ދިވެހިރައްޔިތުން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގަ އެވެ. އަދި މިހާރުވެސް އެމްޑީޕީ ގެ މޭޔަރަކު 2 އަހަރެއްހާ ދުވަހުން މާލެ އަށް ގެނެސްފައިވާ ހެޔޮ ބަދަލު ތައް ފާހަގަ ކުރައްވާފަ އެވެ. 

އެމްޑީޕީގެ ފަރާތުން މާފަންނު ދެކުނު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
އެމްޑީޕީގެ ފަރާތުން މާފަންނު ދެކުނު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން މޭޔަރ އާޒިމް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ކުރިޔަށް ގެންދާ މި ކެމްޕެއިން ހަރަކާތުން ފާހަގަވި އެއް ކަމަކީ، މާލޭގެ ރައްޔިތުންގެ ބޮޑު ތާއީދެއް އެމްޑީޕީ އަށް އޮތް ކަމެވެ. ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނެވޭނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކަމަށާއި، މިހާރު ވެސް އެމްޑީޕީ ގެ މެޖޯރިޓީ އޮތް ކައުންސިލް ތަކުން ރައްޔިތުންނަށް ދެމުން ގެންދާ ފުރިހަމަ ހިދުމަތްތައް ރައްޔިތުން ފާހަގަ ކުރާކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް މިހާތަނަށް ލިބިފައިވާ ތަރައްގީ އެއް ލިބިފައިވަނީ އެމްޑީޕީ އަށް ރައްޔިތުންގެ ވޯޓު ދީގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން މާފަންނު ދެކުނު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
އެމްޑީޕީގެ ފަރާތުން މާފަންނު ދެކުނު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

މާފަންނު އުތުރު ދާއިރާގައި އެމްޑީޕީ އިން ބޭއްވި މި ކެމްޕެއިން ހަރަކާތުގައި މޭޔަރު އާޒިމް އާއި އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފަ އެވެ. އާއްމު ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބުނު މި ފޯރިގަދަ ކެމްޕެއިން ހަރަކާތުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ސަޕޯޓަރުން ބައިވެރިވެފައިވާކަން ފާހަގަކުރެވެ އެވެ.

ފައިސަލް ނަސީމްއާދަމް އާޒިމްއެމްޑީޕީމާފަންނު ދެކުނުއެމްޑީޕީ ދޮރުން ދޮރަށް ކެމްޕެއިންލޯކަލް ކައުންސިލް އިންތިޚާބު 2026އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

12 މެއި 2026
އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

11 މެއި 2026
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި

11 މެއި 2026
މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް

މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް

11 މެއި 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު