Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2026

ކައުންސިލް، ޑަބްލިޔުޑީސީ އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުސަތު ހުޅުވާލައިފި

މި އިންތިޚާބުގެ ކަންކަން އޮބްޒާވްކޮށް މޮނިޓަރކުރުމަށް ޝައުގުވެރިވާ ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި، މީޑިއާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައި. އަމިއްލަ ގޮތުންނާއި ޖަމިއްޔާތަކުން ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބަޔަކަށް ވެގެންނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވޭ.

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 15:26
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީން ކުރަނީ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީން ކުރަނީ. | އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމާއި މޮނިޓަރަކަށްވުމަށް ސިޔާސީ ޕާޓީތަކަށާއި، އަމިއްލަ ފަރާތްތަކަށާއި، ޖަމްއިއްޔާ ތަކާށާއި މީޑިއާ ތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލާފަވަނީ 28 ފެބްރުއަރީވާ ހޮނިހިރު ދުވަހުގެ 15:00ގެ ނިޔަލަށެވެ.

Advertisement - newsAdvertisement

އަމިއްލަގޮތުން ނުވަތަ ޖަމިއްޔާއަކުން ހުށައަޅާ ފަރާތެއްނަމަ، އެއްވެސް ސިޔާސީ ޕާޓީއެއްގައި ނަން އޮވެގެން ނުވާނެ ކަމަށް އިލެކްޝަންސް އިން ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކުން މިކަމަށް އެދި ހުށަހަޅަން ޖެހެނީ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ. 

މީޑީއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށަހެޅޭނީ ބަހައްޓާ ވޯޓު ފޮށީގެ އަދަދަށް ކަމަށާއި، މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކުގެ މަޢުލޫމާތާއި އަދި މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މަޢުލޫމާތު ހުށަހަޅަން ޖެހެ އެވެ.

އިންތިޚާބުގައި ބެހެއްޓުމަށް ހަމަ ޖެހިފައިވަނީ 621 ވޯޓު ފޮއްޓެވެ.

ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާ ތަކަށް ފޮށީގެ އަދަދަށް ވުރެ 10 އިންސައްތަ އިތުރުނުވާ އަދަދަކަށް މޮނިޓަރުންނަށް ވުމަށް ހުށަހެޅިދާނެ ކަމަށް ބުނެފައިވެ އެވެ. އެ އަދަދަކީ 683 އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލް ކޮމިޓީން ފާސްކުރަން ނެގީ އެންމެ 5 މިނެޓް

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލް ކޮމިޓީން ފާސްކުރަން ނެގީ އެންމެ 5 މިނެޓް

09 ފެބުރުއަރީ 2026
ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިޙް ފޯކައިދޫގައި ދޮރުން ދޮރަަށް

ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިޙް ފޯކައިދޫގައި ދޮރުން ދޮރަަށް

08 ފެބުރުއަރީ 2026
ކުޅުދުއްފުށީގެ ތަރައްޤީއަށް މި ސަރުކާރު ފެއިލްވެއްޖެ, ޕީއެންސީގެ ކެމްޕެއިން ޖަލްސާ ނިމުނީ އެންޓި ކެމްޕޭނުން!

ކުޅުދުއްފުށީގެ ތަރައްޤީއަށް މި ސަރުކާރު ފެއިލްވެއްޖެ, ޕީއެންސީގެ ކެމްޕެއިން ޖަލްސާ ނިމުނީ އެންޓި ކެމްޕޭނުން!

08 ފެބުރުއަރީ 2026
 ވިލިމާލެ ރައްޔިތުން ތިބީ އެމްޑީޕީ އާއި އެކު ގަދަކޮށް

ވިލިމާލެ ރައްޔިތުން ތިބީ އެމްޑީޕީ އާއި އެކު ގަދަކޮށް

07 ފެބުރުއަރީ 2026
ށ.ފޯކައިދޫގެ ހުކުރު މިސްކިތް ތަޅާލާ މަލްޓިޕަރޕަސް ހޯލުގައި ނަމާދު ކުރަން ރައްޔިތުންނަށް ޖެއްސުން ނޫނީ މި ސަރުކާރުން އެ ރަށަށް ކޮށްދެވުނު ކަމެއް ނެތް: ކައުންސިލް ރައީސް

ށ.ފޯކައިދޫގެ ހުކުރު މިސްކިތް ތަޅާލާ މަލްޓިޕަރޕަސް ހޯލުގައި ނަމާދު ކުރަން ރައްޔިތުންނަށް ޖެއްސުން ނޫނީ މި ސަރުކާރުން އެ ރަށަށް ކޮށްދެވުނު ކަމެއް ނެތް: ކައުންސިލް ރައީސް

07 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު