Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް

ކައުންސިލް އިންތިޚާބުގައި ޕީއެންސީން ކެމްޕޭނުގެ ނަމުގައި މަސައްކަތް ކުރަނީ ކެންޑިޑޭޓުން ގަތުމަށް: އެމްޑީޕީ

ހުސެއިން ވިދާޅުވީ ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރު ހިންގާ ޕީއެންސީން ކެންޑިޑޭޓުންނަށް ރިޝްވަތު ހުށަހަޅައި، ނަން އަނބުރާ ގެންދިއުމަށް މިލިއަނުން ފައިސާ ބަހަމުންދާ ކަމަށް. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާ ފަރާތްތައް ވެސް ގަތުމުގެ މަސައްކަތް ކުރާ ކަމަށާއި، މީޑިއާތައް ކޮންޓްރޯލް ކުރުމަށް 27 މިލިއަން ރުފިޔާ ބަހާލީ އެމަގުސަދުގައި ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 14:49
ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ވާހަކަ ދައްކަވަނީ

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން ހިންގާ ކެންޕޭނަކީ ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބުނެފި އެވެ.

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ވިދާޅުވީ، ކައުންސިލް އިންތިޚާބަށް ކެންޕޭން ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ޕީއެންސީން ކުރަމުންދަނީ ތަފާތު ކެންޕޭނެއް ކަމަށެވެ.

އެގޮތުން ދޮރުން ދޮރަށް ހިނގާ ކުރިއަށް ގެންދާ ކެންޕޭންތަކުގައި ޕީއެންސީގެ ޓީމުތައް ގޭތަކަށް ގޮސް، ވަޒީފާ ބޭނުންވަނީ ކިތައް މީހުންނަށްތޯއާއި، ޕްރޮމޯޝަން ބޭނުންވޭތޯ ބަލައި ސުވާލު ކުރާ ކަމަށެވެ. އަދި ވިދާޅުވީ  ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަނީ ރިޝްވަތުގެ ކަޅު ފައިސާ ހިފައިގެން ކަމަށާއި، ފަސާދައިގެ އަމަލު ހިންގަމުންދަނީ ފާޅުގައި ކަމަށެވެ. 

މީގެ އިތުރުން ހުސެއިން ވިދާޅުވީ ސަރުކާރާ އިދިކޮޅު ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް ކުރާ ކަމަށާއި، މިލިއަނުން ފައިސާ ހުށަހަޅަމުންދާ ކަމަށެވެ. ކެންޑިޑޭޓުންގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާ ފަރާތްތައް ވެސް ގަތުމުގެ މަސައްކަތް ކުރާ ކަމަށާއި، މީޑިއާތައް ކޮންޓްރޯލް ކުރުމަށް 27 މިލިއަން ރުފިޔާ ބަހާލި ކަމަށެވެ. އަދި ސަރުކާރުން މިގޮތަށް އަމަލު ކުރަމުންދަނީ އިދިިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމުގެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަވަގެންދާ އަނެއް ކަމަކީ އިންތިޚާބުގެ ވޯޓުގެ ކުރިން ވޯޓުލާން އޮތް ދުވަހަކީ އޭޕްރީލް މަހުގެ 4 ވަނަ ދުވަސް. މިއޮތީ 52 ދުވަސް. އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިހާރު މިދަނީ އިންތިޚާބުގެ ކުރިން ވޯޓުގެ ކުރީން ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް. އެގޮތުން އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ ސަރުކާރާ ވާދަވެރި ކެންޑިޑޭޓުން، އިދިކޮޅު ކެންޑިޑޭޓުން ގަތުމަށްޓަކައި މިލިއަނުން ފައިސާ ހުށަހަޅަމުންދާ ކަމަށް. ކެންޑިޑޭޓުންގެ ނަން ނެގުމަށް މިއޮތް ފުރުސަތުގައި އެކަން އަޅުގަނޑުމެންނަށް ފާހަގަކުރެވެމުން މިދަނީ އެ ކެންޑިޑޭޓުންގެ ފަރާތުން މިވެނި ހުށަހެޅުންތަކެއް ސަރުކާރުން ހުށަހަޅަމުންދާ ކަމަށް. ސަރުކާރުން ކުރަމުންދާ ކެންޕޭނަކީ އެއީ ކެންޑީޑޭޓުން ގަތުމުގެ މަސައްކަތް. މިހާ ފާޅުކަން ބޮޑު ގޮތެއްގައި ކަރަޕްޝަނަށް ފައިސާ ހުށަހަޅާގެން ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް އެއްވެސް އިރަކު ރާއްޖޭގައި ހިނގާފައިނެތް މި ނޫނިއްޔާ.
އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން

މީގެ އިތުރުން ހުސެއިން ވަނީ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާވާފަ އެވެ.

ހުސެއިން ވިދާޅުވީ އިންތިޚާބަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވަމުންދާ ކަމަށާއި، ދެވަނަ ވައުދު ކަމަށްވާ ''ވިޔަފާރިއަށް ފަހި'' ލޯންޗު ކޮށްފައިވާ ކަމަށެވެ. ޖަލްސާތައް ބާއްވަމުން ދަނީ ލާމަރުކަޒު ކޮށްގެން ކަމަށާއި، މާލެއާއި ކުޅުދުއްފުށި ގުޅިގެން މި ބޭއްވި ޖަލްސާއަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީހުސައިން ހަސަންލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީސީން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރޭ، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް: އެމްޑީޕީ

އީސީން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރޭ، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް: އެމްޑީޕީ

11 ފެބުރުއަރީ 2026
އިންތިޚާބުވާ މީހުންނަކީ ރައްޔިތުންގެ ޚާދިމުން ކަމުގެ ވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ، ޚިދުމަތް ދިނުމުގައި ތަފާތު ވަނީ އެ ސަބަބާއި ހުރެ: ސަލީމް

އިންތިޚާބުވާ މީހުންނަކީ ރައްޔިތުންގެ ޚާދިމުން ކަމުގެ ވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ، ޚިދުމަތް ދިނުމުގައި ތަފާތު ވަނީ އެ ސަބަބާއި ހުރެ: ސަލީމް

07 ފެބުރުއަރީ 2026
ހުޅުމާލެ އުތުރު ދާއިރާގައި އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

ހުޅުމާލެ އުތުރު ދާއިރާގައި އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

07 ފެބުރުއަރީ 2026
ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި

ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި

07 ފެބުރުއަރީ 2026
ޕީއެންސީގެ ލަދެއް ހަޔާތެއް ހުރި ނަމަ ކެންޑިޑޭޓުން ނެރެގެން، ލޯގޯ ޖަހައިގެން ކައުންސިލް އިންތިޚާބަށް ނުނިކުންނާނެ - އައްޑޫ މޭޔަރ

ޕީއެންސީގެ ލަދެއް ހަޔާތެއް ހުރި ނަމަ ކެންޑިޑޭޓުން ނެރެގެން، ލޯގޯ ޖަހައިގެން ކައުންސިލް އިންތިޚާބަށް ނުނިކުންނާނެ - އައްޑޫ މޭޔަރ

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު