Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް

މާލޭގެ މައްސަލަތައް ފުނި ޖެހިފައި ވަނިކޮށް ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ކުރިއަށް ނުގެންދެވުނު

މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތް ޕީއެންސީގެ ގިނަ މެންބަރުންތަކެއް ޖަލްސާއަށް ހާޒިރުނުވުމުގެ ސަބަބުން، ކޯރަމް ހަމަނުވެގެން ބުދަ ދުވަހުގެ ބައްދަލުވުން ވެސް ވަނީ ކެންސަލްކޮށްފަ. މޭޔަރު އާދަމް އާޒިމް ހިމެނޭހެން އެންމެ 7 މެންބަރުން ހާޒިރުވި މި ޖަލްސާ ކުރިއަށް ނުގެންދެވުނުއިރު، މިއީ ސަރުކާރާ ގުޅުންހުރި މައްސަލަތައް ހުއްޓުވުމަށް ޕީއެންސީން ގަސްތުގައި ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރޭ. ޖުމްލަ 19 މެންބަރުން ތިއްބަވާ ކައުންސިލްގެ 14 ގޮނޑި ސަރުކާރު ހިންގާ ޕާޓީން ފުރަމުންދާއިރު، ކޯރަމް ހަމަވަނީ 10 މެންބަރުން ހާޒިރުވެގެން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 09:57
މީގެ ކުރިން ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް - އެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ވަނީ ކެންސަލް ކޮށްފަ.

މީގެ ކުރިން ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް - އެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ވަނީ ކެންސަލް ކޮށްފަ. | މާލެ ސިޓީ ކައުންސިލް

ސަރުކާރު ހިންގާ ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލްގެ ބުދަ ދުވަހުގެ ބައްދަލުވުން ކޯރަމް ހަމަ ނުވެގެން ނުބޭއްވި، އެންމެފަހުން ނިންމާލައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވަނީ ބުދަ ދުވަހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ނުބޭއްވުނު ކަން ހާމަ ކުރައްވާފަ އެވެ. ސައިފް ވަނީ ކައުންސިލް ބައްދަލުވުމުގެ ވީޑިއޯ އެއް ވެސް ހިއްސާ ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

ވީޑިއޯ އިން ފެންނަ ގޮތުގައި ރިޔާސަތުގައި އިންނަވާ މޭޔަރު އާދަމް އާޒިމް ވަނީ ބުދަ ދުވަހުގެ ޖަލްސާގެ ކޯރަމް އަކީ 10 މެންބަރުން ނަމަވެސް ޖަލްސާ އަށް ވަޑައިގަތީ 7 މެންބަރުން ކަމަށް ވިދާޅުވެފަ އެވެ. 

އެއީ މޭޔަރު އާދަމް އާޒިމް އާ، މައްޗަންގޮޅި މެދު ކައުންސިލަރު ފާތިމަތު އިޝާން، ހުޅުމާލެ ކައުންސިލަރު އަލީ އައިމަން، މައްޗަންގޮޅި އުތުރު ކައުންސިލަރު ސައީދާ ރަޝާދު، ގަލޮޅު އުތުރު ކައުންސިލަރު ސައިފް އަލީ ފާތިހު އަދި ގަލޮޅު ހުޅަނގު ކައުންސިލަރު މަރިޔަމް ނާޒިމާ އަދި މައްޗަންގޮޅި ދެކުނު ކައުންސިލަރު އާއިޝަތު ނާޒިމާ އެވެ. 

އެއަށްފަހު މޭޔަރު ވަނީ ކޯރަމް ހަމަ ނުވާތީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވާފަ އެވެ. 

ކައުންސިލް މެމްބަރު ސައިފް ފާތިހް ވިދާޅުވީ، "މާލޭގެ މައްސަލަތައް ފުނިޖެހިފައި." ވާ ކަމަށެވެ. އެހެން ނަމަވެސް ކޯރަމް ހަމަ ނުވާތީ، އެއިން ކަމެއް އެޖެންޑާ ކުރުމުގެ ބޭނުމެއްވެސް ނެތް ކަމުގަ އެވެ.

ސައިފް ވަނީ ހޮވިފައިވާ ކައުންސިލުގެ މެމްބަރުން ޖަލްސާ އަށް ހާޒިރު ނުވެވޭއިރު އަލުން ޕީއެންސީ އިން އިންތިޚާބުގައި މެމްބަރުން ހޮވަން މިއުޅޭ ސަބަބަކީ ކޮބާތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

ބުދަ ދުވަހުގެ އެޖެންޑާގައި އޮތީ ފެބްރުއަރީ 4 ވަނަ ދުވަހުގެ ޔައުމިއްޔާ ފާސް ކުރުމާ ރިޔާސަތުން އަންގާ އެންގުން ތައް އެންގުމެވެ. 

މާލޭ ސިޓީ ކައުންސިލުގެ ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ގިނަ ކައުންސިލަރުން ޖަލްސާ އަށް ހާޒިރުނުވުމުގެ ސަބަބުން މީގެ ކުރިން ވެސް އެކި ފަހަރުމަތިން ޖަލްސާ ނުބޭއްވިގެން ވަނީ ކެންސަލް ކޮށްފަ އެވެ. 

ސިޓީ ކައުންސިލްގެ ގިނަ ޖަލްސާތަކެއް ކޯރަމް ހަމަނުވެގެން ނިންމާލަން ޖެހޭއިރު އެއީ ޕީއެންސީގެ ކައުންސިލަރުން ގަސްތުގައި ފުލް މެޖޯރިޓީގެ ނަހަމަ ބޭނުން ހިފައިގެން ގަސްތުގައި ކުރަމުންދާ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އެގޮތުން ކައުންސިލް ގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު އާ ގުޅުން ހުރި މައްސަލަތައް އެޖެންޑާ ކުރާތީ އެކަންކަން ކުރިއަށް ގެންދިޔަ ނުދިނުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން ތިއްބަވަނީ 19 ބޭފުޅުންނެވެ. އޭގެތެރެއިން 14 ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ކައުންސިލަރުންނެވެ. 

ޕީއެންސީމާލޭ ސިޓީ ކައުންސިލްސައިފް ފާތިހުއާދަމް އާޒިމްޑރ. މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް "ލާދީނީ" ކިޔަސް ކުރެވޭނެ ކަމެއް ނެތް: އަބްދުއްރަހީމް

ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް "ލާދީނީ" ކިޔަސް ކުރެވޭނެ ކަމެއް ނެތް: އަބްދުއްރަހީމް

11 ފެބުރުއަރީ 2026
ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

10 ފެބުރުއަރީ 2026
ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

10 ފެބުރުއަރީ 2026
"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

10 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު